Roadha Mihaaru
ޕާކިސްތާން ކްރިކެޓް ޓީމް 7 އަހަރު ފަހުން އިންޑިއާއަށް

ޕާކިސްތާން ކްރިކެޓް ޓީމް ހަތް އަހަރު ފަހުން އިންޑިއާ އަށް

29 ސެޕްޓެމްބަރ 2023

ހައިދަރުއާބާދު (ސެޕްޓެމްބަރު 29) - ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމު ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް އިންޑިއާ އަށް ދިޔުމާ އެކު، އިންޑިއާގައި ތިބި ޕާކިސްތާނު ސްޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ހައިދަރުއާބާދު (ސެޕްޓެމްބަރު 29) - ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމު ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް އިންޑިއާ އަށް ދިޔުމާ އެކު، އިންޑިއާގައި ތިބި ޕާކިސްތާނު ސްޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އަންނަ މަހު 5 ގައި ފަށާ އައިސީސީ ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ވޯލްޑް ކަޕް ކުޅެން 15 ކުޅުންތެރިންނާ އެކު ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމު އިންޑިއާ އަށް ދަތުރު ކުރީ ދުބާއީ މަގުންނެވެ.

އެންމެ ފަހުން ޕާކިސްތާނު ގައުމީ ޓީމު އިންޑިއާ އަށް ދިޔައީ 2016 ވަނަ އަހަރު އައިސީސީ ޓީ20 ވޯލްޑް ކަޕަށެވެ. އެފަހަރުގެ ސްކޮޑުގައި ހިމެނުނު މުހައްމަދު ނަވާޒް، މި މުބާރާތުގެ ސްކޮޑުގައި ވެސް ހިމެނެއެވެ.

ބުދަ ދުވަހުގެ ރޭ އިންޑިއާއަށް ދިޔަ ޕާކިސްތާން ޓީމުގެ ކެޕްޓަން ބާބާ އަޒާމް އަށް އެއާޕޯޓު ކައިރިއަށް އެއްވެ ތިބި ސަޕޯޓަރުންގެ ފަރާތުން ހާއްސަ ތަރުހީބެއް ލިބުނެވެ. ޓީ20 ވޯލްޑް ކަޕަށް 2016 ވަނަ އަހަރު ޕާކިސްތާނުން އިންޑީއާ އަށް ފޮނުވި ޓީމުން އޭނާ އުނިކުރަން ޖެހުނީ އަނިޔާގެ ސަބަބުންނެވެ.

ޕާކިސްތާން ގައުމީ ޓީމުގެ ކެޕްޓަން ބާބާ އަޒާމް، އޭނާ އަށް ވަނީ ވަކިން ހޫނު ތަރުހީބެއް ދީފައި.-- ފޮޓޯ: އޭއެފްޕީ

ޕާކިސްތާން ގައުމީ ޓީމުގެ ކެޕްޓަން ބާބާ އަޒާމް، އޭނާ އަށް ވަނީ ވަކިން ހޫނު ތަރުހީބެއް ދީފައި.-- ފޮޓޯ: އޭއެފްޕީ

ވޯލްޑް ކަޕް ފެށުމުގެ ކުރިން ޕާކިސްތާނުން ދެ ވޯމްއަޕް މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ނިއުޒިލެންޑާއި އޮސްޓްރޭލިއާއާ ދެކޮޅަށް ޕާކިސްތާން ކުޅޭނީ ހައިދަރުއާބާދުގަ އެވެ.

މުބާރާތުގައި ޕާކިސްތާން ކުޅޭ ފުރަތަމަ މެޗުގައި ހައިދަރުއާބާދުގައި ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. އަދި މުބާރާތް ހުޅުވަން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑާއި 2019 ވަނަ އަހަރުގެ ރަނަރަޕް ނިއުޒިލެންޑް ބައްދަލުކުރާ މެޗު އޮންނާނީ އަހުމަދުއާބާދުގަ އެވެ.

އެއާޕޯޓް ބޭރުގައި ޕާކިސްތާން ޓީމަށް މަރުހަބާ ކިޔަން އެއްވި ބައެއް ސަޕޯޓަރުން.-- ފޮޓޯ: އޭއެފްޕީ

އެއާޕޯޓް ބޭރުގައި ޕާކިސްތާން ޓީމަށް މަރުހަބާ ކިޔަން އެއްވި ބައެއް ސަޕޯޓަރުން.-- ފޮޓޯ: އޭއެފްޕީ

ޕާކިސްތާޏް ވަނީ 1992 ވަނަ އަހަރު، ފަންސާސް އޯވަރަށް ކުޅޭ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އިންޑިއާ ވަނީ ދެފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. މިއަހަރުގެ މުބާރާތުގައި އެންމެ ފޯރި ގަދަ ވާނެ އެއް މެޗު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ މެޗު އޮކްޓޫބަރު 14 ވަނަ ދުވަހު ކުޅޭނީ އަހުމަދުއާބާދުގަ އެވެ.

ވޯލްޑް ކަޕްގައި 10 ޓީމު ވާދަކުރެ އެވެ. އެއީ އިންޑިއާ އާއި ޕާކިސްތާނާއި އިންގްލެންޑާއި ނިއުޒިލެންޑާއި ނެދަލެންޑްސްގެ އިތުރުން، އަފްގާނިސްތާން، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ދެކުނު އެފްރިކާ އަދި ސްރީލަންކާ އެވެ.

މުބާރާތުގައި ވާދަކުރާ 10 ޓީމުގެ މެޗުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭނެ އެވެ. އަދި ފައިނަލް މެޗު އޮންނާނީ ނޮވެމްބަރު 14 ވަނަ ދުވަހު އަހުމަދުއާބާދުގަ އެވެ.