03 ޖެނުއަރީ 2022
ފެނާއި ނަރުދަމާގެ މަޝްރޫއުތަކެއް ހަވާލުކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
ފެނާއި ނަރުދަމާގެ މަޝްރޫއުތަކެއް ހަވާލުކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
މިދިޔަ އަހަރު 10 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމް ކުރުމާއި އިތުރު ހަތަރު ރަށެއްގައި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއުއެއް އިއުލާން ކުރުމުން އެ މަޝްރޫއުއަށް ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން އަޒްރޯވާ މޯލްޑިވްސް ކިޔާ ކުންފުންޏެއް ޝަރުތު ހަމަނުވާ ކަމަށް ނިންމުމުން އެ ކުންފުނިން އެ މައްސަލާގައި ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމުމުން އެ ކުންފުނިން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އިސްތިއުނާފް މައްސަލަ ނިމެންދެން އެ މަޝްރޫއު އެހެން ފަރާތަކާ ހަވާލު ނުކުރުމުގެ އަމުރަކަށް އެ ކުންފުނިން ހައި ކޯޓުގައި އެދުމުން ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ވަގުތީ އަމުރު ނުނެރުނަސް، އަޒްރޯވާއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ދަށު ކޯޓުން މައްސަލަ ނިންމާފައިވާ ގޮތަށް ބަލާއިރު އެ ކުންފުންޏަށް ހިމާޔަތް ލިބެންޖެހޭ ހައްގެއް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ނެތް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމެވުމުގައިިވަނީ އެ ކުންފުނިން އެދުނު ފަދަ ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝަފީއު އެވެ.
އަޒްރޯވާ ޝަރުތު ހަމަނުވާ ކަމަށް ނިންމައި ނެޝަނަލް ޓެންޑަ ބޯޑުން ވަނީ މި 10 ރަށުގެ މަޝްރޫއު އެެހެން ކުންފުނިތަކަކާ ހަވާލުކޮށްފަ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށް މިދިޔަ ހަފުތާގައި ވަނީ ރަސްމީކޮށް މަސައްކަތް ފަށައިފަ އެވެ.
ގުޅިފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަންގައިފި
ވޯޓާ ތީމް ޕާކް އަތުލުން ހައިކޯޓުން ހުއްޓުވައިފި
ހަނިމާދޫ ހައުސިން މަޝްރޫއުގެ މައްސަލަ އިސްތިއުނާފަށް
މަޝްރޫއުގެ ލިމިޓް ކަނޑައަޅާ މައްސަލަ ކޯޓުން ބޭރުކޮށްފި
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި
އެފްޑީސީގެ 1 ބިލިއަނުގެ ހިއްސާއަށް 19 ބިމެއް ދީފި
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ
ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ހައިކޯޓުން ހުކުމްކޮށްފި