06 ޑިސެމްބަރ 2016
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ދަށުން ހިންގާ ޗެނަލްތަކުގެ އެކި ޕްރޮގްރާމްތަކުން އެމްޑީޕީ އަށް ފުރުސަތު ނުދޭ މައްސަލައިގެ ކަންބޮޑުވުންތައް އެ ކުންފުނީގެ އިސް ވެރިންނާ އެ ޕާޓީން މިއަދު ހިއްސާކޮށްފި އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ދަށުން ހިންގާ ޗެނަލްތަކުގެ އެކި ޕްރޮގްރާމްތަކުން އެމްޑީޕީ އަށް ފުރުސަތު ނުދޭ މައްސަލައިގެ ކަންބޮޑުވުންތައް އެ ކުންފުނީގެ އިސް ވެރިންނާ އެ ޕާޓީން މިއަދު ހިއްސާކޮށްފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ ގައުމީ މަޖިލީހުގެ ހަ މެމްބަރަކު ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުު ޝާޔަން ޝާހިދުގެ އިތުރުން އެ ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުގެ އިސް ވެރިންނާ ބައްދަލު ކުރައްވައި، ކަންބޮޑުވުންތައް ހުށަހަޅުއްވައިފަ އެވެ.
މި ބައްދަލުވުުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހުމާން ވިދާޅުވީ، އެ ޕާޓީގެ މައިގަނޑު ކަންބޮޑުވުމަކީ ހުރިހާ ޕާޓީއަކަށް ވެސް ހަމަހަމަ އުސޫލުން ދައުލަތުގެ މީޑިއާ އިން ފުރުސަތު ނުދޭ މައްސަލަ ކަމަށެވެ. އަދި އެ މައްސަލަ އަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށް، މި ބައްދަލުވުމުގައި ހަލީލް ވިދާޅުވި ކަމަށް ވެސް ޝާތިރު ވިދާޅުވި އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުން ޕީއެސްއެމްގެ ބޯޑުގެ މެމްބަރުންނާ މިއަދު ބައްދަލުކުރަނީ.--- ފޮޓޯ: އެމްޑީޕީ
"ވަރަށް ހިތްހަމަޖެހުނު މި ބައްދަލުވުމުން. އަޅުގަނޑުމެން އުއްމީދުކުރަނީ ވާހަކަ ދެކެވުނު ގޮތަށް އަމަލުކުރާނެ ކަމަށް،" ޝާތިރު ވިދާޅުވި އެވެ.
"އެއް ފަރާތުގެ ސިޔާސީ ހަރަކާތްތައް [ޕީއެސްއެމްގެ ޗެނަލްތަކުން] ދައްކާ ކަމުގައިވާ ނަމަ އަނެއް ފަރާތުގެ ސިޔާސީ ކަންތައްތައް ވެސް ދައްކަން ޖެހޭނެ. އެއީ އަޅުގަނޑުމެންގެ މައިގަނޑު ހުށަހެޅުން."
ޝާތިރު ވިދާޅުވީ ޕީއެސްއެމްގެ ޗެނަލްތަކުގެ ޕްރޮގްރާމްތަކަށް ވެސް އެމްޑީޕީ އަށް ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމަށާއި އެ ފަދަ ފުރުސަތެއް ލިބިއްޖެ ނަމަ އެ ޕާޓީން އޭގެ ބޭނުންކުރާނެ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ކުރިއަށް ގެންދާއިރު ވެސް ހުރިހާ ޕާޓީއަކަށް ހަމަހަމަ އުސޫލުން ފުރުސަތު ދޭން ޖެހޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ޕީއެސްއެމުން "ޓެރަރިޒަމް"ގެ މައްސަލައަކާ އެކު ފުލުހަށް
ޕީއެސްއެމް: މިނިވަން ވަނީ ގާނޫނުން، އަމަލަކުން ނޫން!
ޕީއެސްއެމްގެ އެމްޑީގެ އޮފީސް ބައި ހަދަން 4 މިލިއަން!
ޕީއެސްއެމުން ހަލީލާއި އިކްރާމު ވަކިކޮށްފި
ޕީއެސްއެމްގެ ކުއްލި ބަދަލުން ހައިރާންކަމާއި ރުޅި!
"ކެމްޕެއިނަށް ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރަން"
ސިއްރުފެންފުށީގައި އެމްޑީޕީ އެމްޕީންގެ ހިއްސާއެއް ނެތް
ޚަލީލާއި އިކްރާމާ އެކު ޕީއެސްއެމްގެ ބޯޑު އެކުލަވާލައިފި
ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ: ޕީއެސްއެމް
ޕީއެސްއެމްއާ ދެކޮޅަށް އަބުރުގެ ދައުވާކުރާނަން: ނިޔާޒް