03 ނޮވެމްބަރ 2021
ނޮވެމްބަރު 3، 1988 ގައި ހުސެއިން އާދަމް ޝަހީދުވި އިރު އައިޝަތު އާޒިމާ އަބްދުﷲ ދުނިޔެއަކު ނެތެވެ. އޭނާ އަކީ މިހާރު ބޮޑުވަމުން އަންނަ ކުއްޖެކެވެ. އެކަމަކު، ނޮވެމްބަރު 3 ގެ ފިލާވަޅުތައް ސްކޫލުގައި ނަގައިދޭއިރު އާއި ގައުމީ ބަތޮލުންގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އޭނާގެ ބޮޑުބޭބެ ހުސެއިން އާދަމްގެ ނަމާ އެކު އުފަލުން ފޮޅެ އެވެ. ފަޚުރުވެރިވެ ވެ އެވެ.

"ވަރަށް ގިނަ ކުދިން ވެސް އަހާ ތީ އެ ފެމިލީހޭ. ބޭބެއެއްހޭ (ހުސެއިން އާދަމް) އަކީ،" ކުޅުދުއްފުށީގައި ދިރިއުޅޭ އާޒިމާ އިއްޔެ އާއިލާ އާ އެކު "މިހާރު" އަށް ދިން ވީޑިއޯ އިންޓަވިއުއެއްގައި ބުންޏެވެ.
"މިއަދު ވެސް އެހި."
އުމުރުން އެންމެ 21 އަހަރުގައި ކުޅުދުއްފުށީ މާވާގޭ ހުސެއިން އާދަމް ޝަހީދުވީ، ނޮވެމްބަރު 3ގައި ރާއްޖެ ހިފަން އައި ބާގީން ދިން ހަމަލާތަކެއް ދިފާއުކުރަން ސިފައިންގޭގެ ގޭޓްގައި އެކަނިމާއެކަނި ހަނގުރާމަކުރަން ހުއްޓަ އެވެ. އެ ހަމަލާތަކުގައި އޭނާގެ ގަޔަށް އެތައް ވަޒަނެއް އެރި އެވެ. ހުސެއިން އާދަމަކީ މި ޖީލުގެ ބަތޮލެކެވެ.
މިއީ، މިއަދު ރާއްޖޭގައި ފާހަގަކުރާ ނަސްރުގެ ދުވަސް، ނުވަތަ ނޮވެމްބަރު 3 ގެ އުދުވާނުގެ ހަމަލާ އަށް 33 އަހަރު ފުރުމާ ދިމާކޮށް، ހުސެއިން އާދަމްގެ އާއިލާ އިން "މިހާރު"ގެ އަމާނީ އަބްދުﷲ އާއި މާއިދާ މުހައްމަދު ރަޝާދު އަށް ދީފައިވާ އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.
ކުރިން އެއީ ހިތާމައެއް، މިއަދު ފަޚުރެއް!
ނަސްރީނާގެ ތަގުރީރު: ދަރިންނާ ދިމާނުވާނެ ކަމަށް ހީވި!
"ނަސްރުގެ ދުވަސް ފާހަގަކުރުން ލާޒިމުކުރަން ޖެހޭ"
"ޝަހީދުންގެ ޒިކުރާ"ގެ 25: ހިތުގެ އެންމެ ފުނަށް!
"ނަސްރު ލިބުނީ ދީނުގެ ސައްހަ އަގީދާގެ މަތީ ތިބުމުން"
ރަނގަޅަށް އިރު ނާރަނީސް ބާޣީން ބަލިވެ ދުވީ ފިލަން
ނޮވެމްބަރު 3 ގެ ހަމަލާ: ޝިރަންގެ އާ ފޮޓޯތަކެއް
ޝަހީދުންގެ މަގުބަރާ ސާފުކޮށް ރީތިކޮށްލައިފި
ނޮވެމްބަރު 3އާ ބެހޭ ފިލްމުގެ ވާހަކަ އަލުން ދައްކައިފި
ފިލި މައްސަލައިގައި ލުތުފީއަށް 7 މަހުގެ ޖަލު ހުކުމެއް