Roadha Mihaaru
ބެޔާން އަނެއްކާވެސް ވެއްޓިއްޖެ، ކޮންޓްރޯލް ޑޯޓްމަންޑަށް

ބެޔާން އަނެއްކާ ވެސް ވެއްޓިއްޖެ، ކޮންޓްރޯލް ޑޯޓްމަންޑަށް

23 އެޕްރީލް 2023

މެއިންޒް (އޭޕްރީލް 23) - ބެޔާން މިއުނިކުން ރަށުން ބޭރުގައި މެއިންޒް އާ ވާދަކޮށް 3-1 އިން ބަލިވުމުގެ ފައިދާ ނަގައި، ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި 4-0 އިން އެއިންޓްރަކް ފްރޭންކްފާޓް ބަލިކޮށް ޖަރުމަން ބުންޑެސްލިގާގެ އެއް ވަނައިގައި ކޮންޓްރޯލް ހޯދައިފި އެވެ.

މެއިންޒް (އޭޕްރީލް 23) - ބެޔާން މިއުނިކުން ރަށުން ބޭރުގައި މެއިންޒް އާ ވާދަކޮށް 3-1 އިން ބަލިވުމުގެ ފައިދާ ނަގައި، ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި 4-0 އިން އެއިންޓްރަކް ފްރޭންކްފާޓް ބަލިކޮށް ޖަރުމަން ބުންޑެސްލިގާގެ އެއް ވަނައިގައި ކޮންޓްރޯލް ހޯދައިފި އެވެ.

މެއިންޒް އަކީ މާޗު މަހު ބެޔާންގެ ކޯޗުކަމާ ހަވާލުވި ތޯމަސް ޓުޗެލް އެއް ވަނަ ޑިވިޝަނުގައި ކޯޗު ކޮށްދޭން ފެށި ކްލަބެވެ. ލީގު އަށް ވަނައިގައި އޮތް މެއިންޒް އާ ދެކޮޅަށް ކުޅުނު މެޗުގައި ބެޔާނުން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ގޯލު ޖަހައިދިނީ ސަޑިއޯ މާނޭ އެވެ.

މެއިންޒް މެޗު ކާމިޔާބު ކުރީ ފަހު ހާފުގައި ޖެހި ގޯލުތަކުންނެވެ. އެއްވަރުކުރި ގޯލު 65 ވަނަ މިނިޓުގައި ޖަހައިދިނީ ރީޔޫނިއަންގެ ފޯވާޑް ލޫޑޮވިޗް އަޔޯކް އެވެ. އެއަށް ފަހު 73 ވަނަ މިނިޓުގައި ލިއަންޑްރޯ ބަރެއިރޯގެ ގޯލަކުން ލީޑު ނެގިއިރު، ތިން ވަނަ ލަނޑު 79 ވަނަ މިނިޓުގައި ޖަހައިދިނީ އާރޮން މާޓިން އެވެ.

މެއިންޒުން ނަތީޖާ އެއްވަރުކުރި ގޯލު ޖެހުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ

މެއިންޒުން ނަތީޖާ އެއްވަރުކުރި ގޯލު ޖެހުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ

ޑޯޓްމަންޑުން ވަނީ ފުރަތަމަ ހާފުގައި ތިން ގޯލު ކާމިޔާބު ކޮށްފަ އެވެ. ޖޫޑް ބެލިންގްހަމް ލީޑު ހޯދައިދިން އިރު ދެ ވަނަ ގޯލު ޖެހީ ޑޮންޔެލް މޭލެން އެވެ. އަދި ހާފު ނިމެނިކޮށް ތިން ވަނަ ގޯލު ޖަހައިދިނީ މެޓްސް ހަމެލްސް އެވެ. ފަހު ހާފުގައި ހަތަރުވަނަ ގޯލު ޖަހައިދިނީ މޭލެން އެވެ.

މި ނަތީޖާއާ އެކު ޑޯޓްމަންޑް އެއް ވަނައިގައި އޮތީ އެއް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮތީ ފަސް މެޗެވެ. ޑޯޓްމަންޑަށް 29 މެޗުން 60 ޕޮއިންޓް ލިބިފައި ވާއިރު ބެޔާނަށް ލިބިފައި ވަނީ 59 ޕޮއިންޓެވެ.

ބެޔާނާއި ޑޯޓްމަންޑް ލީގުގައި ވާދަކުރި ފުރަތަމަ މެޗު އެއްވަރު ވެގެން ނިމުނުއިރު ބެޔާން ވަނީ ފަހު މެޗު ކާމިޔާބު ކޮށްފަ އެވެ. ބޭޔާނުން ޑޯޓްމަންޑް ބަލިކުރީ، ޑޯޓްމަންޑަށް ވެސް ކުރިން ކޯޗު ކޮށްދިން ޓުޗެލް އާއެކު އެވެ. މި މަހުގެ އެއް ވަނަ ދުވަހު ކުޅުނު އެ މެޗަކީ ޓުޗެލް ބެޔާނަށް އިރުޝާދުދިން ފުރަތަމަ މެޗެވެ. ބެޔާން އެންމެ ފަހުން އެއް ވަނައަށް ޖެހިލީ އެ މެޗު ކާމިޔާބު ކޮށްގެންނެވެ.

ޓުޗެލް އާއެކު ބެޔާން މިހާތަނަށް ލީގުގައި ހަތަރު މެޗު ކުޅެފައި ވާއިރު މޮޅުވީ ދެ މެޗުންނެވެ. ޓުޗެލްގެ ކޯޗު ކަމުގައި އެޓީމު ވަނީ ޖަރުމަން ކަޕާއި ޗެމްޕިއަންސް ލީލުން ވެސް ކަޓައިފަ އެވެ. ބެޔާންގެ ސީއީއޯ އޮލިވާ ހާން ބުނީ ޓުޗެލް އަންނަނީ ކުޅުންތެރިން ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ކަމަށެވެ.

"އަހަރެމެން އެމީހަކާ ގުޅޭގޮތުން މަޝްވަރާ ކުރަންޖެހޭ އެންމެ ފަހު މީހަކީ ތޯމަސް ޓުޗެލް. އޭނާ އަންނަނީ ކުޅުންތެރިން ކުރިއަރުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން،" މެޗަށް ފަހު އޮލިވާ ހާން ބުންޏެވެ.

"އަހަރެން އިސްތިއުފާއެއް ވެސް ނުދޭނަން. އަހަރެންގެ ހަމައެކަނި ޓާގެޓަކީ ލީގު ތަށްޓާ އެކު ސީޒަން ނިންމާލުން. އަދި އަންނަ ސީޒަނުގައި އިދިކޮޅު ޓީމުތަކަށް މިއަށްވުރެ ބޮޑަށް ނުރައްކާ ކުރުން."