23 ޖޫން 2020
ކޮވިޑް-19ގެ ހާލަތުގައި ސްކޫލްތައް އަލުން ހުޅުވަން 543،152 ޑޮލަރު (8.4 މިލިއަން ރުފިޔާ) ބޭނުންވާ ކަމަށާއި އެ ފައިސާ އަދި މުޅިން ހަމަނުޖެހޭ ކަމަށް ޔުނިސެފުން އިއްޔެ ބުނެފި އެވެ.
ކޮވިޑް-19ގެ ހާލަތުގައި ސްކޫލްތައް އަލުން ހުޅުވަން 543،152 ޑޮލަރު (8.4 މިލިއަން ރުފިޔާ) ބޭނުންވާ ކަމަށާއި އެ ފައިސާ އަދި މުޅިން ހަމަނުޖެހޭ ކަމަށް ޔުނިސެފުން އިއްޔެ ބުނެފި އެވެ.
ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރު ސަފީލްދީން "މިހާރު" އަށް ވިދާޅުވީ، އަންނަ މަހުގެ 1 ގައި ސްކޫލްތައް ހުޅުވުމުގެ ކުރިންނާއި ފުރަތަމަ ދެ މަހު ކުރަންޖެހޭ ހަރަދުތަކަށް ބޭނުންވާ އެ ފައިސާގެ ދެބައިކުޅަ އެއްބައި އެ ޖަމާއަތުން ހަމަޖައްސައިދޭނެ އެވެ. އޭނާ ވިދާޅުވީ ބާކީ ފައިސާގެ ތެރެއިން ފިނޭންސް މިނިސްޓްރީން އެޑިއުކޭޝަން މިނިސްޓްރީ އަށް ދޫކުރާ އަދަދެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޑރ. މުނީރު ވިދާޅުވިގޮތުގައި، ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ތައުލީމީ ދާއިރާގެ އިމަޖެންސީ ރެސްޕޮންސް ޕްލޭން ތަންފީޒުކުރަން 20.9 މިލިއަން ޑޮލަރު (322 މިލިއަން ރުފިޔާ) ބޭނުންވެ އެވެ.
އޭނާ ވިދާޅުވީ އެ ޕްލޭނުގައިވާ ކަންކަން ފުރިހަމަ އަށް ތަންފީޒުކޮށް، ދަރިވަރުންގެ އުނގެނުން މެދުނުކެނޑި ކުރިއަށް ގެންގޮސް ރައްކާތެރި ގޮތުގައި ސްކޫލްތައް ހުޅުވޭނީ ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެހިގެން ކަމަށެވެ.
ޑރ. މުނީރު އެމްއެންޔޫގެ ކޮންފަރެންސްގައި ކުރިން ވާހަކަދައްކަވަނީ: މިއީ އިގްތިސޯދީ ދަތި ހާލަތެއް ނަމަވެސް ކުޑަކުދިންނާއި ކުދިންގެ އުނގެނުން އިސްކުރަން މިއަދު އެދިވަޑައިގެންނެވި.
"މި ފައިސާ އެއްކޮށް ހަމަޖައްސައިދޭން ތިބި ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑުގެ އިލްތިމާސަކީ ތައުލީމަށް އިސްކަންދެއްވާށޭ. މިއީ ކޮންމެ ދަރިވަރެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް. ގައުމުގެ ކުރިމަގާ ގުޅިފައިވާ ކަމެއް،" ޑރ. މުނީރު ވިދާޅުވި އެވެ.
"ސްކޫލަށް ދިޔުމާއި އުނގެނުމަށް ބުރޫ އަރައިގެން މި ގައުމުގެ ކުރިމަގަށާއި މި ގައުމުގެ ކުޑަކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނުވާނެ."
Rakkaatherikamuge fiyavalhuthakaa eku School thah anna mahu ge 1 gai hulhuvanee
The most trusted news source in the Maldives
Mihaaru
ސްކޫލްތައް ހުޅުވާލަން ނިންމިކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކުރީ މިދިޔަ ހަފްތާގައި
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެފައިވާ ގޮތުގައި އިމަޖެންސީ ރެސްޕޮންސް ޕްލޭންގެ ދަށުން ކުރާ ފުރަތަމަ ކަމަކީ ސްކޫލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ސްކޫލްތަކުގައި އަތް ދޮންނަން ސިންކު ބަހައްޓައި ސައިބޯންޏާއި ސާފުކުރަން ބޭނުންވާ ސާމާނު ހަމަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމާއި ވަލްނަރަބްލް ކުދިންނަށް ވާސިލްވުމުގެ އިތުރުން ބަލިން ރައްކާތެރިވުމާއި ރެޒިލިއަންސް ބިލްޑުކުރުމާއި މި ހާލަތުގައި ސްކޫލު ހިންގުމާއި ކޯޑިނޭޓް ކުރުން ވެސް ޕްލޭންގައި ހިމެނެ އެވެ.
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން ޓީޗަރުން ތައްޔާރުކުރުމަށްޓަކައި 11،000 ޓީޗަރުންނަށް ސައިކޯސޯޝަލް ތަމްރީނު ދޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައި ޔުނިސެފުގެ ޚާއްސަ މަންދޫބު ޑރ. މުނީރު ވިދާޅުވީ އެކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމާއި ބަލި ކޮންޓްރޯލްކުރަން ޓޫރިޒަމް ހުއްޓާލަން މަޖުބޫރުވުމުން ސަރުކާރުގެ އާމްދަނީ ދަށަށް ދިޔުމަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ދެ ގޮންޖެހުން ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ބައެއް މިނިސްޓްރީތަކާއި ޑިޕާޓްމެންޓްތަކުގެ ބަޖެޓު ކުޑަކުރީ ރަނގަޅު ސަބަބުތަކަކަށްޓަކައި ކަމަށް ވިޔަސް މި ހާލަތުގައި ވެސް ކުޑަކުދިންނާއި ތައުލީމަށް އަހައްމިއްޔަތުކަން ދިނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. މުނީރު ވިދާޅުވީ ލޮކްޑައުންއަކަށް ދިޔުމުގެ ކުރިއްސުރެ މިހާތަނަށް ސްކޫލްތައް ބަންދުކޮށްފައި ބަހައްޓަން ޖެހުމުން ކުދިންގެ އުނގެނުމަށާއި ދިރިއުޅުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހިފެހެއްޓުންތަކަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ސްކޫލްތައް އަލުން ހުޅުވައިެލަން ނިންމުމުން އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރަން 1.3 ބިލިއަން
އަޕްޝިފްޓް ޕްރޮގްރާމުން ހުނަރުވެރި ދަރިވަރުން އުފެދޭނެ
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
މުސާރަ ބޮޑުކުރީމަ ބައެއް ޕްރިންސިޕަލުންނަށް ގެއްލުން
ހަތިމަށް ރިފަރެންސް ދޭން ބުނީ ކުށް ތަކުރާރުވިޔަނުދޭން
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟