08 ޖެނުއަރީ 2022
އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް އެފްރިކަން ކަޕް އޮފް ނޭޝަންސް އައިސް ޓީވީ އަދި އައިސް ސްޕޯޓްސް އިން ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.
އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް އެފްރިކަން ކަޕް އޮފް ނޭޝަންސް އައިސް ޓީވީ އަދި އައިސް ސްޕޯޓްސް އިން ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.
މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. މި މުބާރާތް މި ފަހަރު ބާއްވަނީ ކެމަރޫންގަ އެވެ.
މުޅި ދުނިޔޭގެ އެންމެ މަތީ ފަންތީގައި ހިމެނޭ ގިނަ އަދި މޮޅު ކުޅުންތެރިންތަކެއް މި މުބާރާތް ކުޅުމަށް މިހާރު އެ ކުޅުންތެރިންގެ ގައުމީ ޓީމުތަކާ ވަނީ ގުޅިފަ އެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހު، ސާޑިއޯ މާނޭ އަދި ނަބީ ކެއިޓާގެ އިިތުރުން މެންޗެސްޓާ ސިޓީގެ މަހްރޭޒް އާއި އާސެނަލްގެ ފޯވާޑް އޮބަމަޔާން އަދި ކްރިސްޓަލް ޕެލޭސްގެ ފޯވާޑް ޒަހާ ފަދަ ކުޅުންތެރިން މި މުބާރާތުގައި ކުޅޭނެ އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ލީގު ކަމުގައިވާ އިނގިރޭސި ޕްރިމިއަ ލީގުގެ އެކި ޓީމުތަކުން ޖުމްލަ 40 ކުޅުންތެރިން މި މުބާރާތުގައި ކުޅޭނެ އެވެ.
މީޑިއާނެޓުން ބުނީ އެ ކުންފުނިން އަބަދުވެސް ބަލަނީ ދުނިޔޭގައި ކުޅޭ ފޯރިގަދަ މުބާރާތްތައް ރާއްޖޭގެ ބެލުންތެރިންނަށް ވީހާވެސް ފަސޭހަކަމާ އެކު ބެލޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ. މިހާރު މީޑިއާނެޓުގެ އެމް އެސް ޕްލެޓްފޯމުން ޑީކޯޑަރަކާއި ނުލައި ޗެނަލްތަކުގެ އިތުރުން ވީއޯޑީ ބެލޭނެ ހިދުމަތް ވެސް ވަނީ ތައާރަފް ކޮށްފަ އެވެ.
މީޑިއާނެޓުގެ ބޭސިކް އަދި ފެމިލީ އަށް ވުރެ މަތިން ޕެކޭޖު ނަގާފައިވާ ކަސްޓަމަރުންނަށް 'އެމްއެސް މީޑިއާނެޓް އެޕް' ހިލޭ ބޭނުންކުރެވޭނެ އެވެ.
މި މުބާރާތާ ގުޅޭ އިތުރު މާއުލޫމާތު މީޑިއާނެޓުގެ ނަންބަރު 3320800 އަށް ގުޅައިގެން ސާފުކުރެވޭނެ އެވެ.
ކެންސަރުންވެސް ހޯލާ އަރައިގެންފި، ތަށިވެސް ހޯދައިދީފި
މޮރޮކޯ އަށް އެފްރިކަން ކަޕްގައި ކަމެއް ނުވި
އައިވަރީކޯސްޓަށް ކޯޗު ދޫކޮށްލަން ފްރާންސުން ދެކޮޅު
ޔުނައިޓެޑްގެ އޮނާނާ ނުވަ މަހަށްފަހު ގައުމީ ޓީމަށް
އެފްކޮންގެ ފައިނަލް މެޗު މީޑިއާނެޓުން ބަލައިލެވޭނެ
އިކުއެޓޯރިއަލް ގިނީ އަތުން ބަލިވެ އަލްޖީރިއާއަށް ޝޮކޮއް
އޭދަފުއްޓަކީ ރާއްޖޭގެ ބްރެޒިލްތަ؟
ކީޕަރުގެ ޓެކުލްގެ ވީޑިއޯ އަށް 12 މިލިއަން ވިއުސް
ގުރައިދޫ އެއްވަނަ، ފުވައްމުލަކާއި ތިމަރަފުށި ގުރަކަށް
އޭދަފުށީގެ ދުވަހެއް، ދިއްދޫ ކަޓުވާލުމަށްފަހު ކުއާޓާއަށް