02 ނޮވެމްބަރ 2016
ރާއްޖޭގެ މިނިވަންކަމާއި ސުލްހަމަސްލަހަތަށް ނުރައްކާތެރިކުރުމަށް އެތެރެއިންނާއި ބޭރުން އަތުވެދާނެ ކޮންމެ ހަމަލާއަކުން ގައުމު ދިފާއުކުރުމުގެ އަޒުމުގައި ތިބުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.
ރާއްޖޭގެ މިނިވަންކަމާއި ސުލްހަމަސްލަހަތަށް ނުރައްކާތެރިކުރުމަށް އެތެރެއިންނާއި ބޭރުން އަތުވެދާނެ ކޮންމެ ހަމަލާއަކުން ގައުމު ދިފާއުކުރުމުގެ އަޒުމުގައި ތިބުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބެއްގައި ރައީސް ވިދާޅުވީ ބޭރުގެ ޓެރަރިސްޓު ޖަމާއަތަކާ ގުޅިގެން، މީގެ 28 އަހަރު ކުރިން ރާއްޖެއަށް ހަމަލާދިނުމުގައި ދިވެހި ޚާއިނުންގެ ބަޔަކު ބައިވެރިވެފައި ވާއިރު އޭރު ވެސް މިހާރު ވެސް، މަދުން ނަމަވެސް މި ގައުމުގައި އެފަދަ ބަޔަކު އުޅޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުންގެ ދިފާއުގައި ދިވެހި ސިފައިން އެ ދުވަހު ވި ގުރުބާނީން އިބުރަތްތަކެއް ހާސިލް ކުރަން ޖެހެ އެވެ. އަދި އަންނަން އޮތް ޖީލުތަކަށް، ދިވެހިރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ގެންގޮސްދިނުމަށް، މިއަދާއި މާދަމާގެ ޒުވާނުން އަޒުމުތަކެއް ކަނޑައަޅައި، އެކަމަށް މަސައްކަތް ކުރުމަކީ ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިކަން ހާސިލުކުރެވޭނީ، އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަޙަތު އިސްކޮށް، އެ މަތިވެރި އަޒުމުގައި ސާބިތުވެ ތިބެގެންނެވެ." ހިތާބުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ނަސްރުގެ ދުވަހުގެ މަތިވެރި ކާމިޔާބީ އާއި ޒިކުރާ މިއަދު އާކުރާއިރު، އެދުވަހުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން ދުވަހަކު ވެސް ރާއްޖޭގެ ރައްޔިތުންގެ ހިތުން ފިލައި ނުދާނެ ކަމަށެވެ. އަދި މާއްދީގޮތުން ލިބުނު ގެއްލުމުގެ އިތުރުން، އަގު ވަޒަން ނުކުރެވޭ ފަދަ މާލީ ބޮޑެތި ގެއްލުންތަކެއް ވެސް އެ ހަމަލާގައި ލިބިފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް
"ނަސްރު ލިބުނީ ދީނުގެ ސައްހަ އަގީދާގެ މަތީ ތިބުމުން"
ސިފައިންގެ އިތުބާރާ ގުޅިފައި ވަނީ އަޚުލާގާ: ރައީސް
ޓެރަރިސްޓް ހަމަލާތަކަށް ހުޝިޔާރުވާންޖެހޭ: އާދަމް ޝަރީފް
ކުރިން އެއީ ހިތާމައެއް، މިއަދު ފަޚުރެއް!
ނޮވެމްބަރު 3ގެ އަނެއް ފަރާތް: އޮޕަރޭޝަން ކެކްޓަސް 3
ނޮވެމްބަރު 3ގެ އަނެއް ފަރާތް: އޮޕަރޭޝަން ކެކްޓަސް 2
ނޮވެމްބަރު 3ގެ އަނެއް ފަރާތް: އޮޕަރޭޝަން ކެކްޓަސް 1
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ
މި ފަހަރުގެ ނަސްރުގެ ދުވަސް ތާރީހުން ޖާގަ ހޯދައިފި