25 ޖެނުއަރީ 2024
މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ހޯސްޓު ކުރާ ގައުމު، އައިވަރީ ކޯސްޓަށް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތެއް ލިބިއްޖެ އެވެ.
މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ހޯސްޓު ކުރާ ގައުމު، އައިވަރީ ކޯސްޓަށް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތެއް ލިބިއްޖެ އެވެ.
އައިވަރީ ކޯސްޓް އަމިއްލަ ގައުމުގައި ގުރޫޕް ސްޓޭޖުން ނުކަޓައި ސަލާމަތްވީ ރޭ ކުޅުނު ގުރޫޕް އެފްގެ ފަހު މެޗުގައި މޮރޮކޯ އިން ޒަމްބިއާ 1-0 އިން ބަލި ކުރުމުންނެވެ. މެ މެޗުން ޒަމްބިއާ އެއްވަރު ކޮށްލި ނަމަވެސް އައިވަރީ ކޯސްޓަށް ފުރުސަތެއް ނޯންނާނެ އެވެ.
މޮރޮކޯ ވަނީ ހަތް ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ. ދެވަނައިގައި ނިންމާލީ ކުޅުނު ތިން މެޗު ވެސް އެއްވަރުކުރި ޑީއާރު ކޮންގޯ އެވެ. ޒަމްބިއާ އާއި ޓަންޒާނިއާ ވަނީ ދެ ޕޮއިންޓާ އެކު މުބާރާތުން ކަޓައިފަ އެވެ.
އައިވަރީ ކޯސްޓް ވަނީ އެންމެ މޮޅަކާ އެކު ހޯދި ތިން ޕޮއިންޓާ އެކު ގުރޫޕްގެ ތިންވަނައިގައި އޮވެ، ގުރޫޕް ސްޓޭޖް ނިންމާލައިފަ އެވެ.
އައިވަރީ ކޯސްޓް ކުޅުންތެރިން ގުރޫޕް ސްޓޭޖުގެ މެޗެއްގައި.-- ފޮޓޯ: އޭއެފްޕީ
ގިނީ ބިސާއު އާ ވާދަކޮށް 2-0 އިން މޮޅުވެގެން ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އައިވަރީ ކޯސްޓުން މުބާރާތް ފެށި ނަމަވެސް ދެވަނަ މެޗުގައި ވަނީ 1-0 އިން ނައިޖީރިއާ އަތްދަށުވެފަ އެވެ. އަދި ގުރޫޕް އޭގެ ފަހު މެޗުގައި އިކުއެޓޯރިއަލް ގިނީ އަތުން ބަލިވީ 4-0 އިންނެވެ.
މިއާ އެކު އައިވަރީ ކޯސްޓަށް ޖެހުނީ ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ ނިމެންދެން އިންތިޒާރު ކުރާށެވެ.
ތިންވަނަ ހޯދާ ހަ ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމަށް އަނެއް ބުރުން ފުރުސަތު ލިބޭއިރު، އައިވަރީ ކޯސްޓް އަނެއް ބުރަށް ދިޔައީ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ ރަނގަޅު ޓީމުގެ ގޮތުގަ އެވެ.
ނަތީޖާ ދަށް ވުމާ ގުޅިގެން އެޓީމުގެ ކޯޗުގެ މަގާމުގައި ހުރި ފްރާންސްގެ ޖިއާން ލުއިސް ގަސޭ ވެސް ވަނީ އިއްޔެ މަގާމުން ވަކި ކޮށްފަ އެވެ.
މުބާރާތުގެ ގަދަ 16 ގައި އައިވަރީ ކޯސްޓް ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލާ ދެކޮޅަށެވެ.
ކެންސަރުންވެސް ހޯލާ އަރައިގެންފި، ތަށިވެސް ހޯދައިދީފި
މޮރޮކޯ އަށް އެފްރިކަން ކަޕްގައި ކަމެއް ނުވި
އައިވަރީކޯސްޓަށް ކޯޗު ދޫކޮށްލަން ފްރާންސުން ދެކޮޅު
ދުނިޔޭގެ ތަހުތަށް އާދެވޭނީ އެފްރިކާގެ ރަސްކަމަށް ފަހު
އަންނަ އަހަރުގެ އެފްރިކާ ކަޕް 2024 އަށް ފަސްކޮށްފި
ސެމީ ފައިނަލުގައި މިސްރާއި ކެމަރޫން ވާދަކުރަން ޖެހިއްޖެ
ޕެނަލްޓީން މޮޅުވެ މިސްރާއި ގިނީ ކުއާޓާ އަށް
އެފްރިކަން ކަޕް: ސެނެގާލް އާއި މޮރޮކޯ ވެސް ކުއާޓައަށް
އަލްޖީރިއާ އާއި ޓިއުނީޝިއާ ސެމީ އަށް
މާނޭގެ ގޯލުން ސެނެގޯލް ކުއާޓާ އަށް