Roadha Mihaaru
އުޅަބޮށިން ވޯލްނަޓް މުގުރައިގެން ރެކޯޑް ހަތަރަކަށް

އުޅަބޮށިން ވޯލްނަޓް މުގުރައިގެން ރެކޯޑް ހަތަރަކަށް

22 ޑިސެމްބަރ 2021

ވަރަށް "ކޫސަނި" ކަންކަން ކޮށްގެން ވެސް ދުނިޔޭގެ ރެކޯޑް ފޮތުން މީސްމީހުން ޖާގަ ހޯދުމަކީ ހަމަ ވަރަށް އާންމު ކަމެކެވެ. އެކަމަކު ދުނިޔޭގެ ރެކޯޑް ފޮތަށް އެރުމަކީ "ކޫސަނި" ކަމެއް ނޫނެވެ. އެއީ އެ މީހަކަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބޭ ކަމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަރަށް "ކޫސަނި" ކަންކަން ކޮށްގެން ވެސް ދުނިޔޭގެ ރެކޯޑް ފޮތުން މީސްމީހުން ޖާގަ ހޯދުމަކީ ހަމަ ވަރަށް އާންމު ކަމެކެވެ. އެކަމަކު ދުނިޔޭގެ ރެކޯޑް ފޮތަށް އެރުމަކީ "ކޫސަނި" ކަމެއް ނޫނެވެ. އެއީ އެ މީހަކަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބޭ ކަމެކެވެ.

އެހެންވެ ތަފާތު އެކި ކަހަލަ ކަންކަމުން ރެކޯޑް ހެދުމަކީ ވަރަށް ގިނަ މީހުން ޝައުގުވެރިވާ ކަމެކެވެ. ޕާކިސްތާނުގެ މި މީހާ އަކީ ވެސް ހަމަ އެފަދަ މީހެކެވެ. ކަރާޗީ އަށް އުފަން މުހައްމަދު ރާޝިދުގެ ހާއްސަ ކަމަކީ އަތުގެ އުޅަބޮށިން ވޯލްނަޓް މުގުރުމެވެ. މިކަން ކޮށްގެން އޭނާ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ރެކޯޑް ހެދި އެވެ. އެއް މިނިޓްގެ ތެރޭގައި އެންމެ ގިނަ ވޯލްނަޓް މުގުރުމުގެ ރެކޯޑް ރާޝިދަށް ފުރަތަމަ ލިބުނީ 2015 ގަ އެވެ. އޭގެ ފަހުން 2018 އާއި 2019 ގައި ވެސް އޭނާ އެ ރެކޯޑް އާކޮށްފައިވެ އެވެ.

މި އަހަރު ވެސް ރާޝިދުގެ ރެކޯޑް މި ވަނީ އާކޮށްފަ އެވެ. މި އަހަރުގެ އޮގަސްޓް މަހުގެ 22 ގައި އޭނާ ރެކޯޑް އާކުރީ އެއް މިނިޓްގެ ތެރޭގައި ޖުމްލަ 315 ވޯލްންޓް އުޅަބޮށިން ޖަހައި މުގުރާލައިގެންނެވެ.

އޭނާ ބުނި ގޮތުގައި ކޮންމެ ފަހަރަކު ވެސް ރެކޯޑަށް ތައްޔާރުވާ އިރު، ދުވާލަކު 4-5 ގަޑިއިރަށް ޕްރެކްޓިސްކުރެ އެވެ.

ރާޝިދު ބުނި ގޮތުގައި 2018 އާއި 2019 ގައި ޖެހިޖެހިގެން ރެކޯޑް ލިބަފައި ތިން ވަނަ އަހަރު އެ ފުރުސަރު ލިބުމުން މާޔޫސްވި އެވެ. އެހެންވެ ރެކޯޑް އާކުރަން ބޭނުންވީ އެވެ.

"މިކަން އަހަރެން ފެށި ދުވަސްވަރަކީ މާ ބޮޑު ވާދަވެރި ކަމެއް އޮތް ދުވަސްވަރެއް ނޫން. އެކަމަކު ފަހުން ވަރަށް ގިނަ ބަޔަކު މިކަން ކޮށްގެން ރެކޯޑް ހަދާތީ ބޭނުންވީ އަދިވެސް އަހަންނަށް މިކަމުގައި ކާމިޔާބު ހޯދިދާނެކަން ސާބިތުކޮށްދޭން." ރާޝިދު ބުންޏެވެ.

އޭނާ ބުނީ އުޅަބޮށިން ޖަހައި ވޯލްނަޓް މުގުރާތަން ބަލާ އިރު ފެންނަ ފެނުމަށް އެއީ ފަސޭހަ ކަމެކޭ ހީވިިޔަސް އެއީ ހަގީގަތުގައި ފަަސޭހަ ކަމެއް ނޫނެވެ.

"ޕްރެކްޓިސް ތެރޭގައި ވެސް އަހަރެންގެ އުޅަބޮއްޓަށް އެކި ފަހަރުމަތިން އަނިޔާވެގެން މިކަން ހުއްޓާލަން ވެސް ޖެހުނު ފަހަރުތައް މަދެއް ނުވާނެ،" މާޝަލް އާޓްސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ރާޝިދު ބުންޏެވެ. "އެކަމަކު ކަމެއް ހާސިލުކުރަން އުޅޭ މީހަކަށް ދުވަހަކު ބެސް ގޮތެއް ހުހެއް ނުވާނެ."

އޭނާ ބުނި ގޮތުގައި އަލުން ރެކޯޑް އާކުރެވުމަކީ ބޮޑު އުފަކެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރެކޯޑް ދަމަހައްޓަން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.