Roadha Mihaaru
ޓީ20 ވޯލްޑް ކަޕް ސެމީގެ ފުރަތަމަ ޖާގަ ޕާކިސްތާނަށް

ޓީ20 ވޯލްޑް ކަޕް ސެމީފައިނަލުގެ ފުރަތަމަ ޖާގަ ޕާކިސްތާނަށް

03 ނޮވެމްބަރ 2021

އަބޫދާބީ (ނޮވެމްބަރު 3) - އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި ނަމްބިއާ ބަލިކޮށް، ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ޕާކިސްތާން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަބޫދާބީ (ނޮވެމްބަރު 3) - އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި ނަމްބިއާ ބަލިކޮށް، ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ޕާކިސްތާން ހޯދައިފި އެވެ.

ޕާކިސްތާނުން މެޗު ކާމިޔާބު ކުރީ 45 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ވަނީ ކުޅެން އަރައި ދެ ކުޅުންތެރިން ނުބައި ވެގެން 189 ލަނޑު ހަދައިފަ އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ، 50 ބޯޅައިން 79 ލަނޑު ހެދި އެޓީމުގެ ވިކެޓް ކީޕަރު މުހައްމަދު ރިޒްވާނެވެ. އެޓީމުން ވަނީ ފަހު 10 އޯވަރުގައި 130 ލަނޑު ހަދައިފަ އެވެ. އަދި ކެޕްޓަން ބާބާ އަޒާމް ވަނީ 49 ބޯޅައިން 70 ލަނޑު ހަމަކޮށްފަ އެވެ.

ޖަވާބުގައި ކުޅެން އަރައި ނަމްބިއާގެ ބެޓްސްމަނުން ރަނގަޅު ޕާޓްނާޝިޕް ލަނޑުތަކެއް ހެދި ނަމަވެސް 20 އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދުނީ 144 ލަނޑެވެ. ނަމްބިއާއިން އެންމެ ރަނގަޅަށް ކުޅުނީ 31 ބޯޅައިން ނުބައި ނުވެ 43 ލަނޑު ހެދި ޑޭވިޑް ވީޒާ އެވެ.

އެއް މެޗު ބާކީ އޮއްވައި ޕާކިސްތާން އޮތީ "ސުޕަ 12" ގެ ގުރޫޕް 2 ގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ޓޭބަލްގެ އެއްވަނައިގަ އެވެ. މި ގުރޫޕުގެ ދެވަނައިގައި އޮތީ އަފްގާނިސްތާނެވެ. ނަމްބިއާ ސުޕަ 12 އިން ޖާގަ ހޯދީ ފުރަތަމަ ބުރުގައި ގުރޫޕް އޭގެ ދެވަނަ ހޯދައިގެންނެވެ. މިބައްޔާ އެކު ނަމްބިއާ ވަނީ މުބާރާތުން ކަޓައިފަ އެވެ.

މި ގުރޫޕުގައި ހިމެނޭ އިންޑިއާ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލި ވެފަ އެވެ. ތިންވަނަ މެޗުގައި އިންޑިއާ މިރޭ ނުކުންނާނީ ގުރޫޕްގެ ދެވަނައިގައި އޮތް އަފްގާނިސްތާނާ ދެކޮޅަށެވެ.

ޕާކިސްތާން ވަނީ ފުރަތަމަ މެޗުގައި ކުޅުންތެރިއެއް ނުބައި ނުވެ، 17.5 އޯވަރުތެރޭ 152 ލަނޑު ހަދައިގެން އިންޑިއާ ބަލިކޮށްފަ އެވެ. އެއަށް ފަހު ނިއުޒިލެންޑާއި އަފްގާނިސްތާން ވެސް ބަލިކުރީ ފަސް ވިކެޓުންނެވެ.

މި ބުރުގެ ގުރޫޕް 1 ގައި ހިމެނޭ ބަންގްލަދޭޝް އާއި ސްރީ ލަންކާ އަށް ބާކީ އެއް މެޗު އޮއްވައި ދެޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. ފުރަތަމަ ބުރުގެ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ލަންކާ ދެވަނަ ބުރުން ޖާގަ ހޯދިއިރު، ބަންގްލަދޭޝް ދެވަނަ ބުރުން ޖާގަ ހޯދީ ފުރަތަމަ ބުރުގެ ގުރޫޕް ބީގެ ދެވަނަ ހޯދައިގެންނެވެ.