19 ޖެނުއަރީ 2022
ހެމްބާގް (ޖެނުއަރީ 19) - އެންމެ ފަހުގެ ޖަރުމަން ކަޕް ޗެމްޕިއަން ބޮރޫޝިއާ ޑޯޓްމަންޑުން ދެވަނަ ޑިވިޝަނުގެ އެސްޓީ ޕައުލީއާ ވާދަކޮށް 2-1 އިން ބަލިވެ، މުބާރާތުން ކަޓައިފި އެވެ.
ހެމްބާގް (ޖެނުއަރީ 19) - އެންމެ ފަހުގެ ޖަރުމަން ކަޕް ޗެމްޕިއަން ބޮރޫޝިއާ ޑޯޓްމަންޑުން ދެވަނަ ޑިވިޝަނުގެ އެސްޓީ ޕައުލީއާ ވާދަކޮށް 2-1 އިން ބަލިވެ، މުބާރާތުން ކަޓައިފި އެވެ.
މި ނަތީޖާއާ އެކު ކުއާޓާ ފައިނަލަށް ނުގޮސް ޑޯޓްމަންޑް ކެޓިއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ބެޔާން މިއުނިކް ވަނީ މާ ކުރިން މުބާރާތުގެ ދެވަނަ ބުރުން ބަލިވެގެން ކަޓައިފަ އެވެ. ޖުމްލަ 20 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ބެޔާން ކެޓީ، މުބާރާތުގެ ދެވަނަ ބުރުގައި މިދިޔަ އޮކްޓޯބަރު މަހު ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ވާދަކޮށް 5-0 އިން ބަލިވެގެންނެވެ.
އެސްޓީ ޕައުލީ އިން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު ހަތަރުވަނަ މިނިޓުގައި ޖަހައިދިނީ ޑޯޓްމަންޑުގެ އެކަޑަމީން ތަމްރީނުވެގެން ކުޅެން ފެށި ޓޯގޯގެ ޒުވާން ފޯވާޑް އެޓިއެނީ އަމެނީޑޯ އެވެ. ދެވަނަ ލަނޑަކީ 40 ވަނަ މިނިޓުގައި ޑޯޓްމަންޑުގެ އަކްސެލް ވިޓްޒެލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޑޯޓްމަންޑުގެ ހަމައެކަނި ލަނޑު 58 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އާލިން ބްރައުޓް ހާލަންޑެވެ.
އެންމެ ފަހުން 2012 ވަނަ އަހަރުގެ ޖަރުމަން ކަޕް ފައިނަލުން ފެށިގެން މިދިޔަ އަހަރުގެ ފައިނަލާ ހަމައަށް ކޮންމެ އަހަރަކު ވެސް އެއްކޮޅުން ޑޯޓްމަންޑް ނުވަތަ ބެޔާން އަންނަނީ ވާދަ ކުރަމުންނެވެ. މި އަހަރުގެ ފައިނަލް ވެގެންދާނީ 10 އަހަރަށް ފަހު މި ދެޓީމުން ކުރެ ޓީމެއް ފައިނަލުން ނުފެންނާނެ ފުރަތަމަ ފަހަރަށެވެ.
ޑޯޓްމަންޑް ވަނީ މީގެ ކުރިން 10 ފަހަރު މުބާރާތުގެ ފައިނަލުގައި ވާދަކޮށް، ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ބެޔާން މިއުނިކް ބަލިކުރި މޮންޗެންގްލަޑްބަކް މުބާރާތުގެ ގަދަ 16 ގައި މިރޭ ވާދަކުރާނެ އެވެ. އެޓީމު ނުކުންނާނީ ހަނޯވާ 69 އާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ޑޯޓްމަންޑް އަތުން ބަލިވި އާރުބީ ލައިޕްޒިގް މިރޭ ނުކުންނާނީ ހަންސާ ރޮސްޓޮކާ ދެކޮޅަށެވެ.
ބަޔާން ބަލިކޮށް ޑޯޓްމަންޑް ރެކޯޑް ފައިނަލަކަށް
ނޯޔާގެ ފުރަތަމަ ރަތްކާޑާ އެކު ބަޔާން ކަޓައިފި
މިހާރު އުންމީދެއް ނެތް، މަރުހަބާ ލެވަކޫސަން: ޓުޗެލް
ޖަރުމަނުގައި ކޭންގެ ތިންވަނަ ހެޓްރިކް ޑޯޓްމަންޑް ކޮޅަށް
ތިންވަނަ ޑިވިޝަން ޓީމެއް އަތްދަށުވެ ބެޔާނަށް ޝޮކެއް
ހިތްދަތި ގޮތަކަށް ޑޯޓްމަންޑަށް ޗެމްޕިއަންކަން ގެއްލިއްޖެ
ލައިޕްޒިގް އަތުން ބަލިވެ ބެޔާން އަތުން ލީގު ދޫވަނީ
ބެޔާން އަނެއްކާވެސް ވެއްޓިއްޖެ، ކޮންޓްރޯލް ޑޯޓްމަންޑަށް
ބެޔާނާއި ޑޯޓްމަންޑުގެ ކޯޗުންގެ ފާޑުކިޔުން ޓީމަށް
ބެޔާނުގައި ކަންސެލޯގެ ފުރަތަމަ މެޗުގައި ތަފާތުދައްކައިފި