Roadha Mihaaru
މި ރަތް ރޮނގުގެ މާނައަކީ ކޮބާ؟

މުރައިދޫގޭގެ ކުރިމަތީގައި ރަތް ރޮނގު: މާނައަކީ ކޮބާ؟

23 ނޮވެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހާއްސަކޮށް ހަމަޖެއްސެވި ވަގުތީ ގެކޮޅު، މުރައިދޫގޭގެ ސަރަހައްދަކީ ރެޑް ޒޯނެއް ކަމަށް ކަނޑައަަޅައި އެ ގެކޮޅުގެ ކުރިމަތީގައި ސަރަހައްދުގައި މިހާރު ވަނީ ރަތް ރޮނގެއް ދަމައިފަ އެވެ. މިއީ ރާއްޖޭގައި މަގުމަތީގެ މި ނިޝާން ބޭނުންކުރި ފުރަތަމަ ފަހަރެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެއްގަމުގެ ދަތުރުފަތުރުގެ ނިޝާންތަކުގެ ގަވާއިދާށް އިސްލާހު ގެނެސް މިދިޔަ އަހަރު އަމަލުކުރަން ފެށި އާ ގަވާއިދުގައިވާ ގޮތުން މި ނިޝާނަށް ކިޔަނީ "ރެޑް ރޫޓް އަރިމަތީ ރޮނގުގެ ނިޝާން" އެވެ.

ގަވާއިދު ބުނާގޮތުން މި ނިޝާނުން އަންގައިދެނީ ރެޑް ރޫޓް ކަނޑައަޅައިފައިވާ މަގުގެ އެއްވެސް ހިސާބެއްގައި އެއްވެސް އުޅަނދެއް، އެއްވެސް ބޭނުމެއްގައި މަޑުކުރުމަކީ މަނާކަމެއް ކަމެވެ. އެކަމަކު އޭގެ ތެރެއިން ސަލާމަތީ ބާރުތަކުގެ އުޅަނދުތައް މި ސަރަހައްދަށް މަޑުކުރާ މަޑުކުރުން އިސްތިސްނާވާނެ އެވެ.

މުރައިދޫގެ ސަރަހައްދުގައި އިއްޔެ މި ރަތް ރޮނގު ދެމީ އެމްއެންޑީއެފުން އެދިގެން، މާލޭގައި ޓްރެފިކް ނިޝާންތައް ބެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މާލޭ ސިޓީ ކައުންސިލުންނެވެ.

އެ ގޭގެ ވަށައިގެންވާ ސަރަހައްދުގައި ވެހިކަލް ޕާކު ނުކުރެވޭ ގޮތް ހަދައި ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގެ: އެތަނުގެ މަރާމާތުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާފައި: -- މިހާރު ފޮޓޯ/ފަޔާޒު މޫސާ

މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގެ: އެތަނުގެ މަރާމާތުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާފައި: -- މިހާރު ފޮޓޯ/ފަޔާޒު މޫސާ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ 6ގައި ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު މަޖިލީހުން ވަނީ ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ގެކޮޅެއް ހަމަޖައްސައި ދޭން ގާނޫނެއް ފާސްކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން މަޖިލީސް ރައީސަށް ހާއްސަ ގެކޮޅެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރާއިރު، މުރައިދޫގޭގައި ނަޝީދު ހުންނަވާނީ ރަސްމީ ގެކޮޅު އަޅާ ނިމެންދެން ވަގުތީ ގޮތުންނެވެ.

ސްކޮޓްލޭންޑުގައި ބޭއްވި ކޮޕް26 ސަމިޓަށް ފަހު އިއްޔެ އެނބުރި ރާއްޖެ ވަޑައިގެން، ނަޝީދު މިހާރު ހުންނަވަނީ މުރައިދޫގޭގަ އެވެ.