18 ނޮވެމްބަރ 2021
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ލޯޑް އޮފް ރިންގްސް" ގެ ޓްރިލޮޖީގެ ޑައިރެކްޓަރު ޕީޓާ ޖެކްސަން ބިިލިއަނަރަކަށް ވެއްޖެ އެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ލޯޑް އޮފް ރިންގްސް" ގެ ޓްރިލޮޖީގެ ޑައިރެކްޓަރު ޕީޓާ ޖެކްސަން ބިިލިއަނަރަކަށް ވެއްޖެ އެވެ.
ނިއު ޒީލެންޑް އުފަން 60 އަހަރުގެ ޑައިރެކްޓަރުގެ އަމިއްލަ މިލްކިއްޔާތު ބިލިއަން ޑޮލަރަށް "ލޯޑް އޮފް ރިންސްގް" ގެ ޓްރޮލޮޖީގެ އިތުރުން ވެސް ކާމިޔާބު އެތައް ފިލްމެއް ސްޕެޝަލް އިފެކްޓްސް ހެދި އޭނާ ހިއްސާވާ މަޝްހޫރު ކުންފުނި، ވީޓާ ޑިޖިޓަލްގެ ވިޝުއަލް އިިފެކްޓްސް ޑިވިޝަން ހަފުތާގައި 1.62 ބިލިއަން ޑޮލަރަށް ވިއްކާލުމާ ގުޅިގެންނެވެ.
ފޯބްސް އިން ބުނި ގޮތުގައި ޖެކްސަނާއި ބައިވެރިޔާ ފްރާންސް ވާލްޝްގެ 60 ޕަސެންޓް ހިއްސާވާ ކުންފުނީގެ ވިޝުއަލް އިިފެކްޓްސް ޑިވިޝަން މި މަހުގެ 9 ގައި ވިއްކާލީ އެމެރިކާގެ ވީޑިއޯ ގޭމް ކުންފުނި، ޔުނިޓީ ޓެކްނޮލޮޖީއަށެވެ. ވީޓާ ޑިޖިޓިލް އަކީ 1993 ގައި އުފެއްދި ކުންފުންޏެކެވެ.
އެ ކުންފުންޏަކީ ޖެކްސަނާއި ޖެމީ ސެލްކާކްގެ އިތުރުން ރިޗަޑް ޓޭލާ ގުޅިގެން އުފެއްދި ކުންފުންޏެވެ.
ފިލްމީ އުފެއްދުންތަކަށް ސްޕެޝަލް އިފެކްޓްސް ހަދައިދޭ އެންމެ ވަރުގަދަ ކުންފުންޏަށް ވީޓާ ޑިޖިޓަލްވެގެން ދިޔަ ފަހުން ބޮޑެތި އެތައް ފިލްމެއްގެ އިފެކްޓްސް ހަދާފައިވެ އެވެ. އޭގެ ތެރޭގައި "އެވަޓާ" އާއި "ގޭމްސް އޮފް ތުރޯންސް" އާއި ދާދި ފަހުން ރިލީޒްކުރި "ޝަންގް-ޗީ އެންޑް ދަ ލެޖެންޑް އޮފް ދަ ޓެން ރިންގްސް" ފަދަ އެތައް އުފެއްދުމެއް ހިމެނެ އެވެ.
Peter Jackson's Weta Digital has been sold for $1.625 billion to the makers of the Unity game engine. The VFX house is responsible for the Oscar-winning effects behind 'Lord of the Rings' and 'Avatar,' and is currently working on the #Avatar sequels https://t.co/a8E1r9P1VQ pic.twitter.com/WFqvRVxoRw
— The Hollywood Reporter (@THR) November 9, 2021
"ޓައިޓޭނިކް" ކުޅެގެން މަޝްހޫރުވި ބަތަލާ ކޭޓް ވިންސްލެޓް އަލަތު ފީޗާ ފިލްމު 1994 ގެ "ހެވެންލީ ކްރީޗާޒް" ވެސް ގެނެސްދިން ޑައިރެކްޓަރުގެ މިލްކިއްޔާތު ބިލިއަން ޑޮލަރަށް އެރި އިރު، އޭނާގެ "ލޯޑް އޮފް ދަ ރިންގްސް" ޓްރިލޮޖީ އަކީ ވެސް ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކެވެ. އެގޮތުން 2001 "ފެލޯޝިޕް އޮފް ދަ ރިންސް" އާއި 2002 ގެ "ދަ ޓޫ ޓަވާޒް" ގެ އިތުރުން 2003 ގެ "ދަ ރިޓާން އިފް ދަ ކިންގް" އަށް އާމްދަނީގެ ގޮތުގައި 2.991 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
"ދަ ހޮބިޓް" ޓްރިލޮޖީ ވެސް ޑައިރެކްޓްކުރި ޖެކްސަންގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ މި މަހުގެ 25 ގައި ޑިޒްނީ ޕްލަސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ޑޮކިއުމަންޓްރީ ސީރީޒް "ދަ ބީޓްލްސް: ގެޓް ބެކް" އެވެ.
ވީޓާ ޑިޖިޓަލްގެ ވިޝުއަލް އިފެކްޓްސް ޑިވިޝަން ވިއްކައިލުމާ އެކު ޖެކްސަން ބިލިއަނަރަކަށް ވެގެން ދިޔައިރު، އޭނާ އަކީ އެފަދަ މަގާމެއް ލިބުނު މަދު ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ. މަޝްހޫރު އަދި ކުޅަދާނަ ޑައިރެކްޓަރުންގެ ތެރެއިން މިލްކިއްޔާތު ބިލިއަން ޑޮލަރަށް ވުރެ ކުރީގައި އުޅެނީ ޖޯހް ލޫކަސް (6.7 ބިލިއަން ޑޮލަރު) އާއި ސްޓީވެން ސްޕީލްބާގް (3.7 ބިލިއަން ޑޮލަރު) އެވެ.
ލޯޑް އޮފް ދަ ރިންގްސް ސީރީޒް ނިއުޒިލެންޑުން ޔޫކޭއަށް
"ލޯޑް އޮފް ދަ ރިންގްސް" ވެބް ސީރީޒަށް ތާރީހެއް
"ލޯޑް އޮފް ދަ ރިންގްސް"ގެ އާ ފިލްމެއް ގެނެސްދެނީ
"ލޯޑް އޮފް ދަ ރިންގްސް" ގެ އާ ފިލްމުތަކެއް ނެރެނީ
"ލޯޑް އޮފް ރިންގްސް" ވަރުގަދަކޮށްލާ ސީރީޒަށް ތައްޔާރު
ހޭންކްސް އަށް ޖައްވީ ދަތުރަކީ ބޭކާރު ކަމެއް
"ލޯޑް އޮފް ރިންގްސް" ދޫކޮށްލެވުމަކީ މޮޔަކަމެއް
ޖައްވީ ސްޓޭޝަންގައި ފިލްމު ޝޫޓްކޮށް އެނބުރި ދުނިޔެއަށް
ފޭނުން އެދެނީ ކަންގަނާ އާއި ރަސަލްގެ ފިލްމެއް
މަހުޖަނު ލެރީއަށް ނިއު ޒީލެންޑްގެ ރަށްވެހިކަން