ނިއު ޒިލެންޑްގެ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ހިލޭ ނާސްތާ ދޭން ނިންމައި، ޕައިލެޓް ޕްރޮގްރާމެއް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން ވިދާޅުވެއްޖެ އެވެ.
01 ސެޕްޓެމްބަރ 2019
ނިއު ޒިލެންޑްގެ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ހިލޭ ނާސްތާ ދޭން ނިންމައި، ޕައިލެޓް ޕްރޮގްރާމެއް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ދަރިވަރުންގެ ސިއްހަތަށް ހާއްސަކޮށްގެން ފަށާ ޕްރޮގްރާމްގެ ދަށުން، ނިއު ޒިލެންޑްގައި ހިންގާ ސަރުކާރުގެ 30 ސްކޫލެއްގައި އަންނަ އަހަރު ހިލޭ ނާސްތާދޭ ޕައިލެޓް ޕްރޮގްރާމް ފެށުމަށް ފަހު، 2021 ވަނަ އަހަރު އެ އަދަދު 120 އަށް އިތުރުކުރާނެ އެވެ.
ހިިލާ ނާސްތާދޭނީ ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާ އުމުރުން 1-8 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. އެގޮތުން އަންނަ އަހަރު ގާތްގަނޑަކަށް 5،000 ދަރިވަރުންނަށް ހިލޭ ނާސްތާ ދެވޭނެ އެވެ.
ޖަސިންޑާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހިލޭ ނާސްތާދޭ ޕްރޮގްރާމެއް ފަށަން ނިންމީ ސަރުކާރުން އެކުލަވާލައިފައިވާ "ޗައިލްޑް އެންޑް ޔޫތު ވެލްބީން" ސިޔާސަތުގެ ދަށުންނެވެ.
"މިއީ ވަރަށް ސާދާ އަދި އެހާމެ ފަސޭހަކޮށް ގެންދެވިދާނެ ޕްރޮގްރާމެއް،" ބޮޑުވަޒީރު ވިދާޅުވި އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ތުއްތު ކުދިންގެ ނާސްތާ އަށް ސަމާލުކަން ދިނުމަކީ އެކުދިންގެ ހެދިބޮޑުވުމުގެ އިތުރަށް އުނގެނުމަށް ވެސް ވަރަށް މުހިއްމު ކަމަކަށްވާތީ ދަރިވަރުންނަށް ސްކޫލްތަކުގައި ނާސްތާ ދިނުމަކީ އެތައް ގޮތަކުން ފައިދާތަކެއް ކުރާނެ ކަމެކެވެ.
"ހުސްބަނޑާ ހުރެ ކިޔެވުމަކީ ވަރަށް އުނދަގޫކަމަކަށް ވާނެ،" ޖަސިންޑާ ވިދާޅުވި އެވެ. "ނާސްތާދޭ ޕްރޮގްރާމް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ނިއު ޒިލެންޑުން ޗައިލްޑް ޕަވަޓީ ނައްތާލުން ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
ޖަސިންޑާ ވިދާޅުވީ ހިލޭ ނާސްތާދޭ ޕްރޮގްރާމަކީ ދަރިވަރުންނާއި ވަރަށް ގިނަ ބެލެނިވެރިންގެ ހިޔާލު ވެސް ހޯދައިގެން ކުރާ ކަމެކެވެ. އަދި މިކަމަށް ގިނަ ބަޔަކު ތާއީދުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
މިކުދިން ނަގައިދެނީ ރީތި އައްޑޫ ބަހުގެ ފިލާވަޅެއް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
ވަށަފަރު ކްލާހެއްގެ ސީލިންގް ވެއްޓި ދެކުއްޖަކަށް އަނިޔާ
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
އެކި ސަބަބުތަކާހެދި ގިނަ ކުދިންތަކަކަށް ސްކޫލަށް ނުދެވޭ