Roadha Mihaaru
އަފްގާނުގެ ކުރިމަގާ ގުޅޭ މަހާސިންތާއެއް އީރާނުގައި

އަފްގާނުގެ ކުރިމަގާ ގުޅޭ މަހާސިންތާއެއް އީރާނުގައި

28 އޮކްޓޯބަރ 2021

އަފްގާނިސްތާނުގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާކޮތް ގޮތްތަކެއް ކަނޑައެޅުމަށް، އެ ގައުމުގެ އަވައްޓެރި ގައުމުތަކުގެ އިސް ވެރިން ފެންވަރުގެ ބޭފުޅުންތަކެއް، އީރާނުގައި އެއް ދުވަހުގެ މަހާސިންތާއެއް ބާއްވައިފި އެވެ.

އަފްގާނުގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އީރާނުގައި އިއްޔެ ބޭއްވި މަހާސިންތާގައި ބައިވެރިވީ، އީރާން، ތުރުކުމެނިސްތާން، ޕާކިސްތާން، ތަޖިކިސްތާން، އަދި އުޒުބެކިސްތާންގެ ހާރިޖީ ވަޒީރުންނެވެ. މިމަހާސިންތާގައި ވީޑިއޯ ލިންކު މެދުވެރިކޮށް ޗައިނާ އާއި ރަޝިޔާވެސް ބައިވެރިވި އެވެ.

މި މަހާސިންތާ ހުޅުއްވައިދެއްވުމަށް ކުރިން ހަމަޖެހިފައި އޮތީ އީރާންގެ ރައީސް އިބްރާހީމް ރައީސީ އެވެ. ނަމަވެސް ދިމާވި ކުއްލި ކަމަކާ ހުރެ ބައިވެރިވެވޭ ގޮތް ނުވުމުން، މަހާސިންތާ ހުޅުއްވައިދެއްވީ އީރާންގެ އެއްވަނަ ނައިބު ރައީސް މުހައްމަދު މުޚްބިރް އެވެ.

އަފްގާނިސްތާނުގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އީރާންގެ ވެރިރަށް ތެހެރާންގައި ބޭއްވި މަހާސިންތާ ކުރިއަށް ދަނީ. --އޭއެފްޕީ

އަފްގާނިސްތާނުގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އީރާންގެ ވެރިރަށް ތެހެރާންގައި ބޭއްވި މަހާސިންތާ ކުރިއަށް ދަނީ. --އޭއެފްޕީ

އީރާނުގައި މި މަހާސިންތާ މި ފެށީ، އެ ގައުމުގެ އޮންލައިންކޮށް ޕެޓްރޯލްގެ ވިޔަފާރި ކުރަން ބޭނުންކުރާ ސޮފްޓްވެއާ އަށް، ބައިވަރު ސައިބަ ހަމަލާތަކެއް ދީ، އެ ގައުމުގެ ޕެޓްރޯލް ސްޓޭޝަންތަކުގެ ހިދުމަތަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގަ އެވެ.

މަހާސިންތާ ހުޅުއްވައިދެއްވަމުން ނައިބު ރައީސް ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގައި އެމެރިކާގެ ސިޔާސަތު ފެއިލްވުމުގެ މާނައަކީ، އަފްގާނިސްތާނު ހިމެނޭ ސަރަހައްދުގައި އެމެރިކާ އިން ގެންގުޅެމުން އައި ފަނާކުރަނިވި ސިޔާސަތު، އެ ގައުމުން ދޫކޮށްލުމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން އަފްގާނުން ފައިބައިގެން ދިޔަ ކަމުގައި ވިޔަސް، އެމެރިކާގެ ބަދަލުގައި އެފަދަ ހަމަލާތައް ރާވައި ހިންގާ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަފްގާނިސްތާނުގައި ދާހިލީ ހަނގުރާމައެއްގެ ހުޅުގަނޑު ރޯކުރެވޭތޯ އެވެ.

އޭނާ މިމޭރުމުން ވާހަކަ ދެއްކެވި އިރު، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވީޑިއޯ ލިންކެއް މެދުވެރިކުރައްވައި އެ މަހާސިންތާގައި ބައިވެރިވެވަޑައިގެން އިންނެވި އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ އަފްގާނިސްތާނު މިވަގުތު އޮތީ ވަރަށް ބިރުވެރި އިންސާނީ މުސީބާތެއްގެ ތެރޭގައި ކަމަށެވެ.

އަފްގާނިސްތާނުގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އީރާންގެ ވެރިރަށް ތެހެރާންގައި ބޭއްވި މަހާސިންތާގައި، ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ އާއި (ކ) ތަޖިކިސްތާނުގެ ހާރިޖީ ވަޒީރު ސިރާޖުއްދީން މުހުރިއްދީން ވާހަކަ ދައްކަވަނީ. --އޭއެފްޕީ

އެ މުސީބާތުން އަފްގާނިސްތާނު ސަލާމަތް ކުރުމަށްޓަކައި މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. އަދި ތާލިބާނުންނާ މުއާމަލާތުކޮށް އަފްގާނު ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދ.ގެ ޖަމާއަތްތަކުން ކުރަމުން ދާ މަސައްކަތަށް ތާލިބާނުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތާލިބާނުން އަފްގާނުގެ ވެރިކަމަށް އައި ފަހުން، އެ ގައުމުގައި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގާތީ އެކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ތާލިބާނުން އައި ފަހުން ޓެރަރިސްޓް ހަމަލާތައް ވެސް އިތުރުވެފައިވާތީ، ޓެރަރިޒަމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އޭނާ ގޮވައިލެއްވި އެވެ.