24 ޖެނުއަރީ 2024
މިސްރުގައި 2019 ވަނަ އަހަރު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ތަށި އުފުލާލި ފަހުން މުބާރާތުގެ މެޗަކުން މޮޅު ނުވެވި، އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ މުބާރާތުން އަލްޖީރިއާ ކަޓައިފި އެވެ.
މިސްރުގައި 2019 ވަނަ އަހަރު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ތަށި އުފުލާލި ފަހުން މުބާރާތުގެ މެޗަކުން މޮޅު ނުވެވި، އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ މުބާރާތުން އަލްޖީރިއާ ކަޓައިފި އެވެ.
ދެވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލި ފަހުން ބޭއްވި ދެ މުބާރާތުގައި ވެސް އަލްޖީރިއާ ނިންމާލީ މެޗަކުން މޮޅު ނުވެ އެވެ. ކެމަރޫންގައި 2022 ވަނަ އަހަރު ބޭއްވި މުބާރާތުގައި ދިފާއު ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ އެޓީމު ކެޓީ އެންމެ ޕޮއިންޓަކާ އެކު ގުރޫޕްގެ ފުލުގައި އޮވެ އެވެ.
މިއަހަރުގެ މުބާރާތުން ލިބުނު ދެ ޕޮއިންޓާ އެކު ވެސް އަލްޖީރިއާ ނިންމާލީ ގުރޫޕް ޑީގެ ފުލުގަ އެވެ.
ގުރޫޕްގެ ފަހު މެޗުގައި އަލްޖީރިއާ ވަނީ ރޭ މައުރީޓިއާނާއާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ. ފުރަތަމަ ހާފުގައި މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ މުހައްމަދު ޔާލީ އެވެ.
ފުރަތަމަ ފަހަރަށް ނޮކައުޓް ބުރުން ޖާގަ ހޯދުމަށް ފަހު މައުރީޓިއާނާގެ ކެޕްޓަން އެގައުމުގެ ދިދަ ހިފައިގެން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
މި މޮޅާ އެކު ހޯދި ތިން ޕޮއިންޓް ހިފައިގެން މައުރީޓިއާނާ ވަނީ ގުރޫޕްގެ ތިންވަނަ ޔަގީންކޮށް، ނޮކައުޓް ބުރުން ފުރުސަތު ހޯދައިފަ އެވެ. މިއީ އެޓީމު ނޮކައުޓް ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ގުރޫޕް ޑީގެ އެއްވަަނަ ހޯދީ ރޭ ބުރުކީނާ ފާސޯއާ ވާދަކޮށް 2-0 އިން މޮޅުވި އެންގޯލާ އެވެ. އެންގޯލާ އިން ހަތް ޕޮއިންޓް ހޯދާފައި ވާއިރު ބުރުކީނާ ފާސޯ ވަނީ ހަތަރު ޕޮއިންޓް ހޯދައި، ގުރޫޕްގެ ދެވަނަ ކަށަވަރު ކޮށްފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލް ހިމެނޭ ގުރޫޕް ސީގެ ތިންވަނަ ހޯދި ގިނީ ވަނީ ހަތަރު ޕޮއިންޓް ހޯދައިގެން ގުރޫޕްގެ ތިންވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރުން ފުރުސަތު ޔަގީން ކޮށްފަ އެވެ. މި ގުރޫޕްގައި ވާދަކުރާ ކެމަރޫން ވަނީ ހަތަރު ޕޮއިންޓާ އެކު ދެވަނަ ހޯދައިފަ އެވެ. ސެނެގާލް ވަނީ ތިން މެޗުން ވެސް މޮޅުވެގެން ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ.
އެފްރިކަން ކަޕްގައި ވެސް ހިމެނޭ ހަ ގުރޫޕްގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޓީމަކަށް ކޮނައުޓް ބުރުން ފުރުސަތު ލިބޭނެ އެވެ.
މުބާރާތް ބާއްވާ ގައުމު އައިވަރީ ކޯސްޓު، ތިން ޕޮއިންޓާ އެކު ގުރޫޕް ސްޓޭޖް ނިންމާލާފައި ވަނީ ގުރޫޕް އޭގެ ތިންވަނައިގައި އެވެ. އެ ގުރޫޕުން އެއްވަނަ ހޯދި އިކުއެޓޯރިއަލް ގިނީ އާއި ދެވަނަ ހޯދި ނައިޖީރިއާ ވެސް ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް އައިވަރީ ކޯސްޓަށް ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރެއް ނެތެވެ.
ނޮކައުޓް ބުރުން ޖާގައެއް ހޯދަން އައިވަރީ ކޯސްޓަށް ވަނީ ގުރޫޕް އީ އަދި ގުރޫޕް އެފްގެ ކުޅުން ނިމެންދެން އިންތިޒާރު ކުރަން ޖެހިފަ އެވެ. މި ދެ ގުރޫޕްގެ ވެސް ފަހު މެޗުތައް މިރޭ ކުޅޭނެ އެވެ.
ތިންވަނައިގައި ނިންމާ ޓީމުތަކުގެ ތެރެއިން އިތުރު ދެ ޖާގަ ބާކީ އޮތްއިރު، ފުރުސަތު އެއްކޮށް ގެއްލިފައި ވަނީ ގުރޫޕް ބީގައި ވާދަކުރި ގާނާ އަށެވެ. އެޓީމު ގުރޫޕްގެ ތިންވަނައިގައި ނިންމީ ދެ ޕޮއިންޓާ އެކު އެވެ. ހަތް ޕޮއިންޓާ އެކު މި ގުރޫޕްގެ އެއްވަނަ ކޭޕް ވާޑޭ ހޯދި އިރު، ދެވަނައިގައި ނިންމި މިސްރަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
ކެންސަރުންވެސް ހޯލާ އަރައިގެންފި، ތަށިވެސް ހޯދައިދީފި
މޮރޮކޯ އަށް އެފްރިކަން ކަޕްގައި ކަމެއް ނުވި
އައިވަރީކޯސްޓަށް ކޯޗު ދޫކޮށްލަން ފްރާންސުން ދެކޮޅު
މޮރޮކޯ މޮޅުވުމުން އައިވަރީ ކޯސްޓް ސަލާމަތްވެއްޖެ
ލިވަޕޫލް ލީޑުގައި، ސަލާހު ވެސް ފަރުވާއަށް ގެންނަނީ
ސަލާހަށް ދެން ކުޅެވޭނީ މިސްރު ކުއާޓާ އަށް ގޮސްގެން
އެފްރިކަން ކަޕްގައި ސަލާހުގެ މިސްރަށް އުނދަގޫ ފެށުމެއް
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް
ޔުނައިޓެޑްގެ އޮނާނާ ނުވަ މަހަށްފަހު ގައުމީ ޓީމަށް
ސަލާހުގެ މިސްރަށް އިންތިޒާރެއް، ސެނެގާލް ކޮލިފައިވެއްޖެ