Roadha Mihaaru
"ސޮލިޓެއާ" އެޕާޓްމަންޓްތައް ފަށަން ތައްޔާރުވަނީ

އިންޑިއާގެ "ސޮލިޓެއާ" އެޕާޓްމަންޓްތަކުގެ މަސައްކަތް އަންނަ މަހު ފަށަނީ

15 ޑިސެމްބަރ 2021

އިންޑިއާގެ ކުންފުންޏަކުން ހުޅުމާލޭގައި އިމާރާތްކުރާ އެޕާޓްމެންޓްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް އަންނަ މަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިއާގެ ކުންފުންޏަކުން ހުޅުމާލޭގައި އިމާރާތްކުރާ އެޕާޓްމެންޓްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް އަންނަ މަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ޝެންޑަލް މޮރިޝަސް ޕްރައިވެޓް ލިމިޓެޑުން "ސޮލިޓެއާ" ގެ ނަމުގައި ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ އުތުރުގައި އިމާރާތް ކުރަނީ 10 ބުރީގެ ފްލެޓް އިމާރާތެކެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރާ، ސޮލިޓެއާގެ އެންމެ ތިރީ ދެ ފްލޯ ހާއްސަ ކުރަނީ ވިޔަފާރިތަކަށެވެ. އެޕާޓްމެންޓުތަކަށް ހާއްސަ ކޮށްފައި ވަނީ އެ އިމާރާތުގެ އަށް ބުރިއެކެވެ.

ސޮލިޓެއާގައި ހަދަނީ 1+3 ގެ ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށް ވާއިރު، އެންމެ ފެންވަރު ރަނގަޅު ކަސްރަތު ޖިމްނޭސިއަމަކާއި ހިނގާލައި ކަސްރަތު ކުރާނެ އައުޓްޑޯ ޑެކެއް ހުންނާނެ އެވެ. އަދި އިންފިނިޓީ ޕޫލަކާއި ކުޑަކުދިންނަށް ހާއްސަ ސްވިމިން ޕޫލެއް ވެސް މި އިމާރާތުގައި ހުންނާނެ އެވެ.

ސެންޑަލް މޮރިޝަސްގެ މައި ކުންފުނި ކަމަށްވާ އެސޯޓެކް ރެއަލްޓީގެ ބާނީ ނީރާޖު ގުލާޓީ ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ކުރާ ކޮންމެ ކަމެއްގައި ވެސް ކޮލިޓީ ޔަގީން ކުރުން ކަމަށާއި އެޕާޓްމަންޓް ގަނެ، އެ ތަންތަނަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ވީހާ ވެސް ރައްކާތެރި، ހިތްފަސޭހަ އަދި އުފާވެރި މާހައުލެއް ޔަގީން ކޮށްދިނުން ކަމަށެވެ.

މި އިމާރާތުގެ ފުރަތަމަ ބައި 2023 ވަނަ އަހަރު ނިންމައިލައި، އެޕާޓްމެންޓްތައް ގަތް މީހުންނާ ހަވާލު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ