Roadha Mihaaru
އެމް-ފައިސާއިން ހަތަރު ސްކޫލެއްގެ ފީ ދެއްކޭނެ

އެމް-ފައިސާއިން ހަތަރު ސްކޫލެއްގެ ފީ ދެއްކޭ ގޮތް ހަދައިފި

03 ޖެނުއަރީ 2022

އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ ބޭނުންކޮށްގެން ހަތަރު ސްކޫލެއްގެ ފީ ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ ބޭނުންކޮށްގެން ހަތަރު ސްކޫލެއްގެ ފީ ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ.

އުރީދޫން ބުނީ މިހާރު ބިލަ ބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް، ކެންގަރޫ ކިޑްސް، ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް އަދި އަމީރު އަހުމަދު ސްކޫލުގެ ފީ އެމް-ފައިސާ މެދުވެރިކޮށް މިހާރު ދެއްކޭނެ ކަމަށެވެ.

އުރީދޫގެ ޓްވީޓް

އެމް-ފައިސާ މެދުވެރިކޮށް މާލީ މުއާމަލާތްތައް ހިންގޭނެ ގޮތްތައް އުރީދޫން އަންނަނީ ފުޅާ ކުރަމުންނެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލްކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.

މިއީ ވަރަށް ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކުމަށް ވެސް ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، އެމްޑަބްލިއުއެސްސީ، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ އަދި މޯލްޑިވްގޭސް ބިލްތައް ވެސް ހިމެނެ އެވެ.