17 އެޕްރީލް 2020
ދުނިޔެ މިހާރު ހަނގުރާމަކުރަމުން އަންނަ ފަރުވާއެއް ނެތް ނުރައްކާތެރި ކޮވިޑް-19 ބައްޔަށް ހޭލުންތެރިކަން އުފައްދަން ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި މިސް ވޯލްޑްގެ ތާޖު ހާސިލުކޮށްފައިވާ ތިން ރާނީއެއް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ދުނިޔެ މިހާރު ހަނގުރާމަކުރަމުން އަންނަ ފަރުވާއެއް ނެތް ނުރައްކާތެރި ކޮވިޑް-19 ބައްޔަށް ހޭލުންތެރިކަން އުފައްދަން ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި މިސް ވޯލްޑްގެ ތާޖު ހާސިލުކޮށްފައިވާ ތިން ރާނީއެއް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޔުނިސެފް އިސްކޮށް އޮވެގެން ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވަނީ 2017 ގައި މިސް ވޯލްޑްގެ ތާޖު ހާސިލުކޮށް އަދި ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވަމުން އަންނަ އިންޑިއާގެ ރީތީގެ ރާނީ މަނޫޝީ ޗިލާރާއި 2018 ގެ ތާޖު ހާސިލުކުރި މެކްސިކޯގެ ވަނެސާ ޕޮންސްގެ އިތުރުން 2016 ގެ މިސް ވޯލްޑް އަދި ޕޯޓެރިކާ އަށް ނިސްބަތްވާ ސްޓެފެނީ ޑެލް ވެލީ އެވެ.
I’m honoured to be part of UNICEF India’s initiative to make my fellow citizens aware of the tremendous threat that exists if they decide to step outside their homes. ??? @UNICEFIndia https://t.co/ideyTo5bgy
— Manushi Chhillar (@ManushiChhillar) April 10, 2020
ކޮވިޑް-19 އަށް ހޭލުންތެރިކަން އުފައްދަން އިންޑިއާގެ ހަރިއާނާ ސްޓޭޓްގެ ސަރުކާރުން ހަމަޖައްސާފައިވާ އެމްބެސެޑަރެއްގެ ގޮތުގައ މިހާރު ވެސް މަނޫޝީ އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ދުނިޔޭގެ ރީތީގެ ރާނީންގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދަން ނިންމާފައިވާ ހޭލުންތެރިކަމުގެ ޕްރޮގްރާމްގެ ތެރޭގައި އަމިއްލަ ސާފުތާހިރިކަމާއި އުޅޭ މާހައުލުގެ ސާފުތާހިރުކަމާއި އަންހެނުންގެ މައްސަރުގެ ކަންތައްތަކާއި އުނގެނުމުގެ މުހިއްމުކަމާއި ކުލަ އާއި ނަސްލާއި ޖިންސީ ތަފާތު ކުރުން ފަދަ މައްސަލަތަކާ ބެހޭ ގޮތުން މައުލޫމާތުތައް ހިއްސާކުރާނެ އެވެ.
މި ޕްރޮގްރާމާ ބެހޭ ގޮތުން މަނޫޝީ ބުނީ ތިން ރީތީގެ ރާނީއަކު އެކީގައި ހިއްސާވެގެން ކޮވިޑަށް ހޭލުންތެރިކަން އުފައްދަން މަސައްކަތްކުރުމަކީ މުޅި ދުނިޔެ އެކަތިގަނޑެއްގެ ގޮތިގައި އޮތްކަމާއި އޭގެ މުހިއްމުކަން ހާމަވާ ކަމެއް ކަމަށެވެ. އަދި ދިމާވާ މިފަދަ ކޮންމެ ނާޒުކު، ދަތި ހާލަތްތަކުގައި މުޅި ދުނިޔެ އެކީގައި އެއް މިސްރާބަކަށް މަސައްކަތްކުރުމަކީ ސަލާމަތުގެ އައްސޭރިއަކަށް ދާން ފަސޭހަވާނެ ކަމެއް ކަމަށް ބުންޏެވެ.
"އަހަރެން ވަރަށް އުފާކުރަން މިކަހަލަ ވަގުތެއްގައި މިކަހަލަ މުހިއްމު މަސައްކަތެއްގައި ބައިވެރިވާން ފުރުސަތު ލިބުނީމަ." އަކްޝޭ ކުމާރާ އެކު "ޕްރިތުވީރާޖް" ކިޔާ ޕީރިއަޑް ފިލްމެއްގެ މަސައްކަތް ފަށާފައިވާ މަނޫޝީ ބުންޏެވެ.
ވޯގް މަޖައްލާގެ ކަވަރުގައި މަލާލާ
ނިއު ޒީލެންޑްގެ ހުރިހާ ދަރިވަރުންނަށް ޕެޑް ހިލޭ
އަންހެނުންނަށް ހާއްސަ މޮބައިލް ފާހާނާތަކެއް
އިނގިރޭސި ސާނަވީ ސްކޫލްތަކަށް ހިލޭ ޕެޑް
ޕީރިއަޑް ތަދުން ލުއި ހޯދިދާނެ ބައެއް ގޮތްތައް
ފަރަންސޭސި ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ
ސައޫދީ އަންހެނަކު 110 އަހަރުގައި ސްކޫލަށް
އަޕްޝިފްޓް ޕްރޮގްރާމުން ހުނަރުވެރި ދަރިވަރުން އުފެދޭނެ
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
އެހީ ދޭ އިދާރާތަކުގައި އަންހެނުން މަސައްކަތްކުރުން މަނާ