12 ފެބުރުއަރީ 2024
އަބިޖާން (ފެބްރުއަރީ 12) – ކެންސަރު ބަލިން މިދިޔަ އަހަރުން އަރައިގަތް، ސަބެސްޓިއަން ހޯލާ، މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަން އައިވަރީ ކޯސްޓަށް ހޯދައި ދީފި އެވެ.
އަބިޖާން (ފެބްރުއަރީ 12) – ކެންސަރު ބަލިން މިދިޔަ އަހަރުން އަރައިގަތް، ސަބެސްޓިއަން ހޯލާ، މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަން އައިވަރީ ކޯސްޓަށް ހޯދައި ދީފި އެވެ.
އަމިއްލަ ދަނޑުގައި ބޭއްވި މުބާރާތުގެ ފައިނަލުގައި ރޭ ނައިޖީރިއާ އާ ދެކޮޅަށް އައިވަރީ ކޯސްޓުން މެޗު ކާމިޔާބު ކުރީ 2-1 ންނެވެ.
އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ ވެސް ހޯލާ އެވެ.
ޖުލައި 2022 ގައި ހޯލާ އަށް ޓެސްޓިކިއުލާ ކެންސަރު ޖެހިފައިވާކަން، އޭނާ އަށް ކުރިމަތިވި ސިއްހީ މައްސަލަތަކަކާ ގުޅިގެން ހެއްދި ޓެސްޓްތަކުން އެނގުނެވެ.
ބޮރޫޝިއާ ޑޯޓްމަންޑަށް އޭނާ ބަދަލުވެ، އެ ޓީމާ އެކު މެޗެއް ކުޅެން ނުލިބެނީސް ހޯލާ އަށް ޖެހުނީ ހޮސްޕިޓަލްގެ އެނދުމަތިވެގެން އޮންނާށެވެ. ގާތްގަނޑަކަށް މިދިޔަ 18 ވަރަކަށް މަސް ހޯލާ ހޭދަ ކުރީ ކެންސަރުން އަރައިގަތުމަށް ފަރުވާ ކުރުމުގަ އެވެ. އެ މަރުހަލާގައި ދެ އޮޕަރޭޝަނާއި ކީމޯތެރަޕީގެ ހަތަރު ސައިކަލް ފުރިހަމަ ކުރަން ޖެހުނެވެ.
ރޭގެ ކާމިޔާބު އެންމެ ހާއްސަ އެކަކީ ވެސް ހޯލާ އެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީ ނައިޖީރިއާއިންނެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ ލަނޑު ޖެހީ ވިލިއަމް ޕޯލް ޓްރޫސްޓް އެކޯންގް އެވެ. އޭނާ ލަނޑު ޖެހީ 38 ވަނަ މިނެޓްގަ އެވެ.
އައިވަރީ ކޯސްޓްގެ ދެ ލަނޑުގައި ވެސް ހިއްސާވީ އިނގިރޭސި ކްލަބް ބްރައިޓޮން ހޯވް އެލްބިއޯންގެ ކޮންޓްރެކްޓްގައި ހުރި ސިމޯން އެޑިންގްރާ އެވެ.
އައިވަރީ ކޯސްޓަށް ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު 62 ވަނަ މިނެޓްގައި، ފްރޭންކް ކެސެއި ޖެހި އިރު ވެސް ގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށް ދިނީ އެޑިންގްރާ އެވެ. އަދި ދެވަނަ ލަނޑު 81 ވަނަ މިނެޓްގައި ހޯލާ ޖެހީ ވެސް އެޑިންގްރާ ދިން ފުރުސަތަކުންނެވެ.
އައިވަރީކޯސްޓަށް ކޯޗު ދޫކޮށްލަން ފްރާންސުން ދެކޮޅު
މޮރޮކޯ އަށް އެފްރިކަން ކަޕްގައި ކަމެއް ނުވި
މޮރޮކޯ މޮޅުވުމުން އައިވަރީ ކޯސްޓް ސަލާމަތްވެއްޖެ
ޔުނައިޓެޑްގެ އޮނާނާ ނުވަ މަހަށްފަހު ގައުމީ ޓީމަށް
އަންނަ އަހަރުގެ އެފްރިކާ ކަޕް 2024 އަށް ފަސްކޮށްފި
ޕެނަލްޓީން މޮޅުވެ މިސްރާއި ގިނީ ކުއާޓާ އަށް
އިކުއެޓޯރިއަލް ގިނީ އަތުން ބަލިވެ އަލްޖީރިއާއަށް ޝޮކޮއް
މީޑިއާނެޓްގެ 'އައިސް' ޗެނަލުން އެފްރިކަން ކަޕް
ފުޓްބޯޅައިން ރެކޯޑް ހަދަމުން އަންނަ ކުއްޖެއް
އަލްޖީރިއާ އާއި ޓިއުނީޝިއާ ސެމީ އަށް