Roadha Mihaaru
ކަރަންގެ އާ ފިލްމު 2023 އަށް ފަސްކޮށްފި

ކަރަންގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" 2023 އަށް ފަސްކޮށްފި

30 ނޮވެމްބަރ 2021

ބެލުންތެރިން އަބަދު ވެސް އެ ޑައިރެކްޓަރެއްގެ ފިލްމުތަކަށް ބޮޑު ފޯރިއެއް ހުންނަ ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަންނަ އަހަރު ގެނެސްދޭ ގޮތަށް ކުރިން އިއުލާންކުރި ނަމަވެސް އަންނަ އަހަރަށް ފިލްމު ފަސްކޮށް، ތާރީހު އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިން އަބަދު ވެސް އެ ޑައިރެކްޓަރެއްގެ ފިލްމުތަކަށް ބޮޑު ފޯރިއެއް ހުންނަ ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަންނަ އަހަރު ގެނެސްދޭ ގޮތަށް ކުރިން އިއުލާންކުރި ނަމަވެސް އަންނަ އަހަރަށް ފިލްމު ފަސްކޮށް، ތާރީހު އިއުލާންކޮށްފި އެވެ.

ޝޫޓިންގެ ދެބައިކުޅަ އެއްބައި މިހާރު ނިމިފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެއްސި ތާރީހަކީ ފެބްރުއަރީ 10، 2023 އެވެ. ފިލްމުގެ ތާރީހު އިއުލާން ކުރަން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓްގައި ޝޫޓިން ތެރޭގެ ބައެއް މަންޒަރުރަކާއި ފިލްމުގެ މަންޒަޒަރުތަކެއް ދައްކާލާފައިވެ އެވެ. އެއިން ފެންނަ ގޮތުގައި ފިލްމުގެ އިންޑޯ މަންޒަރުތައް ފެނިގެން ދާނީ ވަރަށް ހިތްގައިމު ރީތި އަދި ބޮޑު ސެޓެއްގަ އެވެ.

މި އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު އިއުލާންކޮށް، އެ މަހުގެ ފަހުކޮޅު ޝޫޓިން ފެށި ލޯބީގެ މި ފިލްމަކީ ކަރަންގެ 8 ވަނަ ޑައިރެކްޝަނެވެ. މިހާރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މަންޒަރުތަކެއް ނަގަމުން އަންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅޭ އެއްޗެކެވެ. މީގެ ކާސްޓްގައި ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ޖަޔާ ބައްޗަނާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.

އާލިއާ އާއި ޖަޔާ ފިޔަވައި ފިލްމުގެ ކާސްޓްގައި ހިމެނޭ އެހެން ތަރިންނަކީ ކަރަންގެ ފިލްމެއްގައި އަލަށް މަސައްކަތްކުރާ ތަރިންނެވެ. އަދި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އާލިއާ އާއި ރަންވީރު އެކީގައި ކުޅޭ ދެވަނަ ފިލްމެވެ. ދެ ތަރިންގެ ފުރަތަމަ ފިލްމަކީ 2019 ގެ "ގަލީ ބޯއި" އެވެ.

ފުރަތަމަ ފިލްމު ކަމަށްވާ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އާއި ދެވަނަ ފިލްމު "ކަބީ ހުޝީ ކަބީ ޢަމް" ގެ ހަނދާންތަކާއި އެ ފިލްމުތަކުން ގެނެސްދިން ޖާދޫ އަލުން ސްކްރީނަށް ގެނެސްދޭނެކަމުގެ އުންމީދު ބޮޑު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ފަހު، ކަރަން ދެން ޑައިރެކްޓް ކުރާނީ 2018 ގައި އިއުލާންކުރި ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި ހުއްޓިފައި އޮތް އޭނާގެ ތާރީހީ ލޯބީގެ ފިލްމު "ތަޚުތު" އެވެ. އާލިއާ އާއި ރަންވީރު ވެސް ކާސްޓްގައި ހިމެނޭ އެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ފަހު ހަދާނެކަން ކަރަން މިދިޔަ މަހު ކަށަވަރު ވެސް ކޮށް ދީފައިވެ އެވެ.

"ތަޚުތު" ގެ ކާސްޓްގައި ކަރީނާ ކަޕޫރާއި ވިކީ ކޯޝަލާއި ޖާންވީ ކަޕޫރާއި އަނިލް ކަޕޫރްގެ އިތުރުން ބޫމީ ޕިޑްނޭކަރް ވެސް ހިމެނެ އެވެ.

"ކަބީ އަލްވިދާ ނާ ކެހެނާ" އާއި "މައި ނޭމް އިޒް ޚާން" ގެ އިތުރުން "ސްޓޫޑަންޓް އޮފް އިޔާ" ވެސް ގެނެސްދިން ކަރަންގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްލިކް" އެވެ. އޭގެ ތަރިންނަކީ ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރުމާ އާއި ޕާކިސްތާންގެ ބަތަލު ފަވާދުޚާނާއި އައިޝްވާރިއާ ރާއީ އެވެ.