05 ޑިސެމްބަރ 2020
މާބަނޑު ދުވަސްވަރު ހަރާކާތްތެރިވެ އުޅުމުގައި ފަސޭހަކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ "މެޓާނިޓީ އެކްޓިވްވެއާ ކަލެކްޝަން" އެއް އެޑިޑާސް އިން ހުކުރު ދުވަހު ނެރެފި އެވެ.
މާބަނޑު ދުވަސްވަރު ހަރާކާތްތެރިވެ އުޅުމުގައި ފަސޭހަކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ "މެޓާނިޓީ އެކްޓިވްވެއާ ކަލެކްޝަން" އެއް އެޑިޑާސް އިން ހުކުރު ދުވަހު ނެރެފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ކަލެކްޝަނުގައި ހިމެނޭ ޓޮޕާއި ޓައިޓް ފަދަ އުފެއްދުންތަކަކީ ބަލިވެއިންނަ މުއްދަތުގެ ތެރޭގައި ހަށިގަނޑަށް އަންނަ ބަދަލުތަކާ އެއްގޮތަށް ހެޔޮވަރުވާ ގޮތަށް ފަރުމާކޮށްފައިވާ އެއްޗިއްސެވެ. އެހެންވެ އެ މީހެއްގެ ހަށިގަނޑުގެ ބައްޓަމާއި ސައިޒާއި ބަނޑު ބޮޑުވަމުން އަންނަ ނިސްބަތަށް މި ކަލެކްޝަނުގައި ހިމެނޭ އުފެއްދުންތައް ހެޔޮވަރުވާނެ އެވެ.
ނުވަ ޕީސް ހިމެނޭ މި ކަލެކްޝަނާ ބެހޭ ގޮތުން އެޑިޑާސް އިން ބުނީ މިއީ ވިހެއުމަށް ފަހު ވެސް ބޭނުން ކުރެވޭނެ އެއްޗެހި ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި މިފަދަ އުފެއްދުމެއް ގެނެސް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ މާބަނޑު ދުވަސްވަރު ވެސް ހަރަކާތްތެރިކޮށް އުޅެން ހިތްވަރުދީ، އެކަމަށް މަގުފަހިވާ ގޮތަށް ފަރުމާތަކެއް ގެނެސް ދިނުމެވެ.
— Adhushan (@Adhushan1) December 4, 2020
މި ކަލެކްޝަންގައި ހިމެނޭ އުފެއްދުންތައް ތައްޔާރުކޮށްފައި ވަނީ އެެޑިޑާސްގެ ސިގްނޭޗާ އެއިރޮރެޑީ މޮއިސްޗާ މެނޭޖްމަންޓް ޓެކްނޮޖީ ވެސް ބޭނުންކޮށްގެން ވަރަށް ކޮލިޓީ މެޓީރިއަލްތަކުގަ އެވެ. އެހެންވެ ހަށިގަނޑުގެ ފިނިހޫނުމިން ވެސް މި ފަރުމާތަކުން ބެލެންސްކޮށް ދޭނެ އެވެ.
މީގެ ހާއްސަ އަނެއް ކަމަކީ މުޅި ކަލެކްޝަން ތައްޔާރުކޮށްފައި ވަނީ އެޑިޑާސް ރިސައިކަލް މެޓީރިއަލް "ޕްރައިމްގްރީން" މެޓީރިއަލްތައް ބޭނުންކޮށްގެންކަމެވެ. އެހެންވެ ކޮންމެ އުފެއްދުމަކީ ވެސް ތިމާވެއްޓާ ރައްޓެހި އެއްޗެކެވެ.
އެޑިޑާސްގެ ގްލޯބަލް ޓްރެއިނިންގެ ޖެނެރަލް މެނޭޖަރު އައިމީ އެރާނާ ވިދާޅުވީ އެ ކުންފުންޏަކީ އަބަދު ވެސް ދިރިއުޅުމުގެ ކޮންމެ މަރުހަލާއަކަށް ވެސް ފައްކާ އުފެއްދުންތަކެއް ގެނެސްދޭން ބޭނުންވާ ކުންފުންޏެއް ކަމަށެވެ.
"އެންމެ މުހިއްމު ކަމަކީ ލުއިތަކެއް ހޯދައި ދިނުން. ހާއްސަކޮށް ދުޅަހެޔޮކަމާ ގުޅުން ހުރި ކަންކަމުގައި." އޭނާ ވިދާޅުވި އެވެ.
އެޑިޑާސްގެ "މެޓާނިޓީ އެކްޓިވްވެއާ ކަލެކްޝަން" އެތަނުގެ ވެބްސައިޓުން ގަނެލެވޭނެ އެވެ. އަގުތައް ފެށެނީ 26.92 ޑޮލަރުންނެވެ.
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ
އަންހެނުންނަށް ކަމުދާނެ ފަސް ސެންޓު
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ދަރިން ނުލިބެނީ ކީއްވެ؟ ފަރުވާއަކީ ކޮބާ؟
94 އަހަރުގެ މިނީ މައުސް އަށް އާ ލުކެއް
"ޒާރާ" ގެ ވެރިޔަކަށް ކުންފުނީގެ ވެރިޔާގެ ދަރިއެއް
ވިހަން ހޮސްޕިޓަލަށް ދިޔައީ އަމިއްލައަށް ދުއްވާފައި
ކެބިން ކްރޫން ސްކާޓް ދޫކޮށްލައި ހަރުވާޅަށް
ބަލިވެއިނުމުން ގިނަ ޕްރޮޖެކްޓްތަކެއް ގެއްލުނު: ނޭހާ
ހޮސްޕިޓަލުން ކުއްޖާ އޮޅުވާލުމުން ބަދަލު ހޯދަނީ