24 ޖޫން 2019
ލަންޑަން (ޖޫން 24) – ޕާކިސްތާން އަތުން 49 ލަނޑުން ބަލިވެ ކްރިކެޓް ވޯލްޑް ކަޕުން ދެކުނު އެފްރިކާ ކަޓައިފި އެވެ.
ލަންޑަން (ޖޫން 24) – ޕާކިސްތާން އަތުން 49 ލަނޑުން ބަލިވެ ކްރިކެޓް ވޯލްޑް ކަޕުން ދެކުނު އެފްރިކާ ކަޓައިފި އެވެ.
އަނެއްކޮޅުން މި ނަތީޖާއާ އެކު ޕާކިސްތާނަށް ވަނީ ސެމީ ފައިނަލުގެ އުއްމީދު އާވެފަ އެވެ. ޖުމްލަ 10 ޓީމު ވާދަކުރާ މުބާރާތުގެ ސެމީ ފައިނަލަށް ނުދާނެކަން ކަށަވަރުވެ ކަޓާފައިވަނީ ދެކުނު އެފްރިކާގެ އިތުރުން އަފްގާނިސްތާނެވެ. ސެމީގެ ޖާގަ ލިބޭ ހަތަރު މަގާމުގައި މިވަގުތު އޮތީ 11 ޕޮއިންޓާ އެކު ނިއު ޒީލެންޑާއި 10 ޕޮއިންޓާ އެކު އޮސްޓްރޭލިއާ އާއި ނުވަ ޕޮއިންޓާ އެކު އިންޑިއާ އަދި އަށް ޕޮއިންޓާ އެކު އިންގްލެންޑެވެ. ޕާކިސްތާން އޮތީ ފަސް ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
ލަންޑަނުގެ ލޯޑްސްގައި އިއްޔެ ކުޅުނު މެޗުގައި ޕާކިސްތާން ވަނީ ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 308 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅަށް ކުޅުނީ 59 ބޯޅައިން 89 ލަނޑު ހެދި ހާރިސް ސޮހެއިލާއި 80 ބޯޅައިން 69 ލަނޑު ހެދި ބަބަރް އަޒަމް އެވެ.
ދެކުނު އެފްރިކާ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 259 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 79 ބޯޅައިން 63 ލަނޑު ހެދި ޑި ޕްލެސިސް އާއި 60 ބޯޅައިން 47 ލަނޑު ހެދި ކިންޓަން ޑި ކޮކް އެވެ.
މޮޅުވި ނަމަވެސް ޕާކިސްތާނަށް އުފަލެއް ނެތް
ނިއު ޒީލެންޑް ބަލިކޮށް ޕާކިސްތާނަށް އުއްމީދެއް
އިންޑިއާ އިން ވާދަވެރި ޕާކިސްތާން ބަލިކޮށްފި
އިންޑިއާ-ޕާކިސްތާނުގެ ކުރިމަތިލުން: ކުޅިވަރުގެ ބޮޑު ދުވަހެއް!
އިންގްލެންޑް ބަލިކޮށް ޕާކިސްތާނަށް އާ ހިތްވަރެއް
ކުޅުންތެރިޔަކު ދަނޑުގައި ނަމާދުކުރުމުން މައްސަލައަކަށް
މެޗުގެ ކުރިން ސަޕޯޓަރުން ނިދީ ހޮސްޕިޓަލްތަކުގައި
ޕާކިސްތާން ކްރިކެޓް ޓީމް 7 އަހަރު ފަހުން އިންޑިއާއަށް
ނިއު ޒީލެންޑް ބަލިކޮށް ޕާކިސްތާން ފައިނަލަށް
ލަންކާއިން ހަ ވަނަ ފަހަރަށް އޭޝިއާ ކަޕް ކާމިޔާބުކޮށްފި