Roadha Mihaaru
ކޮޕް26: މަޝްވަރާތައް ވިލަރެސްކުރުމުގެ ޒިންމާ ޝައުނާއަށް

ކޮޕް26 ގެ މަޝްވަރާތައް ވިލަރެސްކުރުމުގެ ޒިންމާ ޝައުނާއަށް

09 ނޮވެމްބަރ 2021

ސްކޮޓްލެންޑުގެ ގްލާޒްގޯގައި މިހާރު ކުރިއަށްދާ އދ. ގެ ތިމާވެށީގެ ކޮންފަރެންސް "ކޮޕް26" ގައި އެއްބަސްވީ ކަންކަން ތަންފީޒުކުރުމާބެހޭ މިނިސްޓީރިއަލް ލެވެލް މަޝްވަރާތައް ވިލަރެސްކުރަން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އައްޔަންކުރައްވައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ސްކޮޓްލެންޑުގެ ގްލާޒްގޯގައި މިހާރު ކުރިއަށްދާ އދ. ގެ ތިމާވެށީގެ ކޮންފަރެންސް "ކޮޕް26" ގައި އެއްބަސްވީ ކަންކަން ތަންފީޒުކުރުމާބެހޭ މިނިސްޓީރިއަލް ލެވެލް މަޝްވަރާތައް ވިލަރެސްކުރަން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝައުނާ އެ މަގާމަށް އައްޔަންކުރެއްވީ ކޮޕް26 ގެ ރައީސް އަލޯކް ޝަރްމާ ކަމަށެވެ.

އެ މަސައްކަތުގެ ތެރޭގައި ޕެރިސް އެގްރީމަންޓްގެ ދަށުން އެޑަޕްޓޭޝަނަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ އަމާޒުތައް ހާސިލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލައި އެއްބަސްވުމަކަށް އައުން ހިމެނެ އެވެ. އަދި އެކަމަށް ފައިނޭންސް ކުރާނެ ގޮތްތައް ދެނެގަތުން ހިމެނެ އެވެ.

އެ މަސައްކަތުގައި މިނިސްޓަރު ޝައުނާއާ އެކު ސްޕެއިންގެ ނައިބު ރައީސް އަދި މިނިސްޓާ ފޯ ދަ އިކޮލޮޖިކަލް ޓްރާންސިޝަން، ޓެރެސާ ރިބެރާ މަސައްކަތް ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ތިމާވެށީގެ ކޮންފަރެންސް، ކޮޕް26 ކުރިއަށް ގެންދާނީ މި މަހު 12 ވަނަ ދުވަހުގެ ނިޔަލަށެވެ.