ރާއްޖޭގައި އުޅޭ ބަންގްލަދޭޝަންގެ ފިރިހެނަކު ނުވަ ވަނަ ފަހަރަށް ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
22 ޑިސެމްބަރ 2021
ރާއްޖޭގައި އުޅޭ ބަންގްލަދޭޝަންގެ ފިރިހެނަކު ނުވަ ވަނަ ފަހަރަށް ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން ހުށަހަޅާފައިވާ ހެއްކާއި ހާދިސާގެ ރިޕޯޓަށް ބެލުމަށް ފަހު، ކްރިމިނަލް ކޯޓުން މިއަދު ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ އެ މީހާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.
އަންވަރު ހުސެއިން ކިޔާ 39 އަހަރުގެ އެ މީހާގެ އަތުގައި ކާކުކަން އަންގައިދޭ އެއްވެސް ލިޔުމެއް ނެތްއިރު، ފުލުހުން ކޯޓުގައި އެދިފައި ވަނީ އޭނާ ރާއްޖެއިން ފޮނުވާލުމަށް އިމިގްރޭޝަނާ ހަވާލުކުރުމަށް އަމުރެއް ނެރެ ދިނުމަށެވެ.
ވައްކަމުގެ ތުހުމަތުގެ ހައްޔަރުކުރި އެ މީހާގެ އަތުން ފެނުނު ތަކެއްޗަކީ އޭނާ ވައްކަން ކޮށްގެން ހޯދި އެއްޗެހި ނޫން ކަމަށާއި އެއީ އޭނާ ވިއްކުމަށް އެހެން މީހަކު ދިން އެއްޗެހި ކަމަށާއި އަދި އެއީ ވަގަށް ނަގާފައި ހުރި އެއްޗެހިކަން ނޭނގޭ ކަމަށް ވެސް އޭނާ ވަނީ ކޯޓުގައި ބުނެފަ އެވެ.
އޭނާގެ ކުށުގެ ރިކޯޑުގައިވާ ގޮތުން މިދިޔަ އަށް ފަހަރު ވެސް އޭނާ ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ ތުހުމަތުގަ އެވެ. އޭނާ ބަންދުކުރަން ކޯޓުން ނިންމީ ބަންދުން ދޫކޮށްލައިފި ނަމަ، ފިލައިފާނެތީ އެވެ.
ހަށިވިއްކުމުގެ ވިޔަފާރީގެ ބޮޑެއް ހައްޔަރުކޮށްފި
ޑޮލަރު ވިއްކި ބިދޭސީ އަތުން ގިނަ އަދަދެއްގެ ބޭރުފައިސާ
ފަސް ކިލޯގެ ޑްރަގް އެތެރެ ކުރުން ސާބިތެއް ނުވި
ހަނީފްއާ ގުޅުން ހުރި ފައިސާތަކެއް އަތުލައިގެންފި!
މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ
ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި ރޯކޮށްލައިފި