19 ނޮވެމްބަރ 2021
ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅޭ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ދެ ތަރިން ލަވައެއް ކިޔާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅޭ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ދެ ތަރިން ލަވައެއް ކިޔާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މީޑިއާތަކުން ބުނީ ޕްރިތަމް މިއުޒިކް ހަދާ ފިލްމަށް ރަންވީރާ އާއި އާލިއާ ރެކޯޑްކުރަނީ ޑުއެޓް ލަވައެއް ކަމަށެވެ. އެކަމަކު މިކަން ކަރަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އާލިއާ އާއި ރަންވީރަކީ ކުރިން ވެސް އެ މީހުންގެ ފިލްމުތަކަށް އަމިއްލަ އަޑުން ލަވަ ކިޔާފައިވާ ދެ ތަރިންނެވެ. އެގޮތުން އެކީގައި ކުޅުނު ފުރަތަމަ ފިލްމު 2019 ގެ "ގަލީ ބޯއި" އަށް ރަންވީރު ލަވަ ކިޔާފައިވެ އެވެ.
އާލިއާ ލަވަ ކިޔާފައިވާ ފިލްމުތަކުގެ ތެރޭގައި އޭނާގެ މިދިޔަ އަހަރުގެ ފިލްމު "ސަޅަކް 2" އާއި 2016 ގެ ފިލްމު "އުޅުތާ ޕަންޖާބް" އާއި 2014 ގެ "ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ" ހިމެނެ އެވެ.
އާލިއާ އާއި ރަންވީރުގެ އަޑުން ކިޔާފައިވާ ލަވައެއް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ހިމެނޭނެކަން ކަރަން ކަށަވަރުކޮށް ނުދިނަސް، ފިލްމުގެ މިއުޒިކް ރައިޓްސް މިހާރު ވަނީ އިންޑިއާގެ މަޝްހޫރު މިއުޒިކް ލޭބަލް ސާރޭގާމާޕާ-އެޗްއެމްވީ އަށް ދީފަ އެވެ.
މިކަމާ ބެހޭ ގޮތުން އޭނާ ބުނީ އާ ފިލްމުގެ މިއުޒިކާ ސާރޭގާމާޕާ ބައިވެރިވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ އަލުން ތާރީހު ވެސް އިއާދަވުމެއް ކަމަށެވެ. ކަރަންގެ ބައްޕަ ކުރީގެ ޕްރޮޑިއުސަރު ޔާޝް ޖޯހަރް ގެނެސްދިން ފިލްމުތަކުގެ ތެރެއިން 1993 ގެ "ގުމްރާހް" އާއި 1998 ގެ ފިލްމު "ޑުޕްލިކޭޓް" އަކީ އޭގެ މިއުޒިކް ސާރޭގާމާޕާގެ ތައްގަނޑުގައި ނެރުނު ފިލްމުތަކެވެ.
އާލިއާ، ރަންވީރު އަދި ކަރަން.
މިހާރު ޝޫޓިން ކުރިއަށްދާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް" ކަހާނީ އަކީ މިއުޒިކްގެ ފޯރި ވަރަށް ގަދަވާނެ އަދި ކަރަން ގެނެސްދިން 1998 ގެ "ކުޗް ކުޗް ހޯތާ ހޭ ހޭ" އާއި 2001 ހެ "ކަބީ ހުޝީ ކަބީ ޢަމް" ސްޓައިލްގެ ލައިޓްހާޓެޑް ފިލްމެކެވެ. އަންނަ އަހަރު ގެނެސްދޭނެ މި ފިލްމުގެ ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަނާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.
ކަރަން އެންމެ ފަހުން ގެނެސްދިން 2016 ގެ "އޭ ދިލް ހެ މުޝްކިލް" އަކީ ވެސް ވަރަށް ރީތި ލަވަތަކެއް ހިމެނުނު ފިލްމެކެވެ. އޭގެ ވެސް މިއުޒިކް ހެދީ ޕްރިތަމް އެވެ.
ކަރަންގެ އާ ފިލްމުގައި ޕްރިތީ ފެންނާނެ
ޖާދޫގައި ޖައްސަން، ކަރަންގެ "ޓިޕިކަލް" ފިލްމެއް
ކަރަންގެ ފިލްމަށް ޝަބާނާ 10 ކިލޯ ލުއިކުރި
ކަރަންގެ އާ ފިލްމު 2023 އަށް ފަސްކޮށްފި
ޖަޔާގެ ފުރަތަމަ ނެގަޓިވް ރޯލު ކަރަންގެ ފިލްމުގައި
ކަރަންގެ ފިލްމުގެ ސެޓުން އިބްރާހީމްގެ ފޮޓޯތަކެއް
"ތަޚުތު" އަކީ ޔަގީނުން ވެސް ހަދާނެ ފިލްމެއް: ކަރަން
ރަންވީރާއި އާލިއާ ގޮވައިގެން ކަރަން މޮސްކޯ އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަރުނީތާ އަށް ކަރަންގެ ފިލްމަކަށް ލަވަކިޔަން ފުރުސަތެއް