27 ޑިސެމްބަރ 2021
އެންޓި ކޮރަޕްޝަން ކޮމިޝަނަށް މި ސަރުކާރުން އައްޔަންކުރި މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، ތަޅުމަށް ފޮނުވަން އިއްޔެ ނިންމާފައި ވަނިކޮށް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނަށް މި ސަރުކާރުން އައްޔަންކުރި މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، ތަޅުމަށް ފޮނުވަން އިއްޔެ ނިންމާފައި ވަނިކޮށް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭސީސީން މިއަދު އިސްތިއުފާ ދެއްވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން އައިޝަތު އަބްދުﷲ އެވެ. އޭގެ ކުރިން މެމްބަރު އިބްރާހިމް ޝަކީލް އާއި އަލީ އަޝްރަފް އިސްތިއުފާ ދެއްވީ މެމްބަރުން ވަކިކުރުމުގެ މަރުހަލާ ފަށަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ނިންމީ ތިން މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. މިގޮތަށް ފާސްކުރީ ކޮމިޝަނުން މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލި ގިނަވެފައި ހުރި ކަމަށާއި އެކަން އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓުން ވެސް އެކަން ފެންނަން އޮތް ކަމަށް ބުނެ އެވެ.
އޭގެ ކުރިން، އޭސީސީ ތަކުރާރުކޮށް ހާޒިރުކޮށް ޖަވާބުދާރީކުރުވައި ކަންކަން ރަނގަޅު ކުރަން ދިން މުއްދަތުގައި ވެސް އިސްލާހީ ބަދަލުތަކެއް އައިސްފައި ނުވާ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުންޏެވެ.
އެކަމަކު އޭސީސީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ކޮމިޝަންގެ ތިން މެމްބަރުން އިއްޔެ ނެރުނު ބަޔާނުގައި ވަނީ މައްސަލަތައް ތަހުގީގު ކުރުމުގައި އެ ކޮމިޝަނަށް ކުރިމަތިވި ގޮންޖެހުންތައް ތަފްސީލްކޮށް ލިއުމުން ކޮމިޓީއާ ހިއްސާކޮށްފަ އެވެ. އެ ކަންކަމަށް ރިއާޔަތް ނުކުރަން ނިންމީ އެ ކަންކަމަކީ ކުރިން ވެސް އެކި ފަހަރުމަތިން ދައްކާފައި ހުރި ވާހަކަތަކަކަށް ވާތީ ކަމަށް ކޮމިޓީގެ މެމްބަރުން ވިދާޅުވި އެވެ.
އޭސީސީން ބުނީ އެ ކޮމިޝަން ހަވާލުވި އިރު ވެސް ފުނިޖެހިފައި ހުރި މައްސަލަތައް އަވަސްކުރަން ބަދަލުތަކެއް ގެނެސްފައިވާނެ ކަަަމަށެވެ. ކޮވިޑުގެ ގެއްލުނު އަހަރާ އެކު އެ ކޮމިޝަނަށް ލިބުނު ކުރު މުއްދަތެއްގެ ތެރޭގައި މައްސަލަތައް ބެލި ކަމަށާއި އެކަމަކު އެންމެ އެދެވޭ ބާރު މިނުގައި މައްސަލަތައް ނުނިމުނީ އިންވެސްޓިގޭޓަރުން ނެތުމުން ކަން ފާހަގަކޮށްފައިވެ އެވެ.
ކޮމިޝަނުން ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އޭގައި ފެންނަން އޮތީ ކޮމިޝަން މިނިވަންކަމާ އެކު މަސައްކަތް ކުރަން ހިފެހެއްޓި ސްޓޭންޑާ އެކު ނުފޫޒު ނުފޯރުވުމަކީ މައްސަލައަކަށް ވުން ކަަމަށް ވިދާޅުވި އެވެ.
ކޮމިޝަނުން ބުނިގޮތުުގައި ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއް ނެތި ތަހުގީގުތައް ކުރިއަށް ގެންގޮސް ނިންމުންތައް ނިންމާތީ އެކަމުގެ މަސްލަހަތު ހިމެނޭ ފަރާތްތަކުގެ ފާޑުކިއުން ކޮމިޝަނަށް ތަކުރާރުކޮށް އަމާޒުވެ އެވެ. އެފަދަ މީހުންގެ ސިޔާސީ މަސައްކަތްތައް ވަކި ޓާގެޓްތަކެއް ކަނޑައަޅައި ކޮމިޝަނާ ދެކޮޅަށް އަމާޒުކުރާ ކަމަށް ވެސް ބުންޏެވެ.
"ނިޒާމުގެ އެތެރެއިންނާއި ބޭރުން އެކި ސިފަސިފައިގައި ކޮމިޝަނުގެ މަސައްކަތްތައް ފެއިލްކޮށްލުމަށް މަސައްކަތްކުރިތަން ފެނިގެންދިޔަ އެވެ. ނަތީޖާއަކަށް ވެގެންދިޔައީ މި ކޮމިޝަނުގެ ދައުރުގައި ވޭތުވެ މިދިޔަ 2 އަހަރު ތެރޭގައި ކޮމިޝަނުގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
ދައުލަތުގެ ފާރަވެރިޔާ:ދަތް ނެތް ސިންގާއެއް؟!
މުއައްސަސާތަކަށް "ވާކަމެއް ހަރާން"، ކީއްވެ؟
އޭސީސީއަށް އައްޔަންކުރަން ނަންތަކެއް އަދިވެސް ނުފޮނުވާ!
އޭސީސީއެއް ނެތް، ކަންބޮޑުވާ މީހަކު ވެސް ނެތް؟
ކުރިން ނުފޫޒު، މިފަހަރު ނަތީޖާ ނުނެރެވި ހުސްކަމެއް!
އިތުބާރު ނެތް ކަމުގެ ވޯޓަށް ދިޔައީ ނުފޫޒު ނުފޯރުވޭތީ
ކޮމިޓީގެ ތުހުމަތަށް މެމްބަރުން ޖަވާބުދާރީވެވަޑައިގެންފި
އޭސީސީ މެމްބަރުން އުސޫލާ ހިލާފުވާ ކަމަށް ތުހުމަތުކޮށްފި
އޭސީސީން ފޮނުވާ މައްސަލަތައް ޕީޖީ އޮފީހުގައި 3 މަސް!