Roadha Mihaaru
ވިހަން ހޮސްޕިޓަލަށް ދިޔައީ އަމިއްލައަށް ދުއްވާފައި

ނިއު ޒިލޭންޑްގެ އެމްޕީއާ އެކު ވިހަން ހޮސްޕިޓަލަށް ވަޑައިގެންނެވީ އަމިއްލައަށް ދުއްވާފައި

29 ނޮވެމްބަރ 2021

ކުރިން ވެސް އަމިއްލަ އަށް ވެހިކަލެއް ދުއްވާފައި ހޮސްޕިޓަލަށް ވަޑައިގެން ކުއްޖަކު ވިހޭ ނިއު ޒީލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޖޫލީ އެން ޖެންޓާ އާދީއްތަ ދުވަހުގެ ރޭ ވެސް އަމިއްލަ އަށް ދުއްވާފައި ވަޑައިގެން ހޮސްޕިޓަލްގައި ވިހައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން ވެސް އަމިއްލަ އަށް ވެހިކަލެއް ދުއްވާފައި ހޮސްޕިޓަލަށް ވަޑައިގެން ކުއްޖަކު ވިހޭ ނިއު ޒީލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޖޫލީ އެން ޖެންޓާ އާދީއްތަ ދުވަހުގެ ރޭ ވެސް އަމިއްލަ އަށް ދުއްވާފައި ވަޑައިގެން ހޮސްޕިޓަލްގައި ވިހައިފި އެވެ.

އޭނާ މި ވާހަކަ ފޭސްބުކްގައި ވެސް ހިއްސާ ކުރައްވާފައިވެ އެވެ. ޖޫލީ ވިދާޅުވި ގޮތުގައި އޭނާ ދުއްވާ ބަގީއެއް ކަހަލަ އުޅަނދުގައި ގެއިން ހޮސްޕިޓަލަށް ވަޑައިގަންނަން ނުކުންނެވީ މެންދަމު 2:00 އެހާކަށް އިރު އެވެ. ދެތިން މިނިޓުން ހޮސްޕިޓަލަށް ދެވޭނެ ކަމަށް ލަފާ ކުރެއްވި ނަމަވެސް ހޮސްޕިޓަލާ ހަމައަށް ވަޑައިގަންނަވަން 10 ވަރަކަށް މިނިޓް ނެގި ކަމަށް ވިދާޅުވި އެވެ.

ގްރީން ޕާޓީ އަށް ނިސްބަތްވަވަޑައިގަންނަވާ ޖޫލީ ވިހެއީ ހޮސްޕިޓަލަށް ވަޑައިގެންނެވިތާ ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރު ފަހުން މެންދަމު 3:04 ގަ އެވެ. ލިބިވަޑައިގަތީ އަންހެން ބޭފުޅެކެވެ. މިއީ އޭނާގެ ދެވަނަ ދަރިފުޅެވެ.

ފޮޓޯތަކާ އެކު އާންމު ކުރެއްވި ޖޫލީ، 41، ޕޯސްޓަށް ވަރަށް ގިނަ ބަޔަޖު ކޮމެންޓްކޮށް މަރުހަބާ ކިޔައި، ދެއްކި ހިތްވަރަށް ސާބަސް ވެސް ދީފައިވެ އެވެ. ޖޫލީގެ އަލަތު ފިރިހެން ދަރިފުޅު 2018 ގައި ވިހެއީ ވެސް ހޮސްޕިޓަލަށް އަމިއްލަ ދުއްވާފައި ވަޑައިގެންނެވެ. އޭރު ވެސް އެކަމަށް މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ.

ނިއު ޒީލެންޑްގެ އަންހެނުންނާ ބެހޭ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި ޖޫލީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ 2011 އިން ފެށިގެންނެވެ. އެމެރިކާގެ މިނެސޯޓާ އަށް އުފަން ޖޫލީ ނިއު ޒީލެންޑަށް ހިޖުރަ ކުރެއްވީ 2006 ގަ އެވެ. އޭނާ އަކީ ދެ ގައުމުގެ ރަށްވެހިކަން އޮންނަ މެމްބަރެކެވެ.