28 މާޗް 2023
މެޑްރިޑް (މާޗު 28) - މޮރޮކޯ އަށް ދުނިޔޭގެ ޗެމްޕިއަނުންނަށް ވެވޭނީ އެފްރިކާ ބައްރުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ކަމަށް ކޯޗު ވަލީދު ރެގްރަގީ ބުނެފި އެވެ.
މެޑްރިޑް (މާޗު 28) - މޮރޮކޯ އަށް ދުނިޔޭގެ ޗެމްޕިއަނުންނަށް ވެވޭނީ އެފްރިކާ ބައްރުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ކަމަށް ކޯޗު ވަލީދު ރެގްރަގީ ބުނެފި އެވެ.
ނިމިދިޔަ ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރި މޮރޮކޯ އިން ވަނީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައި، ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ވަރުގަދަ ބްރެޒިލް ބަލިކޮށްފަ އެވެ.
ގަތަރުގައި މިދިޔަ އަހަރު އޮތް މުބާރާތުގައި ދުނިޔޭގެ ވަރުގަދަ ނަންތަކެއް ސިއްސުވާލައި މޮރޮކޯ އިން ހޯދި ކާމިޔާބީއަކީ އެޓީމުން މިހާތަނަށް ވޯލްޑް ކަޕް މުބާރާތެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. ނަމަވެސް 1976 ވަނަ އަހަރަށް ފަހު މޮރޮކޯ އަށް އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އޭގެ ފަހުން ފައިނަލް ކުޅެފައި ވަނީ ވެސް 2004 ވަނަ އަހަރު އެކަންޏެވެ.
"އަހަރެންގެ ކުޅުންތެރިން ގާތު ބުނިން ދުނިޔޭގެ ރަސްކަމަކަށް ނާދެވޭނެއޭ، ބައްރުގެ ރަސްކަން ނުހޯދައެއް،" ބްރެޒިލް އަތުން ހޯދި ތާރީހީ މޮޅާ ގުޅޭގޮތުން ރެގްރަގީ ބުންޏެވެ.
"އެންމެނަށް ވެސް އެނގޭނެ ފީފާ ރޭންކިންގެ އެންމެ މަތީގައި އޮތް ބްރެޒިލް ބަލިކުރުމަކީ އަހަރެމެންނާ އަހަރެމެންގެ ގައުމަށް ވެސް ކިހާ ބޮޑު ކާމިޔާބެއްކަން. މިއީ ރޯދަ މަސް، މިއީ ހަގީގަތެއްތޯ ބަލަން ތަރާވީހް ނަމާދަށް ދާން އެބަ ޖެހޭ."
ރެގްރަގީ ބުނީ މިއީ އުފާފާޅުކުރާ ވަރުގެ ކާމިޔާބެއް ކަމަށް ވިއަސް އެޓީމުން އަދިވެސް ކުރަން ޖެހޭ ބައިވަރު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
"އަހަރެމެން އެފްރިކަން ކަޕް ކާމިޔާބު ކުރަން ޖެހެއޭ ބުނުމުން ބައެއް މީހުން ބުނޭ އަހަރެން މާ ވާހަކަ ބޮޑު ކޮށްލަނިއްޔޭ. އަހަރެން ސަމާލުވާން ޖެހޭ، އެހެންވެ އަހަރެން ބުނަން އޮތީ ކުޅޭނީ މޮޅަކަށް ނޫނޭ، އަހަރެމެން ކުޅެނީ ހަމައެކަނި ލިބޭ ހިތްހަމަޖެހުމަކަށޭ،" ރެގްރަގީ ބުންޏެވެ.
މި ހިނގާ އިންޓަނޭޝަނަލް ބްރޭކުގައި ކޮލިފައިން މެޗެއް ނުކުޅުނު ނަމަވެސް މޮރޮކޯ ވަނީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވަން ތާވަލު ކޮށްފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ކޮލިފައި ވެފަ އެވެ. އެއީ ފީފާ އިން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު، ކޮލިފައިން ގައި މޮރޮކޯ އާ އެއް ގުރޫޕެއްގައި އޮތް ޒިމްބާބުވޭގެ ފުޓްބޯޅަ ފެޑެރޭޝަނަށް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.
މި ބްރޭކުގައި މޮރޮކޯ ކުޅެން ތާވަލް ކުރެވިފައި ވަނީ ވެސް ޒިމްބާބުވޭއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ. ދެ މެޗު ވެސް ކެންސަލް ވެފައި ވާއިރު މޮރޮކޯ ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކޮލިފައިން ގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ދެކުނު އެފްރިކާ އާއި ލައިބީރިއާ ބަލިކޮށްފަ އެވެ. ލައިބީރިއާ އާއި ދެކުނު އެފްރިކާ އަށް ވެސް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
މޮރޮކޯ އިން ބްރެޒިލް އާ ދެކޮޅަށް އަމިއްލަ ފަސްގަނޑުގައި ރަހުމަތްތެރިކަމުގެ މެޗެއް ހަމަޖެއްސީ ކޮލިފައިން ގައި ކުޅޭ މެޗުތައް ކެންސަލް ވުމާ ގުޅިގެންނެވެ. މި ބްރޭކުގައި އެ ޓީމުން ކުޅޭ ރަހުމަތްތެރިކަމުގެ ދެ ވަނަ މެޗުގައި މިރޭ ޕެރޫއާ ދެކޮޅަށް ނުކުންނާނީ ސްޕެއިންގައި، އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގަ އެވެ.
މޮރޮކޯ އަށް އެފްރިކަން ކަޕްގައި ކަމެއް ނުވި
މޮރޮކޯ މޮޅުވުމުން އައިވަރީ ކޯސްޓް ސަލާމަތްވެއްޖެ
ސެމީ ފައިނަލުގައި މިސްރާއި ކެމަރޫން ވާދަކުރަން ޖެހިއްޖެ
އެފްރިކަން ކަޕް: ސެނެގާލް އާއި މޮރޮކޯ ވެސް ކުއާޓައަށް
މާނޭގެ ގޯލުން ސެނެގޯލް ކުއާޓާ އަށް
މޮރޮކޯއަށް ލޯ މެޑަލް، ރަހީމީއަށް އޮލިމްޕިކް ރެކޯޑެއް
ރެއާލްގެ ބްރަހީމް މޮރޮކޯ ހިޔާރުކުރުން އުފާފާޅު ކުރަނީ
ކެންސަރުންވެސް ހޯލާ އަރައިގެންފި، ތަށިވެސް ހޯދައިދީފި
އައިވަރީކޯސްޓަށް ކޯޗު ދޫކޮށްލަން ފްރާންސުން ދެކޮޅު
މެޗަކުން މޮޅުނުވެ މިފަހަރު ވެސް އަލްޖީރިއާ ކަޓައިފި