06 ފެބުރުއަރީ 2022
އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ފައިނަލުގައި މިސްރާއި ސެނެގާލް މިރޭ ކުޅޭ މެޗު މީޑިއާނެޓުން ވަގުތުން ދައްކަން ނިންމައިފި އެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ފައިނަލުގައި މިސްރާއި ސެނެގާލް މިރޭ ކުޅޭ މެޗު މީޑިއާނެޓުން ވަގުތުން ދައްކަން ނިންމައިފި އެވެ.
މެންދަމު 12 ޖަހާއިރު ފަށާ މެޗު ފެންނާނީ މީޑިއާ ނެޓްގެ ޗެނަލް 102 [އައިސް ސްޕޯޓްސް] އިންނެވެ.
އެފްކޮން އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ މިސްރު މިރޭގެ މެޗަށް ނުކުންނާނީ އަށްވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބުކޮށް ތަށި އުފުލައިލުމުގެ އުއްމީދުގަ އެވެ. އެންމެ ފަހުން 2019 ގައި ބޭއްވި މުބާރާތުގެ ފައިނަލުގައި ވާދަކުރި ސެނެގާލުގެ އަމާޒަކަށް ވާނީ ފުރަތަމަ ފަހަރަށް އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ.
މި މެޗުގައި، ލިވަޕޫލްގައި އެއްކޮށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ ކުޅޭނެ އެވެ. މި ދެ ކުޅުންތެރިން ކުޅެނީ ދެ ޓީމަށެވެ. ފީފާ އިން ހޮވާ އެންމެ މޮޅު ކީޕަރުގެ މަގާމު މިދިޔަ އަހަރު ހޯދި އެޑުއާޑް މާންޑީ މި މެޗުގައި ސެނެގާލަށް ކުޅޭނެ އެވެ.
މި މެޗު، އެމްއެސް މީޑިއާނެޓް އެޕް މެދުވެރިކޮށް ފޯން، ލެޕްޓޮޕް އަދި ޓެބްލެޓުން ކޮންމެތާކު ހުރެގެން ވެސް ބަލައިލެވޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ. މެޗު މިސްވެއްޖެ ނަމަ 'ސްޓާޓް އޯވާ' ފީޗާ މެދުވެރިކޮށް ފަށައިގެން ނުވަތަ 'ކެޗް އަޕް' ފީޗާ މެދުވެރިކޮށް ހަތަރު ދުވަސް ފަހުން ވެސް ބަލައިލެވޭނެ އެވެ.
އެމްއެސް މީޑިއާނެޓް އެޕްގެ އެމްއެސް ކޮމްބޯ ޕެކޭޖް 74ރ. ގެ ޑިސްކައުންޓްގައި މިހާރު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މީޑިއާނެޓްގެ 'ވޯންޓް އިޓް އޯލް' ޕެކޭޖު ގެންގުޅުއްވާ ކަސްޓަމަރުންނަށް އެއްވެސް އަގަކާ ނުލައި މި ހިދުމަތް ޑައުންލޯޑްކޮށް، މެޗު ބަލައިލެވޭނެ އެވެ. މި މެޗާ ބެހޭ އިތުރު މައުލޫމާތު މީޑިޔާނެޓްގެ 3320800 ނަންބަރަށް ގުޅުމުން ލިބޭނެ އެވެ.
މީޑިއާނެޓްގެ 'އައިސް' ޗެނަލުން އެފްރިކަން ކަޕް
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ރިޓަޔާ ކުރުމަށް ފަހު ދާނީ ރާއްޖެއަށް: އަންޗެލޮޓީ
ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން ކުރަން ނިސްޓެރޫއީ ބޭނުންވޭ
ގޯލްޑްކަޕަށް ގަލޮޅު ދަނޑު، ޔޫތުލީގު ހެންވޭރު ދަނޑަށް
ފުޓްބޯޅަ ކޮޅަށްނެގުމަކީ ގައުމީ މަސައްކަތެއް:ނައިބުރައީސް
14 އަހަރުންދަށުގެ އެކަޑަމީ ޗެމްޕިއަންކަން ސަސް އަށް
ދަރިފުޅަށް ވީތީ އިސްކަމެއް ނުދެން: ސިމިއޯނީ
ޓެން ހަގްގެ ކިބައިން ބްރުނޯ މައާފަށް އެދިއްޖެ