30 ޑިސެމްބަރ 2021
ޕްރެޒިޑެންޓްސް ކަޕުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ކުޅުނު މެޗް 2-0 އިން ކާމިޔާބު ކޮށްފި އެވެ.
ޕްރެޒިޑެންޓްސް ކަޕުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ކުޅުނު މެޗް 2-0 އިން ކާމިޔާބު ކޮށްފި އެވެ.
މިރޭގެ މޮޅާއެކު ގްރީން ސްޓްރީޓްސް ވަނީ މުބާރާތުގެ ލީގު ބުރުގެ ދެވަނައަށް ޖެހިލައިފަ އެވެ. އެއްވަނައިގައި އޮތީ މިއަދު ހަވީރު ދަ ގްރާންޑޭ ބަލިކުރި ވެލެންސިއާ އެވެ. ތިންވަނައިގައި އޮތް މާޒިޔާ ވެސް ގްރީން އާ އެއްވަރަށް ހަ ޕޮއިންޓު ލިބޭއިރު، ގްރީން އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ޔޫވީ ކުޅުނު ތިން މެޗުން އެ ޓީމަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ގްރީން ސްޓްރީޓުންނެވެ. ޔޫވީގެ ޕެނަލްޓީ އޭރިއާ އަރިމަތިން ލިބުނު ހިލޭޖެހުމަކުން، މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި އަބްދުﷲ ޔާމީން (ޔާނު) ފޮނުވާލި ބޯޅަ ބޭރުވީ ކީޕަރު އަލީ ނާޖިހު (ނާޖީ) އަތުގައި ޖެހިފައި އަދި ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ. އޭގެ ފަހުން ޔޫވީގެ މުސައްނިފު މުހައްމަދު ދުރުން ފޮނުވާލި ހަމަލާއެއް ގޯލު ދަނޑި ކައިރިން ބޭރަށް ދިޔައިރު، އަލީ ހައިސަމް (ޗުމްޕު) ބޮލުން ފޮނުވާލި ހަމަލާއެއް ގްރީންގެ ކީޕަރު އަހުމަދު ރަމީޒް މަތަކުރި އެވެ.
ޔުނައިޓެޑް ވިކްޓަރީގެ އާދިލް އަބްދުއްރަހްމާން ގްރީންގެ ނަޒީމް އަތުން ބޯޅަ އަތުލަން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ގްރީން އަށް ލީޑު ނަގައިދިނީ 43 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ. ރިލޭ ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔޫވީގެ ޑިފެންޑަރު ޝިފާން ހަސަން އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ ރިލޭ ކާމިޔާބުކުރީ ޕެނަންކާ ޕެނަލްޓީއަކުންނެވެ.
މިއީ ރިލޭ މި ސީޒަނުގައި ޖެހި ތިންވަނަ ލަނޑެވެ. އޭނާ ވަނީ ގްރީން އިން ޕްރެޒިޑެންޓްސް ކަޕް މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ.
ގްރީންގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެން ހަވަނަ މިނިޓުގައި ހަސަން ނަޒީމް (ޗޯޓު) އެވެ. ޔޫވީގެ ކުޅުންތެރިއެއް އަތުން ގްރީންގެ އަންސަރު އިބްރާހިމް (އަންކޮ) ބޯޅަ ހޯދައި އަރިމަތިން ހުސްކޮށްލާފައި ޔާނު އަށް ޖައްސާލުމުން އޭނާ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލުމުން ޗޯޓު ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ޔުނައިޓެޑް ވިކްޓަރީން ލަނޑުޖަހަން އެޓީމުގެ އަބްދުﷲ އާމިން އަލީ އަށް ލިބުނު ފުރުސަތުގައި މާ ރަނގަޅަށް ބޮލުން ފޮނުވައި ނުލެވުނުއިރު، ސަމާހު އަހުމަދު ގްރީންގެ ކުޅުންތެރިއެއް ކައިރިން ނައްޓާލައިފައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. މުސައްނިފު ވަނީ މި ހާފުގައި ވެސް ގްރީންގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އޭނާ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ބޭރުވީ ގޯލު ކުރިމަތިން ހުރަސްވެ، ދަނޑި ކައިރިންނެވެ.
ޕްރެޒިޑެންޓްސް ކަޕް މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އަދި ރޭގަނޑު ބައްދަލުކުރާނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ.
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ
މޮޅުވާން ދިޔަ ގްރީން އަށް ޔޫވިން ހުރަސް އަޅައިފި
ޔޫވީ އަތުން ގްރީން ސްޓްރީޓްސް އަށް މުހިއްމު މޮޅެއް
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ޔޫވީ ބަލިކޮށް ގްރީން ސްޓްރީޓްސް އަށް ހިތްވަރެއް
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
އީގަލްސްއަށް މޮޅެއް، ޔޫވީ ބަލިކޮށް ގްރީން ހަތަރަކަށް