03 ނޮވެމްބަރ 2022
ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާ އިން ރާއްޖެ އަށް ނަސްރު ލިބުނީ ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ އަގީދާގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާ އިން ރާއްޖެ އަށް ނަސްރު ލިބުނީ ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ އަގީދާގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ 34 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ދެއްވި ހިތާބެއްގައި ވިދާޅުވީ، ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއިން ދިވެހި ގައުމު ދިފާއުކުރުމަށް، ދިވެހި އުންމަތް ތެދުވީ އެއް ހަށިގަނޑެއް ފަދައިން ކަމަށެވެ. އެ ދުވަހު ދިވެހި ސިފައިން ދެއްކި ހިތްވަރުން ދިވެހި އަސްކަރިއްޔާ އަށް ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ވެސް ބޮޑުވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ އަހުމަދު ނާސިރު (ސަގަރު ނާސިރު) އިސްވެ، ސްރީ ލަންކާގެ ތަމަޅައިންތަކެއް ގޮވައިގެން ރާއްޖެ އަރައި ދިން ކުއްލި ހަމަލާގައި ދުޝްމަނުންނަށް ލިބުނު އެންމެ ބޮޑު ބިރާއި ސިހުމަކީ ދިވެހިންގެ ކިބައިން ފެނުނު އެއްބައިވަންތަކަމާއި އެކުވެރިކަން ކަމަށެވެ.
"މާތް ﷲ ދިވެހިންނަށް އެ ދުވަހު ދެއްވި ސާބިތުކަމުގެ އަސްލަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ އަގީދާ އެވެ. އެ ދުވަހު ދިވެހިންނަށް ދެއްވި ހިތްވަރުގެ ސިއްރަކީ، ދިވެހިންގެ ހިތްތަކުގައި މި ވަތަނާ މެދު އޮތް ގައުމީ ލޯތްބެވެ،" ރައީސް ވިދާޅުވި އެވެ.
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން މި ގައުމު ދިފާއުކޮށްދިން އެންމެ އިސް ބަތަލު ކަމަށް ދިވެހި އުންމަތް ހެކިވާ، ހދ. ކުޅުދުއްފުށީ ޝަހީދު ހުސައިން އާދަމްގެ ހިތްވަރާއި މަތިވެރި ގުރުބާނީ ރަމްޒު ކޮށްދެނީ ވެސް ހަމަ އެ ސިފަތައް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާ އެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށް ވެސް، މާތް ﷲގެ މަދަދާއި ނަސްރުން ކާމިޔާބު ދެއްވާނެ ކަން އެ ދުވަހު އެނގުނެވެ. އެހެންވެ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތަކާ މެދު އަބަދު ވެސް ހޭލައި ތައްޔާރުވެ ތިބުމަށް ރައީސް އެދިވަޑައިގަތެވެ.
މާތް ﷲ ދިވެހިންނަށް އެ ދުވަހު ދެއްވި ސާބިތުކަމުގެ އަސްލަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ އަގީދާ އެވެ. އެ ދުވަހު ދިވެހިންނަށް ދެއްވި ހިތްވަރުގެ ސިއްރަކީ، ދިވެހިންގެ ހިތްތަކުގައި މި ވަތަނާ މެދު އޮތް ގައުމީ ލޯތްބެވެ،"--- ރައީސް
މި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ ގަބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކެއް ގައުމަށް ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ތިނެއް ނޮވެންބަރުގެ އުދުވާނީ ހަމަލަޔާ އެކު ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި އެވެ. އަޅުގަނޑުމެންގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔަ އެވެ. ކުށެއް ނެތް ދިވެހި އަހުންތަކެއް ޝަހީދުވުމުން، އަޅުގަނޑުމެންގެ ހިތްތައް ޒަހަމްވެ، ކުދިކުދިވެގެން ދިޔަ އެވެ. ނަމަވެސް، މާތް ﷲގެ ނަސްރާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ފަނޑުވެގެންނެއް ނުދެ އެވެ،" ރައީސް ވިދާޅުވި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރާ އިރު، ދިވެހި އުންމަތުގެ ދިފާއުގައި ގުރުބާން ވުމަށް ތައްޔާރުވެގެން ތިބި ހިތްވަރުގަދަ ދިވެހި ސިފައިން ގައުމަށް ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތަކަށްޓަކައި ދިވެހިންގެ ހިތްތަކުގައި ވަނީ ލޯތްބާއި ތައުރީފު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ދިވެހި ސިފައިންގެ ކޮނޑުގައި އެޅިފައިވާ އަސްކަރީ ވާޖިބުތަކުގެ އިތުރުން، ގައުމަށް ކުރިމަތިވާ ކޮންމެ ކާރިސާއަކާއި ކޮންމެ ހާދިސާއެއްގައި ވެސް، ރައްޔިތުންނަށް ހިދުމަތްކުރުމާއި އެހީތެރިވެދިނުމުގައި އެންމެ ފުރަތަމަ އިސްނަގައި، އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބަޔަކީ ސިފައިންނެވެ.
"އެކަމަށްޓަކައި ދިވެހި ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް އެންމެހައި ދިވެހިންގެ ނަމުގައި އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ،" ރައީސް ވިދާޅުވި އެވެ.
ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އެ ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ.
ސިފައިންގެ އިތުބާރާ ގުޅިފައި ވަނީ އަޚުލާގާ: ރައީސް
ލުތުފީއަކީ އެންމެ ބޮޑު ޚާއިނު، މާފެއް ނުދެވޭނެ:ރައީސް
މިނިވަންކަން ދިފާއުކުރަން އަޒުމު ކަނޑައަޅަންޖެހޭ
މި ފަހަރުގެ ނަސްރުގެ ދުވަސް ތާރީހުން ޖާގަ ހޯދައިފި
"ކުއްލި ނުރައްކަލަށް ދިވެހިން ތިބެން ޖެހޭނީ ހޭލާ"
މައުމޫނާއި ނަސްރީނާ ނޮވެމްބަރު 3 ގެ ހަނދާންތަކާ އެކު
ޖަލީލްގެ ޑައިރީން: ދުޝްމަނުންގެ ކުރިމައްޗަށް އެރި ގޮތް
ނަސްރުގެ ދުވަހުގެ މައުރަޒު ހުޅުވައިފި
އުމާ މަހޭޝްވަރަން، ލުތުފީއަށް އެހީވީ ކީއްވެ؟
ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް