26 ޖޫން 2019
އިސްމާއީލިއާ، މިސްރު (ޖޫން 26) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އެންމެ ފަހުގެ ޗެމްޕިއަން ކެމަރޫން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރޭ 2-0 އިން ގިނީ ބިސޯ ބަލިކޮށް ބޯނަހުގެ މައްސަލައިގައި ޓީމަށް އަމާޒުވި ފާޑުކިޔުންތަކަށް ޖަވާބުދީފި އެވެ.
އިސްމާއީލިއާ، މިސްރު (ޖޫން 26) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އެންމެ ފަހުގެ ޗެމްޕިއަން ކެމަރޫން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރޭ 2-0 އިން ގިނީ ބިސޯ ބަލިކޮށް ބޯނަހުގެ މައްސަލައިގައި ޓީމަށް އަމާޒުވި ފާޑުކިޔުންތަކަށް ޖަވާބުދީފި އެވެ.
ކެމަރޫންގެ ކުޅުންތެރިންނަށް ބޯނަސް ނުދޭ މައްސަލައިގައި މިދިޔަ ހުކުރު ދުވަހު މުބާރާތަށް ފުރަން އެ ޓީމުގެ ކުޅުންތެރިން ދެކޮޅު ހެދި އެވެ. ސްކޮޑުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކަށް ނުދީ ހުރި ބޯނަހުގެ އަދަދު 53،000 ޕައުންޑަށް އަރަ އެވެ. ފަހުން އެ މައްސަލަ ފެޑެރޭޝަނުން ހައްލުކުރި ނަމަވެސް މީޑިއާގައި ކެމަރޫންގެ ޓީމަށް ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވި އެވެ. އެއީ މީގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކެމަރޫން ކުޅުންތެރިން ނުދީ ހުރި ބޯނަހުގެ މައްސަލައިގައި މެޗެއް ނުކުޅެން ހަޅުތާލުކޮށްފައިވާތީ އެވެ.
ރޭގެ މެޗަށް ފަހު ކެމަރޫންގެ ކޯޗު ކްލަރެންސް ސީޑޯފް ބުނީ ޓީމުގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް މި މެޗުން ފެނިގެންގޮސްފިކަމަށާއި މީޑިއާގައި ޓީމާ ބެހޭގޮތުން ދެކެވުނު ވާހަކަތަކަށް މިހާރު ޖަވާބު ލިބިއްޖެ ކަމަށެވެ.
"އަހަރެން މެޗުގެ ކުރިން ވެސް ބުނިން މި ޓީމުގެ އެއްބައިވަންތަކަށް ރަނގަޅުވި ކަމަށް ބޯނަހުގެ މައްސަލައިގައި. އެކަމަކު މީޑިއާ އިން ބެލީ ނެގެޓިވް ކަންތައްތަކަށް. ހަގީގަތަކީ މި މޮޅަކީ އެ ހުރިހާ ކަމަކާ ދެކޮޅަށް ކުޅުންތެރިން އެއް ބަޔެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ. އުއްމީދަކީ މި ފޯމުގައި ކުރިއަށް ދިއުން،" ކުރިން ޔޫރަޕްގެ މަޝްހޫރު ޓީމުތަކަށް ކުޅުނު ސީޑޯފް ބުންޏެވެ.
މި ފަހަރުގެ މުބާރާތް ކުރިން ބާއްވާ ގޮތަށް ހަމަޖެހުނީ ކެމަރޫންގަ އެވެ. އެކަމަކު ތައްޔާރީތައް އެކަށީގެންވާ ސްޕީޑެއްގައި ނުދާތީ ފަހުން މުބާރާތް ބޭއްވުމަށް މިސްރަށް ދިނީ އެވެ. ރޭ ގިނީ ބިސޯ ކޮޅަށް ކެމަރޫންގެ ދެ ލަނޑު މެޗުގެ ދެ ވަނަ ހާފްގައި ކާމިޔާބުކުރީ ޔާޔާ ބަނާނާ އާއި ސްޓެފަން ބަހޯކެން އެވެ. ކެމަރޫންގެ ލަނޑުތައް ފެނިގެންދިޔައީ 66 އާއި 69 ވަނަ މިނިޓްގަ އެވެ.
މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 24 ޓީމު ވާދަކުރާއިރު، ރޭ ކުޅުނު އަނެއް މެޗުގައި ގާނާ އާއި ބެނިން ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މިރޭ ކުޅޭ މެޗުގައި މިސްރު ނުކުންނާނީ ކޮންގޯއާ ދެކޮޅަށެވެ. މިސްރު ވަނީ ކުޅުނު ފުރަތަމަ މެޗުން ޒިމްބާބްވޭ އަތުން މޮޅުވެފަ އެވެ. މި މެޗުން މޮޅުވެއްޖެނަމަ މިސްރަށް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ބޮޑުވާނެ އެވެ.
ބުރްކީނާ ފާސޯ އަށް ލަނޑުދީ ކެމަރޫން ތިންވަނަ ހޯދައިފި
ޕެނަލްޓީގައި ކެމަރޫން ކަޓުވާލައި މިސްރު ފައިނަލަށް
ކެމަރޫންއާ އެކު ބުރްކީނާ ފާސޯ ވެސް ސެމީ ފައިނަލަށް
ކެމަރޫން އާއި އަލަށް ވާދަކުރާ ގެމްބިއާ ކުއާޓަ އަށް
ކެމަރޫން ގޮވައިގެން ސީޑޯފް މުހިއްމު ދަތުރަކަށް
އެފްރިކާގެ ޗެމްޕިއަންކަން ކެމަރޫން ހޯދައިފި
ކެމެރޫންގެ މެޗުތަކަށް ދަނޑަށް ވަނުން އެޓޫއަށް މަނާ
ކެންސަރުންވެސް ހޯލާ އަރައިގެންފި، ތަށިވެސް ހޯދައިދީފި
އެޓޫ އިސްތިއުފާ ދޭން ހުށަހެޅުމުން ބޯޑުން ދެކޮޅުހަދައިފި
މޮރޮކޯ އަށް އެފްރިކަން ކަޕްގައި ކަމެއް ނުވި