02 ނޮވެމްބަރ 2023
ސާބްރޫކެން (ނޮވެމްބަރު 2) - ތިންވަނަ ޑިވިޝަން ކަލްބް، ސާބްރޫކެން އަތުން 2-1 ން ބަލިވެ، ޖަރުމަނު ކަޕުން ބެޔާން މިޔުނިކް ކަޓައިފި އެވެ.
ސާބްރޫކެން (ނޮވެމްބަރު 2) - ތިންވަނަ ޑިވިޝަން ކަލްބް، ސާބްރޫކެން އަތުން 2-1 ން ބަލިވެ، ޖަރުމަނު ކަޕުން ބެޔާން މިޔުނިކް ކަޓައިފި އެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީ ބެޔާނުންނެވެ. އެ ޓީމުގެ ތޯމަސް މުލާ 16 ވަނަ މިނެޓްގައި ލިޑް ނަގައި ދިނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުގެ ކުރިން ޕެޓްރިކް ސޮންތައިމާ، ސާބްރޫކެން އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
މުބާރާތް 20 ފަހަރު ކާމިޔާބުކޮށްފައިވާ ބެޔާން، މެޗުން ބަލިވީ މާސެލް ގައުސް އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓްގައި ވައްދާލި ލަނޑުންނެވެ.
"ބެޔާން ފަދަ ފުރަތަމަ ޑިވިޝަންގެ ޓީމެއް ސާބްރޫކެން އަށް އައިސް ބަލިވުމުން، ދެން އެއީ އަހަރެމެންނަށް ގޯސް ކަމެއް ކުރެވުން،" މެޗަށް ފަހު ތޯމަސް މުލާ ބުންޏެވެ.
މިއީ ބެޔާނަށް ޖަރުމަން ކަޕުގައި ވިދިވިދިގެން ނާކާމިޔާބުވި ހަތަރުވަނަ ފަހަރެވެ. މީގެ ތިން އަހަރު ކުރިން 2020 ގައި ހަމަ މި ސްޓޭޖުގައި ޕެނަލްޓީގައި ހޯލްސްޓައިން ކިއެލް އަތުން ބަޔާން ބަލިވި އެވެ. އަދި 2021 ގައި ދެވަނަ ބުރުގައި ބޮރޫޝިއާ މޮއެންޗެންގްލަޑްބާކް އަތުން 5-0 އިން ބަލިވެ ކަޓައިގެން ދިޔަ އެވެ. މިދިޔަ އަހަރު ފްރައިބާގް އަތުން ބަލިވީ ކުއާޓާ ފައިނަލުގަ އެވެ.
ބެޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މެޗުން ބަލިވުމުގައި އެތައް މައްސަލަތަކެއް ހުރި ވާހަކަ އޭނާ ދެއްކިޔަސް އެއް ވެސް މީހަކު އެކަން ގަބޫލު ނުކުރާނެކަން އޭނާ އަށް ވިސްނޭ ކަމަށެވެ.
"މި މެޗުން ބަލިވުމުގައި 100 ކަންތައް ތަފުސީލުކޮށްދޭން ޖެހޭނެ. ނޫނީ އެއްވެސް މައްސަލައެއް ނުހުރެދާނެ. އަހަރެމެންގެ ޓީމުގައި އަނިޔާގެ މައްސަލަތައް އެބަހުރި އެކަމަކު އެހެން ވިޔަސް ބުނާނެ އަހަރެމެން ޖެހޭނޭ މި މެޗުން މޮޅުވާން،" ޓުޗެލް ބުންޏެވެ.
ފަހްރުވެރިވެފައި ހުރި ސާބްރޫކެންގެ ކޯޗު ރޫޑިގާ ޒިއެލް ބުނީ، ރޭގެ މެޗުން މޮޅުވުމުން އުފާފާޅުކުރުމުގެ ގޮތުން މިއަދުގެ ޕްރެކްޓިސް އަށް ހާޒިރުވުމާއި ނުވުން ކުޅުންތެރިންނަށް އިހްތިޔާރީ ކަމަކަށް އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
"މިއަދު މި އުފާވެރިކަން ފާހަގަ ނުކުރާނަމަ ދެން ދުވަހަކުވެސް އުފާފާޅު ނުކުރެވޭނެ،" އޭނާ ބުންޏެވެ.
ޗެމްޕިއަން ލައިޕްޒިގް ޖަރުމަނު ކަޕުން ކަޓައިފި
ނޯޔާގެ ފުރަތަމަ ރަތްކާޑާ އެކު ބަޔާން ކަޓައިފި
ޖަރުމަނުގެ މޮޅު ކުޅުންތެރިޔަކަށް ކުޅުން ހުއްޓާލި ކްރޫސް
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
ޖަރުމަނު ދެވަނަ ބުރަށް، ތަރިއަކީ ގުންޑޮގާން
ބެޔާނުގެ ކޯޗަކަން ކޮމްޕެނީ އަށް ދެނީ
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް