ކެމްޕެނިއާ، އިޓަލީ (ނޮވެމްބަރު 29) - އިޓާލިއަން ސެރީ އާގައި އޭސީ މިލާން ޖެހިޖެހިގެން ދެމެޗުން ބަލިވުމުގެ ފައިދާ ނަގައި ނަޕޯލީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
29 ނޮވެމްބަރ 2021
ކެމްޕެނިއާ، އިޓަލީ (ނޮވެމްބަރު 29) - އިޓާލިއަން ސެރީ އާގައި އޭސީ މިލާން ޖެހިޖެހިގެން ދެމެޗުން ބަލިވުމުގެ ފައިދާ ނަގައި ނަޕޯލީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އޭސީ މިލާނުން ސަސުއޯލޯ އަތުން އަމިއްލަ ދަނޑުގައި ބަލިވީ 3-1 އިންނެވެ. މެޗުގެ 21 ވަނަ މިނިޓުގައި މިލާނުގެ ޑިފެންޑަރު އަލޭސިއޯ ރޮމާނިއޯލީ ލީޑު ނަގައިދީފައި ވަނިކޮށް ސަސުއޯލޯ އަށް އޭގެ ތިން މިނިޓު ފަހުން އެއްވަރު ކޮށްދިނީ ޖިއާންލޫކާ ސްކަމާކާ އެވެ. އަދި އޭގެ ނުވަ މިނިޓު ފަހުން އެ ޓީމަށް ލީޑު ލިބުނީ މިލާނުގެ ޑިފެންޑަރު ސިމޯން ކެއާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ސަސުއޯލޯގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި ޖެހީ ޑޮމެނީކޯ ބެރާޑީ އެވެ. މެޗު ނިމެން 13 މިނިޓަށްވެފައި ވަނިކޮށް މިލާނުގެ ރޮމާނިއޯލީއަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
ނަޕޯލީން ތާވަލުގެ އެއްވަނައިގައި ރޭ ލީޑު ނެގީ އަމިއްލަ ދަނޑުގައި 4-0 އިން ލާޒިއޯ ބަލި ކޮށްގެންނެވެ. ނަޕޯލީގެ ލަނޑުތައް ޖަހައިދިނީ ޕިއޮޓްރޭ ޒިއެލިންސްކީ އާއި ޑްރީސް މާޓެންސް އަދި ފަބިއަން ރުއިޒް އެވެ. މާޓެންސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މި ހަފްތާގައި އޭއެސް ރޯމާ ވަނީ ޓޮރީނޯއާ ވާދަކޮށް ޓެމީ އަބްރަހަމްގެ ހަމައެކަނި ލަނޑުން މެޗު ކާމިޔާބު ކޮށްފަ އެވެ. އިންޓަ ވެސް 2-0 އިން ވެނީޒިއާ ބަލިކުރިއިރު އެޓަލާންޓާ ވަނީ ޔުވެންޓަސްގެ ދަނޑުގައި 1-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. މިއީ ޔުވެންޓަސްގެ ދަނޑުގައި 1989 ވަނަ އަހަރު ފަހުން އެޓަލާންޓާ މޮޅުވި ފުރަތަމަ މެޗެވެ.
ތާވަލުގެ އެއްވަނައިގައި 35 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ދެވަނައިގައި އޭސީ މިލާން އޮތީ 32 ޕޮއިންޓު ހޯދައިގެންނެވެ. އޭސީ މިލާނަށް ވުރެ އެއް ޕޮއިންޓް މަދުން ތިންވަނައިގައި އޮތީ އިންޓަ މިލާނެވެ. ހަތަރު ވަނައިގައި އޮތް އެޓަލާންޓާ އަށް 28 ޕޮއިންޓް ލިބިފައިވާއިރު ފަސްވަނައިގައި އޮތް ރޯމާއަށް ލިބުނީ 25 ޕޮއިންޓެވެ. ލާޒިއޯ އާއި ބޮލޯނިއާ އަދި ޔުވެންޓަސް އަށް ވެސް ލިބިފައި ވަނީ 21 ޕޮއިންޓެވެ.
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ނަޕޯލީ 12 ޕޮއިންޓްކުރީގައި، 50 ޕޮއިންޓް ހަމަކޮށްފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ލީގުގައި ނަޕޯލީ އާއި އޭސީ މިލާން ބަލިވެއްޖެ
އިބްރަހިމޮވިޗްގެ 400 ވަނަ ގޯލާއެކު ރޯމާ ބަލިކޮށްފި
ދެ އަހަރަށް ފަހު ފުރަތަމަ ފެނިލުމުގައި އަލީއަށް ރަތެއް
މިލާންގެ ޖޯޒީގައި ކުޅުންތެރިންގެ މަންމަގެ ނަން
މޮންޒާ؛ ވަރުގަދަ މިލާނަށް ލަނޑުދީ ހިތްދަތި ކޮށްލައިފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ތިއޯއަށް އާ މަގާމެއް، އެއީ އޭނާ ބޭނުންވި ގޮތް: ކޯޗު