Roadha Mihaaru
ކުޅުންތެރިންގެ ނަން ނޭނގި ކެމެރޫންގެ ކޯޗު ޕްރެޝަރަށް

އަމިއްލަ ކުޅުންތެރިންގެ ނަންކިޔަން ނޭނގި، ކެމެރޫންގެ ކޯޗު ޕްރެޝަރަށް

24 ނޮވެމްބަރ 2022

ވޯލްޑް ކަޕްގެ ފެށުމުގެ ކުރިން، ގައުމުގެ އެތެރެއިން ކެމެރޫންގެ ކޯޗު ރިގޯބާޓް ސޯންގް އަށް ޕްރެޝަރު ކުރިމަތިވީ، މުބާރާތަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކުރުމަށް ބޭއްވި ރަސްމީ ޕްރެސް ކޮންފަރެންސްގައި އޭނާ އަށް ކުޅުންތެރިންގެ ނަން ކިޔަން ނޭނގުމުންނެވެ.

ވޯލްޑް ކަޕްގެ ފެށުމުގެ ކުރިން، ގައުމުގެ އެތެރެއިން ކެމެރޫންގެ ކޯޗު ރިގޯބާޓް ސޯންގް އަށް ޕްރެޝަރު ކުރިމަތިވީ، މުބާރާތަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކުރުމަށް ބޭއްވި ރަސްމީ ޕްރެސް ކޮންފަރެންސްގައި އޭނާ އަށް ކުޅުންތެރިންގެ ނަން ކިޔަން ނޭނގުމުންނެވެ.

ވޯލްޑް ކަޕްގައި ކެމެރޫންގެ ފުރަތަމަ މެޗުގައި މިއަދު އެ ޓީމުން ސްވިޒަލެންޑާ ދެކޮޅަށް ނުކުންނައިރު ވެސް ސޯންގް އަށް އޮތް ފާޑުކިޔުން މައިތިރިއެއް ނުވި އެވެ.

ކެމެރޫންގެ 23 އަހަރުން ދަށުގެ ޓީމާއި ގައުމީ ޓީމުގައި ވަގުޓީ ކޯޗެއްގެ ގޮތުން ވެސް މީގެ ކުރިން މަސައްކަތް ކުރީ ސޯންގް އަށް ގައުމީ ޓީމުގެ ދާއިމީ ކޯޗުކަން ހަވާލު ކުރީ ފެބްރުއަރީ މަހު އެވެ. ގައުމީ ޓީމުގައި ގިނަ މަސްތަކެއް ވޭތު ކުރިއިރު ވެސް އޭނާ އަށް ޓީމުގެ ކުޅުންތެރިން ނަން ކިޔަން ނޭނގުމުން ކެމެރޫންގެ ފުޓްބޯޅަ ސަޕޯޓަރުންނާއި މީޑީއާތަކުން ވަނީ އޭނާގެ ހައިސިއްޔަތާ މެދު ސުވާލު އުފައްދަފަ އެވެ.

ޓީމުގެ ސްކޮޑް ނެގީ އޭނާ ތޯ ނުވަތަ އެހެން ބަޔަކު ނެގި ސްކޮޑެއް އޭނާ އާ ހަވާލު ކުރީތޯ ވެސް މީޑިއާ ތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. ކެމެރޫން އާއެކު ހަތަރު ވޯލްޑް ކަޕްގައި ކުޅުނު ސޯންގް އަށް އުނދަގޫވީ ކެމެރޫންގެ ލީގުގައި ކުޅޭ ދެ ކުޅުންތެރިންގެ ނަން ކިޔުމުގަ އެވެ.

ކެމެރޫން ޓީމުގެ ޕްރެކްޓުހުގައި ސޯންގް ކުޅުންތެރިންނަށް އިރުޝާދު ދެނީ --- ފޮޓޯ: އޭއެފްޕީ

ކެމެރޫން ޓީމުގެ ޕްރެކްޓުހުގައި ސޯންގް ކުޅުންތެރިންނަށް އިރުޝާދު ދެނީ --- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ނަން ކިޔަން އުޅެފައި އޭނާ ނުބައިކޮށް ކިޔަން އުޅުމުން ހުއްޓުން އެރި އެވެ. ދެން އޭނާ އަށް އެހީތެރިވީ ޕްރެސް ކޮންފަރެންސްގައި ތިބި ނޫސްވެރިންނެވެ. ފަހުން އެހެން ނަމެއް ކިޔަން އުޅެ ހުއްޓުން އެރުމުން ދެން އޭނާ އަށް އެހީވީ ޕްރެސްގައި ބައިވެރިވި އެސިސްޓެންޓް ކޯޗެވެ.

މިއަދު ސްވިޒަލެންޑާ އާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސޯންގް ބުނީ އޭނާގެ ޓީމަށް ޕޯޗުގަލްއާ ދެކޮޅަށް ނަތީޖާ ނެރެވިދާނެ ކަމަށެވެ.

"ވޯލްޑް ކަޕްގައި އަހަރެމެންނަށް ހައިރާން ކުރުވަނިވި ނަތީޖާތަކެއް މިހާރު ވެސް ފެނިއްޖެ. އަހަރެމެންނާ ދެކޮޅަށް ނުކުންނަ ޓީމަށް އިހުތިރާމް ކުރަން. ވަރުގަދަ ޓީމެއް ފެންނާނީ ދަނޑުމަތިން. ރޭންކިން އާ ތަފާތު ހިސާބުތައް ދޮރުން ބޭރު ވާނެ. ދަނޑުމަތީގައި އޮންނާނީ ކުރާ މަސައްކަތް،" ސޯންގް ބުންޏެވެ.

މިއަދު ސްވިޒަލެންޑާ ދެކޮޅަށް އޭނާގެ ޓީމު ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 3 ޖަހާއިރު އެވެ.