Roadha Mihaaru
ފީއަލީ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

ފީއަލީ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

12 ޑިސެމްބަރ 2021

ފ. ފީއަލީ ބިން ހިއްކުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފ. ފީއަލީ ބިން ހިއްކުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޗާނާ ފާރޫގެވެ.

މި އެއްބަސްވުމުގެ ދަށުން ފީއަލިން 13.8 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި އެ ސަރަހައްދުގެ ރިވެޓްމަންޓު ޖެހުމާއި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 66.85 މިިލިއަން ރުފިޔާ އަށެވެ.

އެމްޓީސީސީން މިހާރު ވެސް އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި އުމްރާނީ މަސައްކަތްތައް ކުރަމުންނެވެ. މިއަހަރު ވެސް އެ ކުންފުނިން ވަނީ ބިން ހިއްކުމުގެ މަޗްރޫއުތަކެއްގެ މަސައްކަތް ނިންމައިފަ އެވެ.