މިހާރު މަސައްކަތް ކުރިއަށްދާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާންގެ ފޮޓޯތަކެއް ފިލްމުގެ ސެޓުން އާންމުކޮށްފި އެވެ.
05 ނޮވެމްބަރ 2021
މިހާރު މަސައްކަތް ކުރިއަށްދާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާންގެ ފޮޓޯތަކެއް ފިލްމުގެ ސެޓުން އާންމުކޮށްފި އެވެ.
އޭގެ ތެރެއިން ގިނަ ފޮޓޯތަކުގައި އޭނާ ފެންނަނީ ކާސްޓާއި ކްރޫގެ އެކި މެމްބަރުންނާ އެކީ މަޖާކުރާ ތަނެވެ. އިންސްޓަގްރާމްގައި އާންމު ކޮށްފައިވާ އެއްޗެހީގެ ތެރޭގައި ބައްޕަ ސައިފްގެ 2003 ގެ ފިލްމު "ކަލް ހޯ ނަ ހޯ" ގެ ލަވައެއް ކަމަށްވާ "އިޓްސް ޓައިމް ޓު ޑިސްކޯ" ގެ ސްޓެޕެއް އިބްރާހީމް ޖައްސާ ތަން ފެންނަ ދެ ސިކުންތުގެ ވީޑިއޯކޮޅެއް ވެސް ހިމެނެ އެވެ.
ފިލްމު ކުޅެން ފެށުމުގެ ކުރިން އިބްރާހިމް ކަރަންގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިރު، ސައިފް މިދިޔަ މަހު ދިން އިންޓަވިއުއެއްގައި އެކަމާ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި ގާތް އެކުވެރިޔާ ކަރަންގެ ފަރާތުން އިބްރާހީމަށް ފިލްމު މޭކިންގެ ކަންކަން ދަސްވެގެން ދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބަތަލާ ސާރާ އަލީ ޚާންގެ ކޮއްކޮ އިބްރާހީމް، 20، އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނެރޭނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރެވެ. އެއީ މަޝްހޫރު ކޮމިކް ވާހަކަ އަށް "އާޗީ" އަށް ބިނާކޮށް ހަދާ ސީރީޒަކުންނެވެ.
އިބްރާހީމް އެސިސްޓް ކުރަމުން އަންނަ ކަރަންގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅޭ ރޮމާންޓިކް ޑްރާމާއެކެވެ. މީގެ ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަނާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
ކަރަންއާ އެކު އިބްރާހީމް މަސައްކަތްކުރާތީ ސައިފް އުފަލުން
ކަރަންގެ އާ ފިލްމުގައި ޕްރިތީ ފެންނާނެ
ޖާދޫގައި ޖައްސަން، ކަރަންގެ "ޓިޕިކަލް" ފިލްމެއް
ކަރަންގެ ފިލްމަށް ޝަބާނާ 10 ކިލޯ ލުއިކުރި
ކަރަންގެ އާ ފިލްމު 2023 އަށް ފަސްކޮށްފި
ރަންވީރާއި އާލިއާގެ ޑުއެޓް ލަވައެއް
ޖަޔާގެ ފުރަތަމަ ނެގަޓިވް ރޯލު ކަރަންގެ ފިލްމުގައި
"ތަޚުތު" އަކީ ޔަގީނުން ވެސް ހަދާނެ ފިލްމެއް: ކަރަން
ރަންވީރާއި އާލިއާ ގޮވައިގެން ކަރަން މޮސްކޯ އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް