03 ނޮވެމްބަރ 2021
ތިނެއް ނޮވެމްބަރުގެ ޝަހީދުންގެ މަގުބަރާ ވަރަށް ބޮޑަށް ވީރާނާވެ، ހަޑިވެފައި އޮއްވައި، މާލޭ ސިޓީ ކައުންސިލުން، އެތަނުގެ އާބާތުރަ ފިލުވައި ރީތިކޮށްލައިފި އެވެ.
ތިނެއް ނޮވެމްބަރުގެ ޝަހީދުންގެ މަގުބަރާ ވަރަށް ބޮޑަށް ވީރާނާވެ، ހަޑިވެފައި އޮއްވައި، މާލޭ ސިޓީ ކައުންސިލުން، އެތަނުގެ އާބާތުރަ ފިލުވައި ރީތިކޮށްލައިފި އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް މިއަދު ވިދާޅުވީ ހެންވޭރު ސަހަރާގައި އޮންނަ ޝަހީދުންގެ މަގުބަރާ ރަނގަޅަށް ނުބަލަަހައްޓައި ދޫކޮށްލާފައި އޮންނަތާ އެތައް އަހަރެއް ވުމުގެ ސަބަބުން އެތަން އޮތީ ވަރަށް ހަޑިވެ ވީރާނާ ވެފައި ކަމަށެވެ. އެތަނުގެ އާބާތުރަ ފިލުވައި މިހާރު ފެންނަން އެހުރި ގޮތަށް ރީތިކުރަން ހަފްތާއެއްހާ ދުވަސް ހޭދަވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގޮސް ބެލި އިރު އެތަނުގެ ފާރުތައް ހުރީ ވެސް ހުރީ ވަރަށް ބޮޑަށް ހަޑިވެފައި. މަހާނަ ގާތަކުގަައިވާ ނަން ޕްލޭޓްތަކާއި އެތަނުގެ ނަންބޯޑު ވެސް ހުރީ ހަލާކުވެފައި،" މުއިއްޒު ވިދާޅުވި އެވެ.
ޝަހީދުންގެ މަގުބަރާ ސާފުކޮށްފައި. ފޮޓޯ: މާލޭ ސިޓީކައުންސިލް
މުއިއްޒު ވިދާޅުވިގޮތުގައި ސިޓީ ކައުންސިލުން އެ މަސައްކަތް ކުރީ ސަރުކާރުން އެއްވެސް އިޝާރާތެއް އައިސްގެނެއް ނޫނެވެ. އެކަމަކު އެއީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށް ވާތީ އާއި އެ މަގުބަރާ ސާފުކޮށް ބެލެހެއްޓުމަކީ ގައުމީ ކަމަކަށް ވާތީ ހާއްސަ ސަމާލުކަމެއް ދީގެން އެ މަަސައްކަތް ކުރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން މާލޭގައި ދިވެހި ދިދަޖަހައި، ޒީނަތްތެރިކުރުމުގެ މަސައްކަތް ވެސް ކުރީ ސިޓީ ކައުންސިލުން އިސްނަގައިގެންނެވެ. ސަރުކާރުން އެކަމާ އަޅާނުލުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޮވެމްބަރ 3 ގެ ޝަހީދުން ފަސްދާނުލާފައިވާ ތަން އެތައް އަހަރެއްވަންދެން ނުބަލަހައްޓާ ހުރުމުގެ ސަބަބުން ވަރަށްބޮޑަށް ހަޑިވެ، ވީރާނާވެފައިވާތީ، އެތަން ސާފުކޮށް ރީތިކުރުން ކުރިޔަށްދަނީ. pic.twitter.com/a8Ok4g1db2
— Dr Mohamed Muizzu (@MMuizzu) November 1, 2021
"ނޮވެމްބަރު 11 ގެ [ޖުމްހޫރީ ދުވަހުގެ] ތައްޔާރީތަކާ ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރި. ދިދަ ޖަހާނެ ތަންތަނުގެ ތަފްސީލަށް ދަން ދެން މަޝްވަރާކުރި. އެކަމަކު ނަސްރުގެ ދުވަހާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކާ. މިއީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، ނަސްރުގެ ދުވަހަކީ މުޅި މާލޭގައި ސަރުކާރުން ދިދަ ޖަހައިގެން ފާހަގަ ކުރާ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހެއް ނޫނެވެ. ނަސްރުގެ ދުވަހު މަގުގައި ދިދަ ޖަހަނީ ހަމައެކަނި އެމްއެންޑީއެފް ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި މިއަދު ވެސް ދިދަ ހަރުކޮށްފައި ހުއްޓެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ޝަހީދުންގެ މަގުބަރާ އޮންނަ، ހެންވޭރު ސަހަރާގެ އިތުރުން މާލޭގެ އެހެން ސަހަރާތަކުގެ ހާލަތު ވެސް މިހާރު ވަނީ ބަލައިފަ އެވެ. އެތަންތަނާ ބެހޭ ތަފްސީލު ރިޕޯޓެއް ލިބިވަޑައިގެންފައިވާ ކަމަށާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާާޅުވީ އެ މަސައްކަތްތައް ވެސް ކައުންސިލުން ކުރާނެ ކަމަށެވެ.
މާފަންނު ސަހަރާ ހުސްކުރާތީ ކަންބޮޑުވުން!
ސިޓީ ކައުންސިލުން ކަށުނަމާދު ޕޭޖެއް ހިންގަން ފަށަނީ
ހުސެއިން އާދަމްގެ އާއިލާ އެ ޖިހާދުގެ ފަޚުރުވެރިކަމުގައި
މާލެ އިން މަރުވި މީހުންގެ އަދަދު މި އަހަރު މަދު
މާލޭގައި ދެން ކަށުނަމާދު ކުރާނީ ގައިދުރުކޮށްގެން
މާލޭގެ މިސްކިތްތައް އަނެއްކާވެސް ކައުންސިލަށް
ކުރިން އެއީ ހިތާމައެއް، މިއަދު ފަޚުރެއް!
އާ ސަހަރާގައި ވަޅުލެވޭނީ ހައެއްކަ މަސް ވަންދެން:ރައީސް
މާލޭގައި މީހުން ވަޅުލާން މިރޭ އަލުން ފަށަނީ
ހުރިހާ އެމެއް ކަހާލައިގެން ގެނެސް މިއޮއް ވިއްކަނީ