19 ޖެނުއަރީ 2022
ކޮރަޕްޝަންގެ މައްސަލަތައް އަހަރަކަށް ވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ. ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ ވެސް އެހާ ގިނަ އެވެ. ކޮރަޕްޝަން ހުއްޓުވުމުގެ ޒިންމާ އޮތް މުއައްސަސާތަކަށް ދައުލަތުން ކުރާ ހަރަދުތައް ވެސް އެތައް ގުނައެއް ބޮޑުވިޔަސް، އެފަދަ މައްސަލަތައް ނުނިމި ލަސްވުމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. އެކަމަކު މިހާރު މި އޮތީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް މުއައްސަސާ ހުއްޓުމަކަށް އައިސްފަ އެވެ.
ކޮރަޕްޝަންގެ މައްސަލަތައް އަހަރަކަށް ވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ. ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ ވެސް އެހާ ގިނަ އެވެ. ކޮރަޕްޝަން ހުއްޓުވުމުގެ ޒިންމާ އޮތް މުއައްސަސާތަކަށް ދައުލަތުން ކުރާ ހަރަދުތައް ވެސް އެތައް ގުނައެއް ބޮޑުވިޔަސް، އެފަދަ މައްސަލަތައް ނުނިމި ލަސްވުމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. އެކަމަކު މިހާރު މި އޮތީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް މުއައްސަސާ ހުއްޓުމަކަށް އައިސްފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭ ކަމުގެ ތުހުމަތާ އެކު، އެ ކޮމިޝަންގެ ހުރިހާ މެމްބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފެށުމާ އެކު އެ ކޮމިޝަންގެ ހުރިހާ މެމްބަރުން މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ، ރާއްޖޭގައި ފުލުހުން ފިޔަވައި ޖިނާއީ ތަހުގީގު ހިންގުމުގެ ގާނޫނީ ބާރު ލިބިފައިވާ އެންމެ ބޮޑު މުއައްސަސާ ގާނޫނީ ހުސްކަމެއްގައި އޮންނަތާ މަހެއް ވާން ގާތްވަނީ އެވެ.
މިނިވަން މުއައްސަސާތަކުގެ މެމްބަރުން އިސްތިއުފާ ދެއްވުމުން ނުވަތަ މަގާމުން ވަކި ކުރުމުން އެފަދަ މުއައްސަސާތައް ގާނޫނީ ހުސްކަމުގެ ތެރެއަށް ދިއުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. އެކަމަކު އޭސީސީ ފަދަ މުހިންމު ޒިންމާއެއް ހަވާލުވެފައި އޮތް ބޮޑު މުއައްސަސާއަކަށް މިފަދަ ހާލަތެއް ކުރިމަތިވުމަކީ ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. އަދި ވަކިން ހާއްސަކޮށް، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ބާވަތުންނެވެ. އޭގެ ސަބަބުތައް ވެސް އެބަހުއްޓެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަނަށް އެއްވެސް ކަމެއް ނިންމޭނީ އެ ކޮމިޝަންގެ ޖަލްސާއެއްގައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. މިވަގުތު އެ ކޮމިޝަންގައި އެއްވެސް މެމްބަރަކު ނެތުމުން ގާނޫނީ ގޮތުން އެ ކޮމިޝަނަށް އެއްވެސް ކަމެއް ނިންމުމުގެ ބާރެއް ނެތެވެ. އެހެންވެ، އަލަށް ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވިޔަސް، އެ ކޮމިޝަނަށް އެކަމުގައި ފިޔަވަޅުތައް އެޅުމުގެ ބާރެއް ގާނޫނީ ގޮތަކުން މިހާރަކު ނެތެވެ.
އޭސީސީގެ ކުރީގެ މެމްބަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ކުރިއަށް އޮތީ އެވެ. އަދި އެމްއެމްޕީއާރުސީ ނޫނަސް، ވެންޓިލޭޓަރުތައް ގެނައުމުގައި މައްސަލަ އާއި އެ ނޫން ވެސް ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އެތައް މައްސަލަތަކެއްގެ އޮތްގޮތަށް އޮތީ އެވެ. އެހެންވެ، ގާނޫނީ ހުސްކަމުގެ ތެރޭގައި އޮތުމުން މި މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް ނޭޅި އޮތުމަކީ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިގެންދާނެ ކަމެކެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގެ އިތުރުން ދައުލަތަށް ގެއްލިފައިވާ ފައިސާގެ މައްސަލަތައް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނަށް ވެސް ނަތީޖާއެއް ނުނެރެވުނެވެ. ބޮޑު އުއްމީދަކާ އެކު، ވުޖޫދަށް ގެނައި ރިޔާސީ ކޮމިޝަނަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރިޔަސް، ނަތީޖާއެއް ނުނެރެވުމުން އެންމެ ފަހުން އަނެއްކާވެސް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާ ހަވާލުވާން ޖެހިފައި އޮތީ އޭސީސީންނެވެ. އެހެން އެކަން އޮއްވާ ބޮޑު ގާނޫނީ ހުސްކަމެއްގެ ތެރެއަށް އޭސީސީ ދިއުމަކީ އެންމެ ބޮޑު މައްސަލަ އެވެ.
މަޖިލީހުގެ މިނިވަން މުއައްސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުމެއް --- ފައިލް ފޮޓޯ/ މިހާރު
އޭސީސީ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފެށީ އެ ކޮމިޝަންގެ މަސައްކަތުގެ ސްޕީޑް ލަސްވާ ކަމަށް ބުނެ އެވެ. އެ ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމެއް ނެތަސް، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އަވަހަށް ނިމިފައި ނެތުމަކީ މަޖިލީހުން ދެއްކި ސަބަބެވެ. ދާދިފަހުން އޭސީސީގެ މަސައްކަތްތަކާ ބެހޭގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓެއްގައި ވެސް މިކަންކަން ފާހަގަ ކޮޮށްފައިވެ އެވެ.
އޭސީސީގެ މަސައްކަތް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުގޮސް އޮތް ކަމާ މެދު ދެބަސްވެވޭނެ ޖާގައެއް ނެތެވެ. ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އެތައް މައްސަލައެއް ބެލިއިރު ވެސް، ދައުވާ ކުރަން ފޮނުވީ މަދު މައްސަލަތަކެކެވެ. އަދި ދައުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން ކޯޓަކާ ހަމައަށް ގޮސް ކާމިޔާބު ކުރެވުނު މައްސަލަތައް އެއަށް ވުރެ ވެސް މަދެވެ. މިއީ ވޭތުވެދިޔަ ފަސް އަހަރު ވެސް އޭސީސީގެ މަސައްކަތް ހިނގަމުން އައި ގޮތެވެ.
އެކަމަކު މަސައްކަތުގެ ސްޕީޑް ދަށް ކަމަށް ބުނެ މަޖިލީހުން ބޮޑު މުއައްސަސާއެއްގެ ހުރިހާ މެމްބަރުން އެއްފަހަރާ ވަކިކުރަން ނިންމިޔަސް، އެއީ މައްސަލަތައް އަވަހަށް ކުރިއަށް ދާނެ ސަބަބެއް ނޫނެވެ. އަދި މެމްބަރުން ވަކި ކުރުމަށްފަހު އާ މެމްބަރުން އައްޔަން ނުކޮށް ލަސްވެގެންދާ ދިއުމުން އިތުރަށް އެ މައްސަލަތައް ލަސްވުން ނޫން ކަމެއް ވެސް ނުވެ އެވެ. އެހެންވެ، މަޖިލީހުގެ ނިޔަތާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތެވެ.
ހަމައެހެންމެ، ކުއްލިއަކަށް އެފަދަ ބޮޑު ނިންމުމެއް މަޖިލީހުން ނިންމުމުގައި އަމަލުކުރި ގޮތުން ވެސް ސުވާލު އުފެދޭ އެތައް ކަމެއް ހުއްޓެވެ. އެގޮތުން މަޖިލިސް ޗުއްޓީގައި އޮއްވާ މަޖިލީހުގެ ކޮމެޓީ ބާއްވައިގެން އެ މަސައްކަތް ފެށުމާ އެކު އޭސީސީގެ މެމްބަރުން މަގާމާ ހަވާލުވުމުގެ ކުރީގެ މުއްދަތުތައް ވެސް ހިމެނޭ ގޮތަށް އެ ކޮމިޝަންގެ މަސައްކަތަށް ބަލައިގެން އެ ކޮމިޝަންގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ކަމަށް ނިންމި ނިންމުމަކީ އެކަމުގައި ސުވާލު އުފައްދަން ޖާގަ ލިބޭ ކަމެކެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން ނިންމުމުގައި މަޖިލީހުން އަމަލުކުރީ ވެސް އެހެން މައްސަލަތަކާ ތަފާތުކޮށެވެ. މީގެކުރިން އެހެން ބައެއް މިނިވަން މުއައްސަސާތަކާ މެދު ސީރިއަސް ތުހުމަތުތަކެއް ކުރެވުނަސް، އެ މުއައްސަސާތަކުގެ ހުރިހާ މެމްބަރުން އެއްފަހަރާ ވަކިކުރަން ނިންމާފައެއް ނުވެ އެވެ. އޭރު މަޖިލީހުން ނިންމީ ކޮންމެ މެމްބަރެއްގެ މައްސަލަ ވަކިވަކިން ބެލުމަށްފަހު އޭގެ ތެރެއިން ބައެއް މެމްބަރުން ވަކި ކުރުމަށެވެ. އެހެންވެ، އޭސީސީގެ މައްސަލާގައި އެއާ ޚިލާފަށް އަމަލު ކުރުމަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ.
އޭސީސީގެ ކުރީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށްް މައުލޫމާތު ދެއްވަނީ. ފައިލް ފޮޓޯ: މަޖިލިސް
އޭސީސީގެ މެމްބަރުން ވަކިކުރަން ނިންމުމުގެ މަސައްކަތް މަޖިލީހުން ކިތަންމެ ބާރަށް ކުރިއަށް ގެންދިޔަޔަސް، އެ ކޮމިޝަނަށް އާ މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތް އެހާ ބާރުމިނުގައި ކުރިއަކަށް ނުދެ އެވެ. އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލުމަށްފަހު ދެވަނަ ފަހަރަށް އެ މުއްދަތު އިތުރު ކޮށްފައިވާއިރު، މިކަމުގައި އިތުރު މަސައްކަތެއް މިހާތަނަކަށް ނުކުރެ އެވެ. އެހެންވެ، އާ މެމްބަރުން އައްޔަން ނުކުރެވި ލަސްވާ ލަސްވުމަކީ އެންމެ ބޮޑު މައްސަލަ އެވެ.
މަޖިލީހުގެ މެމްބަރަކު ވިދާޅުވި ގޮތުގައި އޭސީސީ އަށް ކުރިމަތިވެފައިވާ ގާނޫނީ ހުސްކަމަކީ ކަންބޮޑުވާންޖެހޭ ފަދަ ސީރިއަސް ބޮޑު މައްސަލަ އެކެވެ. އޭސީސީގެ މެމްބަރުން ވަކި ކުރުމުގައި މަޖިލީހުން އަމަލުކުރި ގޮތާ މެދު ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު، އާ މެމްބަރުން އައްޔަން ކުރުމަށް މިހާތަނަށް ސަރުކާރާއި މަޖިލީހުން ވެސް މާ ބޮޑު މަސައްކަތެއް ކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެއީ އެކަމުގައި އިތުރަށް ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މައްސަލަތައް ލަސް ވަނީ ކަމަށް ބުނެ އޭސީސީގެ ހުރިހާ މެމްބަރުން އެއްފަހަރާ ވަކިކުރީމަ އެ މައްސަލަ އިތުރަށް އަވަސްވާނެ ގޮތެއް ވެސް ނެތް.
"މައްސަލަތައް ލަސް ވަނީ ކަމަށް ބުނެ އޭސީސީގެ ހުރިހާ މެމްބަރުން އެއްފަހަރާ ވަކިކުރީމަ އެ މައްސަލަ އިތުރަށް އަވަސްވާނެ ގޮތެއް ވެސް ނެތް. އަދި މެމްބަރުން ވަކިކުރުމުގެ މަސައްކަތް އެހާ އަވަހަށް ފެށިޔަސް، އާ މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތް އެހާ ބާރަށް ދާ ތަނެއް ނުފެނޭ،" އެއް މެމްބަރަކު ވިދާޅުވި އެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ދަށުން މިނިވަން މުއައްސަސާތައް އުފައްދާފައި ހުރީ މުހިންމު ބޭނުމެއްގަ އެވެ. އެފަދަ މުއައްސަސާތައް ގާނޫނީ ހުސްކަމެއްގެ ތެރޭގައި ބޭއްވުމަކީ ސީރިއަސް މައްސަލަ އެކެވެ. ހާއްސަކޮށް، އޭސީސީ ފަދަ މުހިންމު އަދި ބޮޑު ޒިންމާއެއް އޮތް މުއައްސަސާއެއް ގާނޫނީ ހުސްކަމެއްގެ ތެރޭގައި ބާއްވަން ދެއްކޭނެ ބަހަނާއެއް ނެތެވެ. އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮތްއިރު، އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގައި ފެންނަނީ އިހުމާލުވަމުންދާ ތަނެވެ.
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
ކޮމިޓީގެ ތުހުމަތަށް މެމްބަރުން ޖަވާބުދާރީވެވަޑައިގެންފި
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ކޮރަޕްޝަންގެ 35 މައްސަލައެއްގައި މިއަހަރު ދައުވާކުރަނީ
ބޮޑު ހިޔާނާތް:އެއް އަހަރުން ވެސް މައްސަލަތައް ނުނިމޭނެ
އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރެއް!
އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރަން ފާސްކޮށްފި
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ
މުއައްސަސާތަކަށް "ވާކަމެއް ހަރާން"، ކީއްވެ؟