ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕްރީސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާނުކޮށްފި އެވެ.
12 ޖެނުއަރީ 2022
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕްރީސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާނުކޮށްފި އެވެ.
އެޗްޑީސީން އިއްޔެ ގެޒެޓްކުރި އިއުލާނެއްގައި ބުނީ، ޕްރީސްކޫލް އެޅުމުގެ ބިޑަށް ކުރިމަތިލެވޭނީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް އެކަނި ކަމަށެވެ. މި ބިޑަށް ކުރިމަތިލާ ފަރާތަކީ އެޗްޑީސީގެ މުވައްޒަފަކާއި ނުވަތަ އެ ކުންފުނީގެ ބޯޑު މެމްބަރަކާ ނުވަތަ އެ ކުންފުނީގެ ވިޔަފާރި ޕާޓްނަރަކާއި އެއްވެސް ވަރެއްގެ މަސްލަހަތެއް އޮންނަ ފަރާތަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި މަހު 25 އަށް މި ބިޑްގެ މުއްދަތު ހަމަވާއިރު، މި މަހު 17 ގައި ޕްރީ ބިޑް ބައްދަލުވުން އޮންނާނެ އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 680،000ރ. ހުށަހަޅަން ޖެހޭއިރު، މި ޕްރޮޖެކްޓަށް 27 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް މި އިއުލާނުގައިވެ އެވެ. އަދި މި އިމާރާތުގެ މަސައްކަތް ދޮޅު އަހަރުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
މި ޕްރީސްކޫލް އަޅަނީ 22،019 އަކަފޫޓުގެ ބިމެއްގަ އެވެ. އެޗްޑީސީން މިހާރު ވަނީ، އެއް އިމާރާތުގައި ހަދާ މި ޕްރީސްކޫލްގެ ޑިޒައިންގެ މަސައްކަތް ވެސް ނިންމައިފަ އެވެ.
ހުޅުމާލޭގައި މިހާރު ވެސް ސަރުކާރުގެ ޕްރީ ސްކޫލެއް ހިންގަ އެވެ. އެއީ މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ ހަމައެކަނި ޕްރީސްކޫލް ކަމަށްވާ މުހައްމަދު ގާސިމް ޕްރީސްކޫލެވެ. އަމިއްލަ ފަރާތަކުން އިމާރާތްކުރި މި ޕްރީ ސްކޫލުގެ ހިންގުމާ ސަރުކާރުން ހަވާލުވީ މިދިޔަ އަހަރު އޮގަސްޓުގަ އެވެ. އެ ސްކޫލުގައި ކިޔަވައިދޭން ފެށީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ.
ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފެލްޓުތަކަށް މީހުން ބަދަލުވާން ފެށުމާ އެކު ސަރުކާރުން މިހާރު ވެސް ވަނީ އެ ސަރަހައްދުގައި ދެ ސްކޫލެއް އަޅަން ބަޔަކާ ހަވާލުކޮށްފަ އެވެ. އޭގެން އެއް ސްކޫލް މި އަހަރު ހުޅުވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ޖާގަ ހުޅުވާލައިފި
ހުޅުމާލޭގެ އާ މާސްޓަޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ
ހިޔާ 2 ގެ އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި
ހުޅުމާލެ ރަމްޒުކޮށްދޭ 100 މީޓަރު އުސް ޓަވަރެއް
މާސްޓަޕްލޭނަށް ބަދަލު ގެނައީ ބަނދަރުގެ ޖާގަ ކުޑަވާތީ
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި
ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރަނީ
ހިޔާގެ 4 ޓަވަރެއްގެ ލިފްޓުތައް ނިންމައި ޓެސްޓުކުރަނީ
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހުޅުމާލެ 2ގެ ބަންދު ސަރަހައްދަށް ނުވަންނަން އަންގައިފި