09 ޖެނުއަރީ 2022
ގދ. ތިނަދޫގެ އިރުމަތީފަރާތުގައި އިންޑަސްޓްރިއަލް ޒޯނެއް ހަދަން ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ގދ. ތިނަދޫގެ އިރުމަތީފަރާތުގައި އިންޑަސްޓްރިއަލް ޒޯނެއް ހަދަން ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހްމަދު ތޮލްހަތު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ މި މަޝްރޫއު އަށް 125 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ 1 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
• 219،595 އަކަމީޓަރުގެ ބިން ހިއްކުން
• 1،336 މީޓަރުގެ ރިވެޓްމަންޓް ޖެހުން
• ތިނަދޫ ހުޅަނގު ދެކުނު ފަރާތުގައި 468 މީޓަރުގެ ރިވެޓްމަންޓް ޖެހުން
• 284 މީޓަރުގެ އެއްގަމު ތޮށި ހެދުން
• ކޮންކްރީޓް ބްރިޖެއް އެޅުން
ގދ.ތިނަދޫ އިންޑަސްޓްރިއަލް ޒީޯނުން ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފި.
— Min.of National Planning, Housing & Infrastructure (@MoNPHImv) January 9, 2022
125،222،284.38 ރުފިޔާއަށް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލު ކޮށްފައިވަނީ 660 ދުވަހުގެ ތެރޭ ނިންމުމަށް. pic.twitter.com/VFsCckI593
މި ކޮންކްރީޓް ބްރިޖަކީ ތިނަދޫގެ އިރުމަތީ ފަރާތު ފަޅުތެރެއިން ރަށާ ވަކިން ހިއްކަން ނިންމާފައިވާ ބިން، ރަށާ ގުޅާލުމަށް ބޭނުންކުރާނެ ބްރިޖެވެ.
ބޮޑު އާބާދީއެއް އޮންނަ ތިނަދޫގެ ބިން، ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި ހިއްކާފައިވެ އެވެ. އެ ރަށުގެ އުތުރު ފަރާތުން ހިއްކާފައިވާ އެ ބިމުން ގޯތިދޫކުރަން އެ ރަށުގެ ކައުންސިލުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ތިނަދޫގެ އިރުމަތީފަރާތުގައި ބޭރު ތޮއްޓެއް ނެތުމުގެ ސަބަބުން، މޫސުން ބަދަލުވާ ދުވަސްވަރު، ރަށު ތެރެއަށް ވަރަށް ބޮޑަށް އުދަ އަރައި، ކަނޑު ގަދަވެއްޖެ ނަމަ، ފަޅުގައި އަޅައިފައި އޮންނަ ދޯނިފަހަރަށް ވެސް ގެއްލުންވާ ކަމުގެ ޝަކުވާ އެ ރަށު މީހުން ކުރެ އެވެ.
ފީއަލީ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި
އެމްޓީސީސީ އަށް 928 މިލިއަން ރުފިޔާގެ މަޝްރޫއު ދީފި
ތިނަދޫގެ 200 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލަނީ
ތިލަފުށި 2ގެ ފުރަތަމަ ބައި ހިއްކާ ނިންމައިފި
"ބޮޑު ދަތުރު"ގެ ކާމިޔާބީ ކިޔައިދެއްވީ އަދަދުތަކުން
ހުވަދޫގެ 21 ރަށް ގުޅުވާލުން ރަސްމީކޮށް ފައްޓަވައިފި
ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
ހަތަރު ރަށަކަށް 266 މިލިއަން ރުފިޔާގެ މަޝްރޫއު
އިހަވަންދޫގެ ބިން ހިއްކައި ނިންމާލައިފި
ހއ. އަތޮޅަށް ގިނަ މަޝްރޫއުތަކެއް