ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ޓެރަރިޒަމްގެ އިންޒާރެއް މީހަކު ދީފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.
04 މާޗް 2018
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ޓެރަރިޒަމްގެ އިންޒާރެއް މީހަކު ދީފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ބުނީ އެމްޑީޕީގެ މިލަންދޫ ދާއިރާގެ ރައީސް އަދި އެކްޓިވިސްޓު އަހުމަދު ނިޔާޒު ވަނީ އެ ސްޓޭޝަނާއި ޗެނަލް 13ގެ ސެޓަލައިޓް ހިދުމަތްތައް ކަނޑާލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އެހެންވެ އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ހުށަހަޅާފައިވާއިރު، ކަމާ ބެހޭ އެހެން އިދާރާތަކާއި ސަރުކާރު ކުންފުނިތަކުން ވެސް އެ މައްސަލަ ބަލަން ޕީއެސްއެމުން ގޮވާލާފައިވެ އެވެ.
Kuriyah oih 48 gadi iruthereygai TVM adhi Chenel13 satellite hidhumah medhu kadaalane @tvmaldives @Mihaarunews
— Ahmed Niyaz (@AhmdNiyax) February 13, 2018
ނިޔާޒް "ޓެރަރިޒަމް"ގެ އިންޒާރު ދީފައިވަނީ، ޕީއެސްއެމުން ބުނިގޮތުގައި، މިިދިޔަ މަހު ކުރީކޮޅު ކޮށްފައިވާ ޓްވީޓެއްގަ އެވެ.
ޕީއެސްއެމުން އެހެން ބުނި ނަމަވެސް ނިޔާޒުގެ ޓްވީޓްގައި، ސެޓެލައިޓް ހިދުމަތްތައް މެދުކަނޑާލާނީ އޭނާ ކަމަކަށް ބުނެފައެއް ނުވެ އެވެ. ނިޔާޒުގެ ޓްވީޓްގައި ބުނެފައިވަނީ "ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޓީވީއެމް އަދި ޗެނަލް 13ގެ ސެޓެލައިޓް ހިދުމަތްތައް މެދުކަނޑާލާނެ" ކަމަށެވެ.
ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް އެ ސްޓޭޝަނަށާއި ޗެނަލް 13 އަށް، އިދިކޮޅު ފަރާތްތަކުން ޖެއްސުން ކުރަމުން އަންނަ ކަމަށް ޕީއެސްއެމުން އަންނަނީ ބުނަމުންނެވެ.
ދައުލަތުގެ މީޑިއާ ނަމަވެސް ޕީއެސްއެމުން އިދިކޮޅު އެއްވެސް ހަރަކާތެއް ކަވަރެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ޕީޕީއެމުން ބާއްވާ ހަރަކާތްތައް ވަގުތުން ވެސް ގެނެސްދެ އެވެ.
ޕީއެސްއެމްއާ ދެކޮޅަށް އަބުރުގެ ދައުވާކުރާނަން: ނިޔާޒް
ގާނޫނީ ހުރަހެއް ނެތަސް މި މަންޒަރު ރީއްޗެއް ނޫން!
ޗެނަލް13 ގެ ނޫސްވެރިއެއްގެ ބޯ ފަޅާލައިފި
ފުލުހުންނަށް އިންޒާރުދިން، އިދިކޮޅު ސަޕޯޓަރަކު ހައްޔަރު
"ރޯވުމާ ގުޅޭ ގޮތުން މުއިއްޒުގެ ތުހުމަތު ބަލަން ޖެހޭ"
ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން މިނިވަންކޮށްފި
ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުދޭން އޭޖީ އަންގަވައިފި
ވިސާމްގެ މައްސަލަ އިސްތިއުނާފް ކުރުމުން ކަންބޮޑުވެއްޖެ
ޕްރޮޕެގެންޑާ މެޝިނަކަށް ޓީވީއެމް ބަދަލުވެއްޖެ: އެމްޑީޕީ
ޝުޖާއުއަކީ އެމްޑީޕީގެ މެމްބަރެއް ކަން ސާބިތު ކޮށްނުދެވޭ