11 ޖެނުއަރީ 2022
ސްރީ ލަންކާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރުމުގައި އެހީތެރިވެދިނުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ނިންމައިފި އެވެ.
ސްރީ ލަންކާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރުމުގައި އެހީތެރިވެދިނުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ނިންމައިފި އެވެ.
މިހާރު ސްރީ ލަންކާ އަށް ވަޑައިގެން އުޅުއްވާ އޭޑީބީގެ ނައިބު ރައީސް ޝިޒިން ޗެން، އިއްޔެ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސައާ އެކު ކުރެއްވި މަޝްވަރާތަކުގައި، ވިދާޅުވި ގޮތުގައި ލަންކާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވާން ނިންމީ، ލަންކާގެ އިގްތިސާދީ ތަރައްގީއަށް އެހީތެރިވުމުގެ ގޮތުންނެވެ.
ދެ ބޭފުޅުން އިއްޔެ ކުރެއްވި މަޝްވަރާތަކުގައި، އޭޑީބީގެ ނައިބު ރައީސް ވަނީ އެ ބޭންކުގެ އެހީގައި ލަންކާގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ކާމިޔާބީ ފާހަގަ ކުރައްވައިފަ އެވެ. އޭގެ އިތުރުން، ލަންކާ ސަރުކާރުގެ ކުންފުނިތައް އަލުން ބައްޓަންކުރުމުގައި އޭޑީބީން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޑީބީގެ މި އަހަރުގެ އަހަރީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ވެސް، މިއަންނަ މެއި މަހުގެ 2 އިން 5 އަށް ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގަ އެވެ. މި ބައްދަލުވުމުގައި 68 ގައުމަކުން ބައިވެރިވާނެ އެވެ. އޭޑީބީގެ މި ބައްދަލުވުމުގައި ތަރައްގީ އާއި އިގްތިސާދީ ދާއިރާގެ ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ވިޔަފާރިއާ ބެހޭ ކޮންފަރެންސްތައް ވެސް ހިމެނެ އެވެ.
އޭޑީބީން ބުނި ގޮތުގައި އަހަރީ ބައްދަލުވުމުގައި ސްރީ ލަންކާގެ ވިޔަފާރި އާއި އިގްތިސާދީ ދާއިރާގެ ގިނަ ބައެއްގެ އިތުރުން، ބައިނަލްއަގުވާމީ އެކި އިދާރާތަކުންނާއި ޖަމިއްޔާތަކުން ވެސް ބައިވެރިވާނެ އެވެ. މި އަހަރުގެ އަހަރީ ބައްދަލުވުން އިންތިޒާމުކޮށްފައި ވަނީ، ތިމާވެއްޓާ ރަހުމަތްތެރި ގޮތެއްގައި އިގްތިސާދީ ހަރަކާތްތައް އަލުން ރާވައި ހިންގުމުގެ މައްޗަށެވެ.
ލަންކާގެ ރައީސްއާ އެކު ބޭއްވި މަޝްވަރާތަކުގައި އޭޑީބީގެ ނައިބު ރައީސް ވަނީ، ކޮވިޑް ބަލިން ދިފާއުވުމުގެ ގޮތުން ސްރީ ލަންކާ އިން ހިންގި ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަ ކުރައްވައިފަ އެވެ. އަދި ލަންކާގެ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް ލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އޭޑީބީގެ ނައިބު ރައީސް ތައުރީފް ކުރެއްވި އެވެ.
ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ ވިދާޅުވި ގޮތުގައި، ކޮވިޑުން ދިފާއުވުމުގެ ވެކްސިން ޕްރޮގްރާމް ކާމިޔާބު ކަމާ އެކު ހިންގުމުގައި އޭޑީބީން ވެދިން އެހީތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ.
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ލަންކާއަށް އައިއެމްއެފްގެ އެހީ ދިނުން ފަސްކޮށްފި
ސިންގަޕޫރުން ގޯޓާބޭ އަށް އިތުރު 14 ދުވަހުގެ ވިސާ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާގެ ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން
ލަންކާގައި އަނެއްކާ ވެސް ކުއްލި ނުރައްކަލުގެ ހާލަތު
ލަންކާ ރައްޔިތުން ރަނިލް ވެސް ބޭނުމެއް ނޫން
ސްރީ ލަންކާ އިން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ