ދަރިވަރުންގެ ގާބިލްކަން އިތުރުކުރަން ފަށާފައިވާ ބައިނަލްއަގުވާމީ ބޮޑު ޕްރޮގްރާމް، "އަޕްޝިފްޓް" ގެ ސަބަބުން ހުނަރުވެރި ދަރިން އުފެދިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
02 މާޗް 2023
ދަރިވަރުންގެ ގާބިލްކަން އިތުރުކުރަން ފަށާފައިވާ ބައިނަލްއަގުވާމީ ބޮޑު ޕްރޮގްރާމް، "އަޕްޝިފްޓް" ގެ ސަބަބުން ހުނަރުވެރި ދަރިން އުފެދިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޔުނިސެފުން އިސްނަގައިގެން ފެށި މި ޕްރޮގްރާމުގައި ބައިވެރިވާނީ ގްރޭޑު 7 އަދި 8 ގެ ދަރިވަރުންނެވެ. ދުނިޔޭގެ 45 ގައުމުގައި މިހާރު ވެސް ކުރިއަށްގެންދާ އެ މަސައްކަތް ރާއްޖޭގައި ޕައިލެޓު ކުރަން ހަމަޖައްސާފައިވަނީ 48 ސްކޫލަކުން 3،000 އަށްވުރެ ގިނަ ދަރިވަރުންނާއެކުގަ އެވެ.
ބާކީ ހުރި ސްކޫލުތައް އަޕްޝިފްޓް ޕްރޮގްރާމުގައި ފަހުން ބައިވެރިވާނެ އެވެ.
ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއީއައި) ގެ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް، އަޝްރަފް އަބްދުއްރަހީމް "މިހާރު" ވިދާޅުވީ 12 ހަފުތާއަށް ކުރިއަށްގެންދާ ޕްރޮގްރާމަށް ހާއްސަ ކަރިކިއުލަމެއް އޮންނަ ކަމަށެވެ.
އޭގެ ފިލާވަޅުތައް ކިޔަވައިދޭނީ ބްލެންޑެޑް މޯޑުގަ އެވެ. އޮންލައިންގެ ބައިތައް ނަގައިދޭނީ އެކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ "ޔުނިސޯލްވް" އޮންލައިން ޕްލެޓްފޯމުންނެވެ.
The Government of Maldives and @UNICEFMaldives has jointly launched UPSHIFT, led by @MoEdumv.
— Ministry of Education (@MoEdumv) February 28, 2023
UPSHIFT was launched this morning by H. E Vice President @FaisalNasym. pic.twitter.com/Ko1Pbc9n4v
އެގޮތުން، ކުދިން އަމިއްލަ ވަގުތުގައި ގޭގައި އޮންލައިންކޮށް ވީޑިއޯ ބަލައި، އެ މައުލޫމާތުގެ އަލީގައި ކޮންމެ ހަފުތާއަކު ޓީޗަރުންނާއެކު 60 މިނެޓުގެ ދެ ގަޑި ކްލާހުގައި ހޭދަކުރަންޖެހޭނެ އެވެ. އެ ވީޑިއޯގައި ދެއްކި ކަންކަމާ މެދު މަޝްވަރާކުރުމުގެ އިތުރުން ވޯކްޝީޓާއި ކުއިޒް ހެދުން އެ ވަގުތުތަކުގައި އޮންނާނެ އެވެ.
"ކުދިން ދަސްކުރަނީ މުޖުތަމައުގައި ހުންނަ މައްސަލަތަކާއި އެކަންކަމަށް ހައްލު ހޯދާނެ ގޮތް، އެކާވީސް ވަނަ ގަރުނުގެ ހައްލުތައް، މީހުންނާ ގުޅިގެން މުއާމަލާތްކޮށްގެން އުޅުން." އަޝްރަފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަޕްޝިފްޓުގެ ބޭނުމަކީ އެ ޕްރޮގްރާމް ފުރިހަމަކުރާ ކުދިން މުޖުތަމައުއަށް ލޯ ހުޅުވިފައިވާ ކުދިންނަށް ހެދުން ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ނެންގެވީ، މަގުމަތީގައި ކުނި ބަހައްޓާފައި ހުންނަ ނަމަ އެކަމަށް ކުދިން ހައްލު ހޯދާނެ ގޮތަކާ ގުޅޭގޮތުންނެވެ.
"ވަރަށް އީޖާދީ، ވަރަށް އުފެއްދުންތެރި ވިސްނުން ހުރޭ. ބޮޑެތި މީހުންގެ ވިސްނުމަށް ނާންނަ ކަންކަން ހުރޭ. މުޖުތަމައުގައި ހުންނަ ކަންކަމަށް ވިސްނައި ހައްލު ހޯދަން އެ ކުދިންނަށް ދަސްކޮށްދިނުން. ކިޔަވަން ވެސް ދަސްވާނެ. ވިސްނަން ދަސްވާނެ." އޭނާ ވިދާޅުވި އެވެ.
މައްސަލަތަކަށް ހައްލު ހޯދައި އެކަންކަން ހުށަހެޅުމުން ޖަޖުންގެ ޕެނަލްއެއް އޮންނާނެ އެވެ. ސްކޫލު ފެންވަރާއި ގައުމީ ފެންވަރުގައި އެކަން ކުރުމަށް ޖަޖުންގެ ޕެނަލް ކަނޑައަޅާނެ އެވެ.
ސްކޫލްތައް ހުޅުވަން އަށް މިލިއަން ރުފިޔާ ބޭނުންވޭ
"އަހުމަދިއްޔާ ސްކޫލު އޮޑިޓުކުރަން މަރުހަބާ ކިޔަން"
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
ސްކޫލުތަކަށް ޓީޗަރުންނާއި ފޮތްތައް ހަމަވާނެ: މިނިސްޓަރު
ރޯދަމަހު ސްކޫލް ބަންދުކުރަން ވަޒީރުގެ ވިސްނުންތަކެއް
ހުޅުމާލެ 2ގެ އާ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދެނީ
އަންނަ އަހަރު ގްރޭޑް 1 އަށް 5،700 ދަރިވަރުން
ދަރިންނަށް ކިޔަވައިދޭން އެންމެ އުތުރުން ކުޑަހުވަދު އަށް
18 ރަށެއްގެ ސްކޫލްގެ މަސައްކަތް ތިން ކުންފުންޏަކަށް