Roadha Mihaaru
ޑޯޓްމަންޑް ބަލިކޮށް އަޔެކްސް ދެވަނަ ބުރަށް

އެކަކު މަދުކޮށް ކުޅުނު ޑޯޓްމަންޑް ބަލިކޮށް އަޔެކްސް ދެވަނަ ބުރަށް

04 ނޮވެމްބަރ 2021

ޑޯޓްމަންޑް (އޮކްޓޯބަރު 4) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބޮރޫޝިއާ ޑޯޓްމަންޑާ ވާދަކޮށް، ފަހަތުން އަރައި 3-1 އިން ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޑޯޓްމަންޑް (އޮކްޓޯބަރު 4) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބޮރޫޝިއާ ޑޯޓްމަންޑާ ވާދަކޮށް، ފަހަތުން އަރައި 3-1 އިން ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އަޔެކްސް ވަނީ ގުރޫޕް ސްޓޭޖުގައި ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅު ވެފަ އެވެ. ފުރަތަމަ މެޗް އަމިއްލަ ދަނޑުގައި ކާމިޔާބުކުރީ 4-0 އިންނެވެ. ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްގެން އަޔެކްސް ތާވަލުގެ އެއްވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ހަ ޕޮއިންޓާ އެކު ދެވަނައިގައި ޑޯޓްމަންޑް އޮތްއިރު، ތިންވަނައިގައި އޮތް ސްޕޯޓިން އަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ.

މި މެޗުގައި ފެނުނު ހަތަރު ގޯލު ވެސް ޖެހީ، މެޗުގެ 29 ވަނަ މިނިޓުގައި ޑޯޓްމަންޑުގެ ޑިފެންޑަރު މެޓް ހުމެލްސް އަށް ދެއްކި ރަތްކާޑަށް ފަހު އެވެ. މެޗުގައި 10 ކުޅުންތެރިންނާއެކު ވެސް ފުރަތަމަ ލީޑު ނެގީ ޑޯޓްމަންޑެވެ. މެޗުގެ 37 ވަނަ މިނިޓުގައި ޑޯޓްމަންޑަށް ލީޑު ނަގައިދިނީ ޕެނަލްޓީއަކުން ކެޕްޓަން މާކޯ ރޮއިސް އެވެ.

އަޔެކްސް އިން އެއްވަރު ކުރީ 72 ވަނަ މިނިޓުގައި ޑުސާން ޓަޑިޗް ޖެހި ލަނޑުންނެވެ. ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް، އެ ޓީމަށް ލީޑު ނަގައިދިނީ ސަބަސްޓިއެން ހޯލާ އެވެ. ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އަޔެކްސްގެ ތިންވަނަ ލަނޑު ޖެހީ ޑެވީ ކްލާސެން އެވެ.

މި ގުރޫޕުގައި ހިމެނޭ ސްޕޯޓިން ވަނީ ޕޮއިންޓެއް ނުލިބި ފުލުގައި އޮތް ތުރުކީގެ ބެސިކްތާސް 4-0 އިން ބަލިކޮށްފަ އެވެ. ބެސިކްތާސްގެ ލަނޑުތައް ޖަހައިދިނީ ޕަބްލޯ ގޮންސަލްވިސް އާއި ޕައުލީނިއޯ އަދި ޕަބްލޯ ސަރާބިއާ އެވެ. ގޮންސަލްވިސް ވަނީ މެދުގައި ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.