ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑުން 3-1 އިން ބާސެލޯނާ ބަލިކުރި މެޗުގައި ކާމިޔާބު ކުރި ހެޓްރިކާ އެކު، ޑޯޓްމަންޑްގެ ގިނީ ސްޓްރައިކަރު ސާހޫ ގިރާސީ ގިނަ ރެކޯޑްތަކެއް ގާއިމްކޮށްފި އެވެ.
ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑުން 3-1 އިން ބާސެލޯނާ ބަލިކުރި މެޗުގައި ކާމިޔާބު ކުރި ހެޓްރިކާ އެކު، ޑޯޓްމަންޑްގެ ގިނީ ސްޓްރައިކަރު ސާހޫ ގިރާސީ ގިނަ ރެކޯޑްތަކެއް ގާއިމްކޮށްފި އެވެ.
ފުރަތަމަ ލެގުގައި 4-0 އިން ޑޯޓްމުންޑް ބަލިވެފައި ވުމާ ގުޅިގެން، ދެ ވަނަ ލެގުގައި ހޯދި ނަތީޖާއާ އެކު ވެސް އެ ޓީމަށް ސެމީ އަށް ނުދެވުނެވެ.
ބާސެލޯނާ ބަލިކުރަން ހެދި ހެޓްރިކާ އެކު، ގިރާސީ ވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން ފަހު މަރުހަލާތަކުގައި ހެޓްރިކެއް ހެދި ފުރަތަމަ އެފްރިކާ ބައްރުގެ ކުޅުންތެރިޔާއަށެވެ.
"އެއީ ވަރުގަދަ ޓީމެއް، އަހަރެމެން ވެސް މިއީ ވަރުގަދަ ޓީމެއް. އެކަން މިރޭ ދައްކާލައިފިން. އެކަމަކު ފުރަތަމަ ލެގުގައި ނަތީޖާ ދިޔައީ މާ ތަފާތު ބޮޑުކޮށް، އެއީ ވަރަށް ދެރަކޮށް ދިމާވި ކަމެއް،" ރޭގެ މެޗަށް ފަހު ގިރާސީ ބުންޏެވެ.
ގިރާސީ ވަނީ ޖުމްލަ 13 ގޯލު ހަމަކޮށް ޗެމްޕިއަންސް ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފަ އެވެ. މިއާ އެކު އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގު ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ޑޯޓްމަންޑްގެ ކުޅުންތެރިޔާއަށެވެ. އަދި މިއީ ޗެމްޕިއަންސް ލީގު ސީޒަނެއްގައި އެފްރިކާ ބައްރުގެ ކުޅުންތެރިއަކު އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ފަހަރެވެ.
މީގެ އިތުރުން ގިރާސީ ވެފައި ވަނީ، ޔޫރަޕްގެ މުބާރާތެއްގައި ބާސެލޯނާ ކޮޅަށް ހެޓްރިކެއް ހެދި ފުރަތަމަ އެފްރިކާގެ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
އުމުރުން 29 އަހަރުގެ ފޯވާޑް އަންނަނީ މި ސީޒަންގައި ޑޯޓްމަންޑާ ގުޅުނީއްސުރެން އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލީގުގައި ވެސް ވަނީ މިހާތަނަށް 25 މެޗުން 15 ގޯލު ޖަހައިފަ އެވެ.
ޖަރުމަންގެ ސްޓުޓްގާޓުން 18 މިލިއަން ޔޫރޯ އަށް ޑޯޓްމުންޑޫން ގެނައި ގިރާސީ، ގިނީ ގައުމީ ޓީމަށް ކުޅެން ފެށީ 2022 ވަނަ އަހަރެވެ. އޭގެ ކުރިން ވަނީ ފްރާންސްގެ އުމުރުފުރާގެ ގައުމީ ޓީމުތަކަށް ކުޅެފަ އެވެ.
ދެ ވަނަ ލެގުން ބަލިވިޔަސް ބާސާ އާއި ޕީއެސްޖީ ސެމީއަށް
ވިނީގެ ހެޓްރިކުން ރެއާލް ފަހަތުން އަރައި މޮޅުވެއްޖެ
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
"ފައިނަލްގެ ކުރިން ކުޅުންތެރިންނަށް ބިރު އިހްސާސްވޭ"
ޑޯޓްމެންޑުންތިބީ ރެއާލް ބަލިކުރެވޭނެކަމަށް ގަބޫލުކޮށްގެން
ރޮއިސްއާ އެކު 11 އަހަރުފަހުން ޑޯޓްމެންޑް ފައިނަލަށް
ސްޓާރެއް ބޭނުމެއް ނުވޭ ޑޯޓްމެންޑުން އެކަން ދައްކައިފި
ޑޯޓްމަންޑުގައި ސަންޗޯ ފެންވަރު ދައްކަނީ
މަރުގެ ގުރޫޕުން ނިއުކާސަލް ސަލާމަތެއް ނުވި
މިލާންގެ ސަޕޯޓަރުން ކުރީގެ ކީޕަރަށް ފުރައްސާރަ ކޮށްފި