Roadha Mihaaru
ބީއެމްއެލް ކްރެޑިޓް ކާޑު ހެއްދުމުން ހަދިޔާ

ބީއެމްއެލް އިން އަލަށް ކްރެޑިޓް ކާޑު ހައްދާ ކަސްޓަމަރުންނަށް ހަދިޔާ

01 ނޮވެމްބަރ 2021

ބީއެމްއެލް އިން އަލަށް ކްރެޑިޓް ކާޑު ހައްދާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލް އިން އަލަށް ކްރެޑިޓް ކާޑު ހައްދާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކާޑު ހައްދަން ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ދައްކާކަށް ނުޖެހޭނެ އެވެ. އަދި މި ޕްރޮމޯޝަނުގެ ދަށުން ފުރަތަމަ ކާޑު ހައްދާ 500 ކަސްޓަމަރުންގެ ތެރެއިން ކޮންމެ މީހަކަށް 2،500ރ. ކޭޝްބެކް ލިބޭނެ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފުތާ އަކު ހޮވޭ ކަސްޓަމަރަކަށް 5،000ރ. ގެ ބީއެމްއެލް ގިފްޓް ކާޑެއް ވެސް ލިބޭނެ އެވެ. އަދި މުޅި ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވޭ މީހަކަށް 100،000ރ. އާ ހަމައަށް ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ ފައިސާ އުނިކޮށްދޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 10އާ ހަމައަށެވެ.

ބީއެމްއެލް އިން ވަނީ ދާދި ފަހުން އެ ބޭންކުގެ ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ރިވާޑް ލޯޔަލްޓީ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. މި ޕްރޮގްރާމުގައި، ކްރެޑިޓް ކާޑު ބޭނުންކުރާ ކޮންމެ ފަހަރަކު ލިބޭ ރިވާޑް ޕޮއިޓުތައް ބޭނުން ކޮށްގެން އެތައް އެއާލައިނަކުން ޓިކެޓް ނެގުމާއި ހޮޓެލް ބުކިން ހެއްދުމާއި ގިފްޓް ކާޑު ގަތުމާއި ކާރު ކުއްޔަށް ނެގުން ފަދަ ހިދުމަތްތައް ހޯދޭނެ އެވެ.