20 ފެބުރުއަރީ 2021
މައްސަރުކަންތައް ޖެހުމުން "ޕީރިއަޑް ޕަވަޓީ" އަކީ އަންހެން ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރަންޖެހޭ ސަބަބަކަށް ވިޔަ ނުދިނުމަށް ނިއު ޒީލެންޑްގެ ހުރިހާ ސްކޫލްތަކެއްގެ އަންހެން ދަރިވަރުންނަށް ހިލޭ ސެނިޓަރީ ނެޕްކިން ނުވަތަ ޕެޑް ދޭން ނިންމައިފި އެވެ.
މައްސަރުކަންތައް ޖެހުމުން "ޕީރިއަޑް ޕަވަޓީ" އަކީ އަންހެން ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރަންޖެހޭ ސަބަބަކަށް ވިޔަ ނުދިނުމަށް ނިއު ޒީލެންޑްގެ ހުރިހާ ސްކޫލްތަކެއްގެ އަންހެން ދަރިވަރުންނަށް ހިލޭ ސެނިޓަރީ ނެޕްކިން ނުވަތަ ޕެޑް ދޭން ނިންމައިފި އެވެ.
މިދިޔަ އަހަރު 15 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި މިކަން ކުރިއަށް ގެންގޮސް އެކަމުގެ ކާމިޔާބީއާ ގުޅިގެން މި އަހަރުގެ ޖޫން މަހުން ފެށިގެން ނިއު ޒީލެންޑްގެ ހުރިހާ ސްކޫލެއްގެ އަންހެން ދަރިވަރުންނަށް ޕެޑް/ޓޭމްޕޮން ދޭނެ އެވެ.
ބޮޑުވަޒީރު ޖަސިންޑާ އާޑެން ވިދާޅުވީ މައްސަރުކަންތަކާ ހުރެ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ހުރަސް އެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ކަމަކީ އަންހެނުންނަށް ދިމާވާ ހާއްސަ އެކަމަކު "ނޯމަލް" ހާލަތެއް ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ފުރުސަތަކުން އެ މީހުން މަހުރޫމުވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
ޖަސިންޑާ ވިދާޅުވި ގޮތުގައި ނިއު ޒީލެންޑްގެ ކޮންމެ 12 އަންހެން ދަރިވަރުންގެ ތެރެއިން އެކަކީ މާލީ ދަތިކަމާ ހުރެ މައްސަރުގެ މައްސަލަތަކަށް ބޭނުންވާ ތަކެތި ހޯދަން ނުކުޅެދިފައިވާ އާއިލާތަކުގެ ކުދިންނެވެ.
"އެކަމުގެ ސަބަބުން ދަރިވަރުންނަށް ކްލާސްތައް އެބަ ގެއްލޭ. ސަރުކާރުން ހުރިހާ ސްކޫލަކަށް ޕެޑް ފޯރުކޮށްދީ ދަރިވަރުންނަށް އެ އެއްޗެހި ހިލޭ ލިބޭނެ ގޮތްވުމަކީ ޕީރިއަޑް ޕަވަޓީ ނިމުމަކަށް ގެންނަން ކުރެވޭ ވަރަށް މުހިއްމު މަސައްކަތަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ. "މީގެ ސަބަބުން ދަރިވަރުންގެ ހާޒިރީ ރަނގަޅުވުމާ އެކު ދަރިވަރުންގެ ސިއްހަތަށް އެދެވޭ ހެޔޮ ބަދަލުތަކެއް ވެސް އަންނާނެ."
ސަރުކާރުގެ މި ސްކީމް ޖޫން މަހު ހުރިހާ ސްކޫލަކަށް ފުޅާކުރާ އިރު 2024 އާ ހަމައަށް 18 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.
ނިއު ޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާއަށް ފިލްމެއް ހަދަނީ
ނިއު ޒީލެންޑުގެ ބޮޑުވަޒީރު އެޅުއްވީ ރީތި ކޭކެއް
ކޮރޯނާވައިރަހަށް ހޭލުންތެރިކަން އުފައްދަން ރީތީގެ ރާނީން
އަންހެނުންނަށް ހާއްސަ މޮބައިލް ފާހާނާތަކެއް
ޕެޑުން ނަގާ ޓެކްސް ޖަރުމަނުން އުވާލައިފި
ނިއު ޒިލެންޑްގެ ދަރިވަރުންނަށް ހިލޭ ނާސްތާ ދެނީ
ޕެޑް ލޯންޗްކުރި އިވެންޓްގައި އަންހެނުން ނެތުމުން ފާޑުކިޔައިފި
ކިޔަވަން ނެގި ލޯނުން ޕެޑް ހަދިޔާކޮށްފި
އިނގިރޭސި ސާނަވީ ސްކޫލްތަކަށް ހިލޭ ޕެޑް
ޕީރިއަޑް ތަދުން ލުއި ހޯދިދާނެ ބައެއް ގޮތްތައް